ސްރީލަންކާ ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެއްގަމު ދަތުރު

ސްރީލަންކާގެ އެއްގަމު ދަތުރުފަތުރު މިހާރު އޮތް ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާބެހޭ މައުލޫމާތު އެ ގައުމުގެ ދަތުރުފަތުރާ ބެހޭ ވަޒީރުގެ ނައިބު ޑޮކްޓަރ ޕްރަސެންނާ ގުނަސޭނަ މީޑިއާތަކަށް ހާމަކޮށް ދެއްވައިފިއެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސްރީލަންކާގެ އެއްގަމު ދަތުރުތަކުގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން ގެންދަނީ ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުން ކަމަށެވެ. އޭގެތެރެއިން އާންމު މަގުތަކުގައި %60 ބަސް އޮޕަރޭޓް ކުރަން ޖެހޭނީ އަމިއްލަ ފަރާތްތަކުން ކަމަށާއި އަދި އެކްސްޕްރެސްވޭގެ %50 ބަސް […]
ޔޫކްރެއިން 2 ބަޔަކަށް ބަހާލުމަށް ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރުގެ ހުށައެޅުމެއް

2 ވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނު 2 ބަޔަކަށް ބަހާލިގޮތަށް ޔޫކްރެއިންވެސް 2 ބަޔަކަށް ބަހާލަން އެމެރިކާގެ ރައީސްގެ ޚާއްސަ މުޝީރު ހުށައަޅުއްވައިފިއެވެ. ޔޫކްރެއިންގެ އެއްބައި ވެގެންދާނީ ޔޫރަޕްގެ ގައުމަކަށެވެ. އަނެއްބައި ވެގެންދާނީ ރަޝިޔާގެ ބަޔަކަށެވެ. މި ހުށައެޅުން ރައީސް ޓްރަމްޕްގެ ފަރާތުން ޔޫކްރެއިނަށް ކަނޑައޅުއްވާފައިވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ކީތު ކެލޯގް ވަނީ ޓައިމްސް އޮފަ ލަންޑަން އަށް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ އެގޮތަށް ބަހާލުމަށްފަހު ފަރަންސޭސި ވިލާތާއި އަދި އިނގިރޭސި ސިފައިން ޑީނީޕަރ […]
ޓްރަމްޕްގެ އީރާން މަޝްވަރާތަކަށް ކެޕިޓްލް ހިލްގެ ބޮޑު ސުވާލު

މި ހަފުތާބަންދުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށް އަންގައި އެގައުމުން އެމެރިކާއާއެކު މެދުވެރިއަކާ ނުލައި މަޝްވަރާތަކަށް އައުމަށް ކުރިމަތި ކުރަމުން ގެންދާ ނުރައްކާތެރި ފިއްތުންތަކާ ދޭތެރޭ ގާނޫނު ހަދާ މަޖިލިސް ކެޕިޓްލަ ހިލްގައި ހިމެނޭ 2 ސިޔާސީ ޕާރޓީގެ މެމްބަރުންގެ ބޮޑެތި ސުވާލުތަކެއް ސަރުކާރަށް ކުރިމަތި ވެއްޖެއެވެ. މިދިޔަ ހަފުތާގެ ހޯމަދުވަހު އީރާނުން ބުނެފައިވަނީ އެމެރިކާއާއެކު މަޝްވަރާ ކުރެވޭނީ އޮމާން މެދުވެރިއެއްގެ ދައުރު އަދާކުރާގޮތަށް ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަނީ އެ މަޝްވަރާތައް ކުރެވޭނީ […]
ޕާކިސްތާނުގެ ބިމުގައި ހުރި އަގުބޮޑު މައުދަންތައް ކޮނެގެން ނެގުމުގެ ފުރުސަތު ހުޅުވާލައިފި

ޕާކިސްތާނުގެ ބިމު އަޑިގައި ފޮރުވިފައިހުރި މައުދަންތައް ނަގައިގެންހެޔޮގޮތުގައި ބޭނުން ކުރެވިއްޖެނަމަ ޕާކިސްތާނުން އައި އެމް އެފް ނުވަތަ އެހެންވެސް ދަރަންޏަށް ފައިސާދޫކުރާ އެއްވެސް އޭޖެންސީއަކަށް އާދޭސްކުރަން ދާން ނުޖެހޭނެކަމަށް ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނަކީ ގިނަ އަދަދެއްގެ އަގުބޮޑު މައުދަންތަކުން މުއްސަނދިކަން ލިބިފައިވާ ބިމެއް ލިބިފައިވާ ގައުމެކެވެ. ޕާކިސްތާން މިނެރަލް އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅު ދައްވަމުން އެ މައުދަންތައް ނަގައިގެން ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ ޕާކިސްތާނުގެ އިގްތިސާދަށް […]
ފަަރަންސޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކުރަނީ

ފަރަންސޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް މިއަންނަ ޖޫން ހިސާބުގައި ރަސްމީގޮތުން ގަބޫލުކުރެވޭ ވަރުވާނެކަމަށް ނިއު ޔޯރކުގައި އޮތް ޔޫ އެން ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސި ވިލާތުގެ ރައީސް ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ބުނެފައިވަނީ ފަރަންސޭސި ވިލާތުގެ މި ނިންމުމަކީ ހަމާސްގެ ޓެރަރިޒަމަށް ރައީސް މެކްރޯން ދެއްވާ އަގުބޮޑު އިނާމެއް ކަމަށްބުނެ އިސްރާއީލުން ނުރުހުމުގެ އިނގިލި ދިއްކުރަމުންގެންދާ މި ދަނޑިވަޅުގައި މިއަންނަ ޖޫންމަހުގެ ތެރޭގައި ނިއު ޔޯރކުގައި ބޭއްވޭ ޔޫ އެން.ގެ މި ކޮންފަރެންސް ސައޫދީ […]
އެމެރިކާއަށް ޒިޔާރަތްކޮށްލަން ގަސްދުކުރާނަމަ

ޒަމާނުގެ ތަރައްގީއާއެކު އަޅުގަނޑުމެން ދިވެހިންގެ ތެރެއިންވެސް ބައެއްމީހުންގެ ފުދުންތެރިކަން އިތުރުވެ ކުރިން ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު އޮޅުދޫ ކަރައާއި އުތުރުކަރައިގެ ބަދަލުގައި ޔޫރަޕާއި އެމެރިކާގެ ކަންކޮޅުތައް އިޚްތިޔާރު ކުރުން މިހާރު މިއޮތީ އާންމުވެފައެވެ. އެމެރިކާގައި ދިރިއުޅޭ ކޮންމެ އެއްލައްކަ މީހެއްގެ ނިސްބަތުން މީހުން މެރުމާއި މިލްކިއްޔާތު ފޭރުމުގެ ކުށުގެ ރެކޯރޑް އެންމެ ގިނަ ޝަހަރުތައް އެފް ބީ އައި އިން ދާދި ފަހުން ވަނީ ޢާންމު ކޮށްފައެވެ. 2025 ވަނައަހަރު އެމެރިކާގައި ދިރިއުޅުން […]
އެމެރިކާއިން އީރާނަށް ދީފާނެކަމަށް ބެލެވޭ ނުރައްކާތެރި ހަމަލާތައް ހަގީގަތަކާ ދިމާލަށް

ހަނގުރާމައަކީ ކޮންމެ ޒަމާނެއްގައިވެސް ބިރުވެރިކަމެކެވެ. ވަކިން ޚާއްސަކޮށް މިޒަމާނުގެ ހަނގުރާމަތަކުގައި ބޭނުންކޮށްފާނެ ނުރައްކާތެރި ހަތިޔާރާއި ވަސީލަތްތައް ހިތައްވެސް ނުގެނެވޭނެއެވެ. މީގެ 78 ވަރަކަށް އަހަރުކުރިން މަތިންދާބޯޓެއްގައި ގޮސް ޖަޕާނުގެ ހީރޯޝިމާއާއި ނާގަސާކީއަށް އެޅި ބޮމެއްގެ ސަބަބުން އެ 2 ޝަހަރު ވީރާނާ ކޮށްލާފައިވާ މިންވަރު މިއަދުވެސް އެއޮތީ ފެންނާށެވެ. އެފަދަ ބޮމެއް އަޅަން ނުވަތަ އެއަށްވުރެން އެތައްގުނަ ނުރައްކާތެރި ބޮމެއް އަޅަންވެސް މިއަދު މަތިންދާބޯޓެއްގައި ދިއުންވެސް ބޭނުން ނުވެދާނެއެވެ. މިހާތަނަށް ދުނިޔޭގައި ހިނގާދިޔަ އެންމެހާ […]
އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ފޯޅަވައްސަކީ އީރާނުގެ އަމާޒަކަށްވާނެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އިންކާރުކުރާނަމަ މިލިޓްރީ ހަރަކާތަށް އެމެރިކާއިން ދާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދީފައިވާތީ އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ފޯޅަވަހީގައި ހުރި އެމެރިކާއާއި އާއި އިނގިރޭސިން ގުޅިފައިވާ ނޭވަލްބޭސްގެ ލަޝްކަރުތަކަކީ އީރާނުގެ އަމާޒަކަށްވާނެ ކަމުގައި އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ ސީނިއަރ މިލިޓްރީ އޮފިޝަލަކު ދަ ޓެލިގްރާފަށް މައުލޫމާތު ދީފައިވަނީ އީރާނުންދޭ ހަމަލާގައި އެމެރިކާގެ މިލިޓްރީ ބޭސް އެއްތޯ ނުވަތަ އިނގިރޭސި ވިލާތުގެ މިލިޓްރީ ބޭސްއެއްތޯ އީރާނުން ނުބަލާނެކަމަށެވެ. […]
އެމެރިކާއާއި ކެނެޑާގެ ޒަމާންވީ އެކުވެރިކަން ނިމުމަކަށް

އެމެރިކާއާއި ކެނެޑާގެ ގުޅުން ޒަމާންތަކަކަށް ދެމިގެންދިއުމަށްފަހު ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމާއެކު ހީވެސް ނުކުރާގޮތަކަށް ނުއަތު ބުރެއް އެޅުމަށްފަހު އެ ގުޅުން ނިމުމަކަށް އަތުވެއްޖެ ކަމުގައި ކެނެޑާގައި އަލަށް އިންތިޚާބު ކުރެވުނު ބޮޑުވަޒީރު މާރކް ކާރނީ ރަސްމީ ގޮތުން ހާމަކުރައްވައިފިއެވެ. އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ އެއްގަމު އުޅަނދުފަހަރާއި ސްޕެއާރ ޕާރޓް ތަކުން %25 ޓެކްސް ނަގާނެކަން އެމެރިކާ ރައީސް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެން އޮޓަވާގައި އެ މަނިކުފާނުގެ ވަޒީރުންނާއެކު ބޭއްވެވި ވިޔަފާރީގެ […]
ޗައިނާއިން އުފެއްދި ކޭބަލް-ކަޓަރ ދައްކާލައިފި

ކަނޑުއަޑީގައި އަޅާފައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ކުޅަދާނަކަން ލިބިފައިވާ ކޭބަލް-ކަޓަރ ޗައިނާއިން ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ. މިއީ ޗައިނާ ޝިޕް ސައެންޓިފިކް ރިސާރޗް ސެންޓަރގެ އުފެއްދުމެކެވެ. މި އުފެއްދުން ޑިޒައިންކުރެވިފައިވަނީ 4000 މީޓަރގެ ފުންމިނުގައި އަޅާފައި ހުންނަ އާރމާރޑް ކޭބަލްތައް ބުރިކޮށްލެވޭ ފެންވަރަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުވާސަލާތީ ގުޅުންތައް އަގުހެޔޮކޮށް އިންތިޒާމްކުރުމަށްޓަކައި ބޭނުންކުރަނީ ކަނޑުއަޑީގައި އަޅާފައި ހުރި އާރމާރޑް ކޭބަލްގެ ވަސީލަތެވެ. ކަނޑުއަޑީގައި އަޅާފައިހުންނަ މުވާސަލާތީ ކޭބަލްތައް ހުންނަނީ ސްޓީލް ރި-އިންފޯސްޑް ކޮށްފައެވެ. މި […]