ރަޝިޔާއާއި އުތުރު ކޮރެޔާ އެއްގަމު މަގުން ގުޅާލަނީ

ރަޝިޔާއާއި އުތުރު ކޮރެއާ އެއްގަމު މަގުން ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މި 2 ގައުމު އެއްގަމު މަގުން ގުޅާލެވޭ އެންމެ ފުރަތަމަ ފަހަރެވެ. ރަޝިޔާގެ ޚައްސާން ޓައުންގެ ބޯރޑަރުގައި ޓޫމެން ކޯރުގެ އައްސޭރިފަށުގައި އެ ބްރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރު ކުރެވިފައެވެ. ބްރިޖް އެޅުން ފެށުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ބައިވެރިވެ ވަޑައިގަތެވެ. އުތުރު ކޮރެއާއާއި ރަޝިޔާގެ ގުޅުމުގައިވެސް އެޅިގެންދާނެ […]
ހޫތީ މުޖާހިދުން އޭޕްރިލް މަހު ވައްޓާލި އެމެރިކާ ނޭވީންގެ ޑްރޯންގެ އަގު 200 މިލިއަނަށް

ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި ޕެންޓަގަނުން ބޭނުންކުރާ ޑްރޯންތަކުގެ ތެރެއިން 200 މިލިއަން ޑޮލަރުގެ ރީޕަރ ޑްރޯން މުޖާހިދުން ވައްޓާލައިފިއެވެ. އެމެރިކާގެ ދިފާއީ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މިއީ ފާއިތުވެގެން މިދާ ހަފުތާގައި ހޫތީ މުޖާހިދުން ވައްޓާލި އެމެރިކާގެ ތިންވަނަ ޑްރޯނެވެ. އެހެންނަމަވެސް އެހެން އޮފިސަރަކު މައުލޫމާތު ދީފައިވާގޮތުގައި މާރޗް މަހުގެ 30 ވަނަދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް 6 ޑްރޯން ވައްޓާ ވަނީ ވައްޓާލާފައެވެ. މިއިން ކޮންމެ ޑްރޯންއެއްގެ އަގު އުޅޭނީ […]
ޗައިނާގެ އަމިއްލަ ޕޭމަންޓް ނިޒާމެއް ރަސްމީގޮތުން ތަޢާރުފް ކުރުން

ބައިނަލް އަގްވާމީ މާލީ ބާޒާރުގެ ވެށި ވާނުވާއެއް ނޭގުމުގެ ތެރެއަށް ބަދަލުވަމުންދާ މިދުވަސް ވަރު އެމެރިކާ ޑޮލަރާ ދުރު ޕޭމަންޓް ނިޒާމެއް ރަސްމީގޮތުން ޗައިނާއިން ތަޢާރުފް ކޮށްފިއެވެ. ޕީޕަލްސް ބޭންކް އޮފް ޗައިނާގެ ސަޕޯރޓާއެކު ޝަންގހާއީ މުނިސިޕަލް ސަރުކާރުން ތަޢާރުފްކުރި މި ޕޭމަންޓް ސިސްޓަމްގެ މަގްސަދު ތަކުގެ ތެރޭގައި ޗައިނާގެ ކުންފުނިތަކުން ކުރާ ބައިނަލް އަގްވާމީ ވިޔަފާރީގައި ޔުއާން ބޭނުންކުރުން އިތުރުކުރުން ހިމެނެއެވެ. މިއީ މިނިވަން ޕޭމެންޓް ސިސްޓަމެއް ކަމަށައި 110 ގައުމެއްގެ 1300 މާލީ އިދާރާއިން […]
ނިއުކްލިއަރއިން ވިރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ޔޫކްރެއިނަށް

ޔޫކްރެއިންގެ އެޓޮމިކް ޕަވަރ ސްޓޭޝަނަށް ރަޝިޔާއިން ބޮން އެޅުމުގެ ސަބަބުން އެގައުމު މިހާރު ވަނީ ނިއުކްލިއަރ ވިރިގެން ދިއުމަކަށް ހުށަހެޅިފައި ކަމަށް ހަކަތައާބެހޭ ވަޒީރު އިންޒާރު ދެއްވައިފިއެވެ. ޔޫކްރެއިންގެ ކޮންޓްރޯލް ދަށުގައި ހުރި 3 ނިއުކްލިއަރ ޕަވަރ ސްޓޭޝަނަކާއި އޭގެ ސަބްސްޓޭޝަން ތަކަކާއި ކޭބަލްތަކާއި އަދި ފިނިކުރާ ނިޒާމްތަކަށް ހަމަލާދިނުމުގެ ސަބަބުން އުފެދުނު ނިއުކްލިއަރ ރޭޑިއޭޝަން ވިލާތައް ޖައްވުތެރެއަށް ފެތުރިގަތުމުން ޔޫރަޕްގެ ގައުމުތަކަށްވެސް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާކަމަށް ޔޫކްރެއިންގެ ހަކަތައާއިބެހޭ ވަޒީރު ޖަރމަން ގުލުޝްޗެންކޯ އިންޒާރު ދެއްވައިފިއެވެ. […]
އަހަރެން ލައްވާ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުވާކަށް ނަތަންޔާހޫއަކަށް ނުކެރޭނެ: ޓްރަމްޕް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެހޭގޮތުން ވޯޝިންގްޓަނާއި ތެހެރާނުގެ މަޝްވަރާތަކުގެ 3 ވަނަ ބުރު ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ޓައިމް މެގަޒިން އަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކަށް އެމެރިކާ ލައްވާ އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުވަން ފުރުސަތެއް ނުދެއްވާނެކަމަށާއި އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްދާކަށްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. ތިމަން މަނިކުފާނު ކުރިން ހީފުޅު ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން […]
އެމެރިކާ ނޭވީންގެ ސްޓޯރމްބްރޭކަރ ހޫތީންގެ އަތްމައްޗަށް

ފަހަކަށް އައިސް ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދިނުމުގައި އެމެރިކާ ނޭވީން ބޭނުންކުރަމުން ގެންދާ އެގައުމުގެ އެންމެ ފަހުގެ އުފެއްދުން ”ސްޓޯރމްބްރޭކަރ“ ގްލައިޑް ބޮމުގެ ނުގޮވާއޮތް ބޮމެއް ޔަމަނުގެ ވެލިފުންޏެއްގެ ތެރެއިން މިހަފުތާގައި ފެނިއްޖެއެވެ. ވެލި ފުނީގެ ތެރޭގައި ދެބައިކުޅަ އެއްބައި ވަޅުޖަހާފައިވާ އެ ބޮމުގެ ފޮޓޯތައް މިހާރު މީޑިއާތަކުގައިވެސް ދައުރު ވަމުން އެބަ ދެއެވެ. މި ބޮން އީރާނަށް ލިބި އޭގެ ފުރިހަމަ ތަހްލީލެއް އީރާނުން ކުރާނެކަމަށް ބެލެވޭތީ އެމެރިކާގެ ދެބުމަ މިހާރު ހުރީ ގޮށްޖެހިފައެވެ. […]
އެމެރިކާ ޑޮލަރުގެ މަގާމު ދަށަށްދާކަމަށް އިންކާރު ނުކުރެވޭނެ: ބްލެކްރޮކްގެ ސީއީއޯ

ޑީއެލްނިއުސްއަކީ އާންމުގޮތެއްގައި އޮޅިފައި އޮންނަ ނުވަތަ ހަގީގަތް ހާމަނުކޮށްހުންނަ މާލީ މުއާމަލާތުތައް ވަރަށް ފުނަށް ތަހްގީގު ކުރުމަށްފަހު ހަގީގަތް ހާމަކޮށްދޭ ނިއުސް ޕްލެޓްފޯމެކެވެ. އެމެރިކާގެ ދަރަނި ފުއްޕާ ހަމަކަށް ވައިޖެހީމާ ފުފިގެންދާގޮތަށް މައްޗަށް އަރައިގެން ދިޔައީ އިންޓެރެސްޓް ރޭޓް އުފުލުމުގެ ސަބަބުންނެވެ. އެމެރިކާގެ ދަރަނި މިހާރު އަންދާޒާކުރެވެނީ ލިބޭ އާމްދަނީ އަށް ވުރެން %120 އަށް ވުރެން މަތީގައެވެ. ރައީސް ޓްރަމްޕް ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު އިތުރުވަމުންދާ އެމެރިކާގެ ދަރަނީގެ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅު […]
އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކާބެހޭގޮތުން ރަޝިޔާއާއި އޮމާނުގެ ވެރިން ވާހަކަ ދައްކަވައިފި

މޮސްކޯއަށް މިހާރު ވަޑައިގެން އުޅުއްވާ އޮމާނުގެ ރަސްގެފާނު ސުލްތާން ހައިތާމް ބިން ތާރިގް އަލް ސައީދު އާއެކު ރައީސް ޕޫޓިން ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމެރިކާއާއި އީރާނާ ދެމެދު ފެށިފައިވާ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ. އޮމާނުން ގެންދަނީ އެމެރިކާއާއި އީރާނުން ކުރަމުންގެންދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. އެމެރިކާއިން ދެކެމުންދަނީ އީރާނުގެ މަޝްރޫއަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށްޓަކައި ހިންގަމުންގެންދާ މަޝްރޫއެއް ކަމަށެވެ. ކްރެމްލިންގެ ފޮރިންޕޮލިސީ އެއިޑް ޔޫރީ އުޝާކޯވް އިންޓަރފެކްސްގައި ބުނެފައިވަނީ ދެ […]
އިންޑިއާ ކަނޑުގެ ސަރަހައްދަށް އެއްވެސް ގައުމަކުން ނޭދެވޭ ނުފޫޒް ފޯރުވުމަކަށް އިންޑިއާ ނޭދޭ

ސަންދާނު ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަމެވެ. މި ލިއުމަކީ އިންޑިއަން ޑިފެންސް ރިސާރޗް ވިންގް ( އައި ޑީ އާރ ޑަބްލިޔޫ ) އިން އޮގްޒިލިއަރީ ފޯސް އިންޑިއާ ( އޭ އެފް އައި ) ގައި ޝާއިއު ކޮށްފައިވާ މައުލޫމާތެއްގެ ޚުލާސާއެކެވެ. ތުރުކީން ދިވެހިރޢްޖޭ ކޯސްޓް ގާރޑަށް ހަދިޔާކުރި ޓީ ސީ ޖީ ( ޕީ-343 ) މަރުކާގެ މިސައިލް ބޯޓަކީ ތުރުކީއާއި ދިވެއހިރާއްޖޭގެ ދިފާއީ ގުޅުމުގައި ކުރިއަށް އެޅިގެންދިޔަ ވަރަށް ފާހަގަކުރެވޭ ފިޔަވަޅެކެވެ. […]
ސީރިޔާއިން ދުނިޔޭގެ ބޭންކަށް ދައްކަންޖެހޭ ދަރަނި ސައޫދީން އަދާކޮށްދެނީ

ސީރިޔާއިން ދުނިޔޭގެ ބޭންކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން މިހާރު ނުދެއްކި އޮތް 15 މިލިއަން އެމެރިކާ ޑޮލަރ ސައޫދީ އެރޭބިޔާއިން އަދާކޮށްދޭން ގަސްދުކޮށްފިއެވެ. މިއީ 2011 އިން ފެށިގެން އެ ގައުމުގައި ހިނގާދިޔަ ދާޚިލީ ދެކޮޅުވެރިކަމުގައި އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ސައޫދީ އެރޭބިޔާއިން ވެދޭ އެހީ އެއް ކަމަށާއި އަދި ބައްޝާރުލް އަސަދުގެ ވެރިކަން 2024 ޑިސެމްބަރުގައި ވައްޓާލި ފަހުން ސައޫދީ އެރޭބިޔާއިން ދޭ ފުރަތަމަ އެހީ ކަމުގައިވެސް ބުނެފައި ވެއެވެ. ސައުދީ އެރޭބިޔާގެ […]