އެމެރިކާއާއި ސަޢޫދީގެ ކޮންމެ މަޝްވަރާއެއްގައި އިސްރާއީލު ބައިވެރިކުރާކަށް ނުޖެހޭ

މެދުއިރުމަތީގެ މަސްލަޙަތު ފުޅާދާއިރާއެއްގައި އެޑްރެސް ކުރެވޭގޮތަށް އޭގައި ފަލަސްތީނާއި އަދި އިސްރާއީލުވެސް ހިމެނޭ ގޮތުގައި އެމެރިކާއާއި ސަޢޫދީ އެރޭބިޔާ ގުޅިގެން ސަޢޫދީ ޕްލޭން ބީ ގެ ނަމުގައި އެއްބަސްވުމެއްގެ ދެލި ކޮޕީއެއް އެކުލަވާލައިފި ކަން ދެފަރާތުންވެސް ހާމަކޮށްފިއެވެ. އެހެންނަމަވެސް ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުގެ ސަރުކާރުންނާއި އަދި ބޮޑުވަޒީރު ނަތަންޔާހޫ ގަދައަށް ދެކޮޅުހަދަމުން ގެންދާތީ އެ ދެލިކޮޕީއާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރިކުރުވާކަށް ސަޢޫދީ އެރޭބިޔާ ބޭނުމެއް ނުވެއެވެ.         އެމެރިކާއާއި […]

ޔޫކްރެއިންގެ ހަނގުރާމައިގާ ޝައިތާނީ ރެޖީމްތައް ކަކޫމައްޗަށް ތިރިކުރުވާނަން: ޔޫރަޕް

ނޭޓޯގެ ބައިވެރިންގެ މަދަދާއި އެހީތެރިކަން ޔޫކްރެއިނަށް އޮހެމުންދާއިރު އުތުރު ކޮރެޔާގެ މިސައިލްތަކާއި އީރާނުގެ ޑްރޯންތަކާއި އަދި ޗައިނާގެ ޓެކްނިކަލް އެހީތެރިކަން ރަޝިޔާއަށް ނުލިބޭނަމަ ޔޫކްރެއިނާއިއެކު ރަޝިޔާއަށް ހަނގުރާމަ ނުކުރެވޭނެއެވެ. ޔޫކްރެއިންގެ ޚާރކީވްއަށް ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި ގޮއްވާލާފައިވާ މިސައިލްތަކުގެ ބައިތަކަކީ އުތުރު ކޮރެއާގެ ވާސޯންގް-11 މަރުކައިގެ ބެލިސްޓިކް މިސައިލްގެ ބައިތަކެއްކަން ޔުނައިޓެޑް ނޭޝަންސްގެ އިންސްޕެކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އިންސްޕެކްޓަރުން ބުނެފައިވަނީ އުތުރު ކޮރެއާގެ ބެލިސްޓިކް އަދި ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން އ ދ ގެ އެތައް ސެންކްޝަންތަކެއް 2006 ވަނަ އަހަރުން ފެށިގެން އެގައުމާ […]

ނޭޓޯއާއި އިސްރާއީލް އަދި އަރަބި ގައުމުތައް ގުޅިގެންވެސް  ދެނެއް އީރާން ނުހުއްޓުވޭނެ 

މެދުއިރުމަތީގެ ފަލަ ސުރުޚީތަކުގެ ނަމުގައި ސީ އެން އެން އިން ހަފުތާއަކު ތިންފަހަރު ގެނެސްދޭ ޕްރޮގްރާމުގެ މިހަފުތާގެ ފުރަތަމަ ޕްރޮގްރާމުގައި ބަލާލާފައިވަނީ އީރާނުން އިސްރާއީލަށް ދިން ޙަމަލާގައި ބޭނުންކުރި މިސައިލާއި ޑްރޯން ތަކުގެ މައްޗަށެވެ. ސީ އެން އެން އިން ބުނެފައިވާ ގޮތުގައި އެ ހަތިޔާރުތައް ހަމަލޮލުން ދެކިލުމަކީ ދުވަހަކުވެސް ލިބިދާނެކަމަށް އުންމީދުކުރި ފުރުސަތެއް ނޫނެވެ.                       ސީ އެން އެން އަށް މި ފުރުސަތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ […]

ފުދުންތެރިކަމާއި މިނިވަންކަމަށްޓަކައި ބިރުފަހަނާ ދާންޖެހޭނެ – ރައީސީ

އިސްލާމް އާބާދުން ބުދަދުވަހު މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ރައީސް އަށް ޕާކިސްތާނުގެބޮޑުވަޒީ ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވައިފިއެވެ. ދެބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ބިނާ ކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނުގައި  އަފްގާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ސަބަބުން އެ ސަރަޙައްދަށާއި އަދި މުޅި ދުނިޔެއަށްވެސް ކުރިމަތި ވެފައިވާ ނުރައްކާތެރިކަމާއި ދެކޮޅަށް އިރާނާއި ޕާކިސްތާނުން ގުޅިގެން މަސައްކަތް ކުރަން ނިންމަވައިފިއެވެ. އީރާނާއި ޕާކިސްތާނުގުޅޭ ސަރަޙައްދުތަކަކީ އަމާންކަމާއި އެކުވެރިކަމުގެ ސަރަޙައްދަކަށް ހެދުމަށްވެސް ދެ ބޭފުޅުން ނިންމަވާފައިވާ ކަން […]

އިސްރާއީލުގެ ދިފާއުގައި ނިކުތް އަރަބި ގައުމުތަކުގެ އަސްލު

އީރާނުން އިސްރާއީލަށް ދިން ޙަމަލާ އެވަރަށްވެސްފޭލިކޮށްލެވުނީ އެމެރިކާއަށް އެހީތެރިވެ ދިން މެދުއިރުމަތީގެ ބައިވެރިންގެ މަދަދާއި އެކުގައިކަން ބައިޑްން ސަރުކާރުން ހާމަކޮށްފިއެވެ. މި އެއްބައިވުންތަކަށް ކިހާދުވަހަކު ދެމިއޮންނާނެކަން ޔަގީން ވާނީ އިސްރާއީލުން އީރާނަށް ދޭ ރައްދު ޙަމަލާއެއްގެ ފެންވަރުގެ މައްޗަށެވެ. އީރާނުގެ ޙަމަލާގައި ބައިވެރިވި ޖޯރޑަން އާއި އެމިރޭޓްސް އަދި ސަޢޫދީ އެރޭބިޔާގެ ރައްޔިތުންތިބީ އެ ގައުމުތަކުގެ ވެރިންނާއި އެކުގައި ކަމަށް ބުނެވޭކަށް ނެތެވެ.                                       […]

އިސްރާއީލުން އީރާނަށްދިން ހަމަލާ ބޮޑުބޭޒާރު ވުމަކަށް

ބައިނަލް އަގްވާމީ ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އީރާނުން އިސްރާއީލަށް ދިންކަމަށްބުނާ ހަމަލާގެ ނަތީޖާއަކީ އީރާނަށް ބޮޑު ނަސްރެއް ލިބުމެވެ. އޭގެ ފަހުން މިހާރު ރައްދު ޙަމަލާއެއް ދިނުން ނުވަތަ ބަދަލު ހިފަން މަސައްކަތް ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟            އިސްރާއީލުން އިސްފަހާނަށް ޙަމަލާދިނީ މި ބޭނުމުގައި ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އިސްރާއީލުން ދެނެއް އެހެން ޙަމަލާއެއް ދީފާނެކަމަކަށް ނުބެލެވެއެވެ. އިސްރާއީލުން އީރާނަށް ދިން ޙަމަލާގެ އެއްވެސް މަގްސަދެއް އޮތްނަމަ އެއީ އެމެރިކާއާއި އިސްރާއީލާއި އަދި އިނގިރޭސި […]

އިސްރާއީލުން އީރާނަށް އަރައިގަތުމުގެ ނަތީޖާއަކަށްވަނީ އިސްރާއީލު ނެތިދިއުން

އިސްރާއީލުން އީރާނުގެ ކިތަންމެ ކުޑަތަންކޮޅަކަށް އަރައިގެންފިނަމަވެސް އޭގެ ނަތީޖާއަކަށް ވެގެންދާނީ އިސްރާއީލު އެއްކޮށް ނެތިދިއުން ކަމުގައި އީރާނުގެ ރައީސް ވަޢުދުވެ ވަޑައިގެންފިއެވެ.   އީރާނުގެ ސިފައިންގެ އަހަރީ ޕެރޭޑެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރައީސީ ވިދާޅުވީ އިރާނުން މިދިޔަ ހަފުތާ ނިމުނު ހިސާބުގައި އިސްރާއީލަށް ދިން ޙަމަލާއާއި ގުޅިގެން އިސްރާއީލުން ރައްދުގައި ޙަމަލާދޭނެކަމަށް ބެލެވޭ ކަމަށާއި އިސްރާއީލުން ދީފާނެ ކޮންމެ ޙަމަލާއެއްގެ ބަދަލު ދިނުމުގައި އީރާނުން ހުރަސް ނުކުރާނެ އެއްވެސް އިމެއް ނޯންނާނެ ކަމަށް އިންޒާރު ދެއްވިކަމަށް އިރްނާ އޭޖެންސީނަ ވަނީ ޚަބަރުދީފައެވެ. އިސްރާއީލުންވެސް ވަނީ […]

އީރާނުގެ ޙަމަލާތައް އަމާޒުކޮށްފާވަނީ  އިސްރާއީލުގެ މިލިޓްރީ ބޭސް ތަކަކަށް

އީރާނުން އިސްރާއީލަށް ދިން ހަމަލާގައި 9 ބެލިސްޓިކް މިސައިލެއް އިސްރާއީލުގެ ވަރުގަދަ އެއާރޑިފެންސްތައް ފޫ އަޅުވާލުމަށްފަހު އިސްރާއީލުގެ 2 މިލިޓްރީ ބޭސް އަކަށް އަމާޒުވިކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލިގްރާފުން އެމެރިކާގެ އޮފިޝަލުންނަށް ޙަވާލާދީ އިއްޔެ ހަވީރު ހާމަކޮށްފިއެވެ.                    އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ އެ މިސައިލްތައް އަމާޒުވި މިލިޓްރީ ބޭސްތަކަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. މީގެކުރިން އެމެރިކާއާއި އިސްރާއީލުން ބުނެފައިވަނީ އީރާނުން 300 ވަރަކަށް ޑްރޯން އާއި މިސައިލް […]

ދެރަ ނިކަމެތި މީހާއަށް ކުޑަ އިންސާފޭ ބުންނަޖެހެނީ މިހެންވީމާ

ހަތްދިހަ އަހަރު ވަންދެން ހުޅުވާލެވިފައިވާ ޖަލެއްގައި އެއްވެސް އިންސާފަކާ ނުލައި ގައުމެއްގެ ނަސްލު އެއްކޮށް ގަތުލު އާންމަކަށް ހުރަހޮޅިފައިވާއިރު އެއީ ޖަލުބަލަހައްޓާ ގައުމުގެ ދިފާއުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި މުލައްދަނޑީގެ ބާރުހުރި ގައުމުތަކަކުން މުޅިދުނިޔެއިން ގަބޫލުކުރުން މިއޮތީ މަޖުބޫރު ކުރުވާފައެވެ.  ނަސްލު ނެތިކޮށްލުމަށްޓަކައި ގަތުލު އާންމަށް ހުރަހޮޅިފައިވާ ގައުމުން އިސް އުފުލާލިއަސް އެއީ އެބައިމީހުންގެ އިންފަހަނަޅާ ދެވުނީއެވެ. ނަތީޖާއަކަށް ވެގެންދަނީ ބޮލުގައި ބަޑި ޖައްސާފައި މަންޒަރު ބަލަން މަޖުބޫރު ކުރުމާއެކު މައިންބަފައިންނާއި ފިރިމީހާގެ ކުރިމަތީގައި އެތައްބަޔަކުވެގެން އަނބިމީހާ ހޮސްޕިޓަލެއްގެ […]

މެދުއިރުމަތީގެ ޙާލަތު އެންމެފަސް

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުމާބެހޭ ގޮތުން އެމެރިކާގެ އެހީގައި އިސްރާއީލުން ތައްޔާރުކުރި އެއްބަސްވުން ޙަމާސް އިން ގަބޫލު ނުކުރާނެ ކަމަށްބުނެ މިދިޔަ ހުކުރުދުވަހު އެ އެއްބަސްވުމުގެ މީޑިއޭޓަރުން ކަމުގައިވާ މިސްރާއި ގަތަރަށް އަނބުރާ ފޮނުވާލައިފިއެވެ.  ޙަމާސް ގެ ފުރަތަމަ ޝަރުތަކީ އިސްރާއީލުން ޙަމަލާތައް ހުއްޓާލާފައި ގައްޒާއިން ފޭބުމެވެ. އެއްވެސް ވާހަކައެއް ދެއްކޭނީ އޭގެ ފަހުންކަމަށެވެ. އަހަރެމެންގެ ރައްޔިތުން ބޭނުންވާގޮތް އޮންނާނީ މާ ކުރިންވެސް ބުނެފައެވެ. އެއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.  އެންމެ ފުރަތަމަ ޙަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާގެ ބިމުން ފައިބާށެވެ. […]