އިނގިލި މިއޮތީ ބަޑީގެ ފާލުގައި އަޅުވާފައެވެ 2

https://sandhaanu.today/65418/ އާއި ގުޅޭ …. މެދު އިރުމަތީގެ ގައުމުތަކުން މިހާރު ގަބޫލުކުރެވިއްޖެ ގޮތުގައި އެ ގައުމުތަކަށް ބިރު އޮތީ އިސްރާއީލުގެ ފަރާތުންނެވެ. އަދި އިސްރާއީލުގެ ފިއްތުންތަކާހުރެ އެމެރިކާއިންނެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް އީރާނަށް ޙަމަލާދީ އެ ގައުމު ވީރާނާކޮށްލަން ރާވައި އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތައް ގަލްފް ސަރަހައްދަށް ޖަމާކުރަން ފެށުމުން ގަލްފްގެ ގައުމުތަކުން ޙަރަކާތްތެރިވި ގޮތުން އެކަން ކަށަވަރުކުރެވިގެން ހިނގައްޖެއެވެ. އެމެރިކާގެ ރޭވުންތަކާ ދެކޮޅަށް ޖީ ސީ ސީ ތެދުވީ އެމެރިކާއިން ހީވެސް ނުކުރާ […]
އިނގިލި މިއޮތީ ބަޑީގެ ފާލުގައި އަޅުވާފައެވެ.

ސުރުޚީއަކީ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާ ކަނޑުގެ ބާރުތައް އީރާނާ ކައިރިވުމަށް ރައީސް ޓްރަމްޕް ކުރެއްވި އަމުރަށް އީރާނުގެ ޚާރިޖީ ވަޒީރު ދެއްވި ޖަވާބެވެ. އެމެރިކާއިން އީރާނަށްދޭން އުޅުނު ހަމަލާތައް ހުއްޓާލާފައި ރައީސް ޓްރަމްޕް ފަހަތުފަޔަށް ބުރަވެ އައިކޮޅަށް މިސްރާބު ޖެހީ ކީއްވެގެންތޯ އުފެދިފައިވާ ސުވާލަށް އެކިފަރާތްތަކުން ދެމުންގެންދަނީ ތަފާތު ޖަވާބުތަކެކެވެ. މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔަށް ބިނާކޮށް އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަލްފް ސަރަހައްދަށް ދަތުރުކުރަމުންދިޔަ އެމެރިކާގެ ބާރުގަދަ އެއާރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން […]
ދުނިިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި ބްރިކްސްގެ ފުރަތަމަ ފިޔަވަޅު

ދުނިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބޭނުން އެއްފަރާތްކުރަން ބްރިކްސްގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ މަސައްކަތަކީ މި ވަގުތަށް ތަންކޮޅެއް ދުރު ހުވަފެނެކޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ސްވިފްޓްގެ ބަދަލުގައި އެ ޖަމާއަތުން ތަޢާރުފް ކުރަން ގަސްދުކުރާ ޑިޖިޓަލް ފައިސާގެ ނިޒާމް އޮތީ އަތުޖެހޭ ހިސާބު ކައިރީގައެވެ. މިއަހަރު ފަހުކޮޅު ބްރިކްސް ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުން އިންޑިއާގައި ބޭއްވުމުގެ އިންތިޒާމްތައް ކުރެވެމުންދާއިރު އެޖެންޑާގައި އެންމެ އިސް ކަމެއްގެ ގޮތުގައި ފޯކަސް ކުރެވޭނެކަމަށް ބެލެވެނީ އެ […]
އިނގިރޭސިވިލާތުން ބިމަށް ތުން ހަރާލައިގެން ނުތިބޭނެ: ބޮޑުވަޒީރު ސްޓަމަރ

ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ އިގްތިސާދުގައި އިނގިރޭސި ވިލާތުގެ ކުންފުނިތަކަށް ލިބިދާނެ ފުރުސަތުތައް ދެނެގަތުމަށްޓަކައި ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ ހުކުރުދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަމަރ، ޗައިނާގެ ވިޔަފާރި މަރުކަޒް ޝެންގހާއި އަށް ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޗައިނާއަށް މި ވަޑައިގަތީ ލަންޑަނާއި ބެއިޖިންގ ވެވޭ ކޮންމެ އެއްބަސްވުމަކަށް އެމެރިކާއިން ދެކޮޅު ހައްދަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކު ފާއިތުވެގެންމިދާ 8 އަހަރު ދުވަހުގެތެރޭގައި ޗައިނާއަށް ކުރެއްވި […]
ޙައިރާން ކުރަނިވި ޢަމަލެއް! ޅެމާއި ފަރިހިން ޝިފާހޯދުން!

ޝައްކެއް ނެތެވެ! އެއްޒަމާނެއްގައި ދިވެހިރާއްޖޭގައިވެސް ދިވެހިބޭސްވެރިކަމަށް ވަރަށްބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ. އާދައިގެ ރޯގާތަކާއި ހުންއައުންފަދަ ކަންތަކަށް ފަންޑިތަ ހަދައި ފަންވަތްލިއެ ތަވީދު އަޅުވާ ހަދަމުން ގެންދިޔައެވެ. ރާއްޖޭގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ޑޮކްޓަރުން ނެތް އެ ޒަމާނުގައި ދިވެހިބޭސްވެރިމާއި ފަންޑިތަ ކުޅެފައިވާ ދައުރު ހަނދާނުން ނެތިގެން ނުދާނެއެވެ. މިއަދާ ހަމަޔަށް އާދެވުނުއިރު ދިވެހިބޭސް އިތުރަށް ދިރާސާކޮށް ތަރައްގީ ކުރުމަށް ފަރުވާކުޑަކުރެވި ދިވެހިބޭސްވެރިކަން އިތުރަށް ތަރައްގީ ނުކުރެވި އޮތް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެޒަމާނުގައި ޙަކީމް ދީދީ އާއި […]
ޝަހީދު ޔަޙްޔާ ސިންވާރު ގެ ވަޞިއްޔަތް!

އަހަރެންނަކީ އުފަން ވަޒަނުން ބޭރުކޮށް އަރުވާލެވުނު ތަން ވަގުތީ ވަޒަނަކަށް ބަދަލުކޮށް، މިނިވަންކަމުގެ ހުވަފެން ދާއިމީ ހަނގުރާމައަކަށް ހެދި ރެފިއުޖީގެ ދަރި ޔަހްޔާ އެވެ.. މި ބަސްތައް އަހުރެން ލިޔަމުންދާއިރު އަހުރެންގެ ހަޔާތުގައި ފާއިތުވެދިޔަ ކޮންމެ ހިނދުކޮޅެއްގެ ހަނދާން އާވަމުން ދެއެވެ. ރެފިއުޖީ ކޭންޕުތަކުގައި ހޭދަކުރުވުނު ޅައިރުގެ ދުވަސްތަކާއި ޖަލުގައި ހޭދަކުރުވުނު އެތަކެއް އަހަރުތަކާއި މި ފަސްގަނޑަށް އޮހުރުވާލެވުނު ކޮންމެ ލޭތިއްކެއްގެ ހަނދާނެވެ. އަހުރެން އުފަންވީ 1962 ގައި ހާން ޔޫނީސްގެ ރެފިއުޖީ ކޭމްޕްއަކަށެވެ. އެއީ ސިޔާސީންގެ […]
އޮއިވަރު ބަދަލުވެއްޖެއެވެ ވަގުތު ފާއިތުނުވަނީސް ހިސްޓްރީގެ ރަގަޅުފަރާތަށް އަރާށެވެ.

ތާރީޙީ ގޮތުން ކޮންމެ އިސްތިއުމާރީ ބާރަކުންވެސް ބޭނުންކުރާ ހާއްސަ އުކުޅެއް އޮވެއެވެ. އެއީ، އެބައިމީހުންގެ އަޅުވެތިކަމުގެ ދަށުގައިވާ މީހުންނަށް، އެ ނިޒާމުގެ ތެރޭގައި ބައިވެރިވުމަކީ ނުފޫޒު ގަދަވުން ކަމަށާއި، ކިޔަމަންތެރިވުމަކީ ތަސައްރަފު ފުދުން ކަމަށް ވިސްނައިދިނުމެވެ. މި އުކުޅު މިއަދު ’އިސްލާމީ ނޭޓޯ‘ އިން އެހުރީފެންނާށެވެ. މިއީ މުސްލިމުންގެ މެދުގައި އުފެދޭ ރުޅިއާއި އުދާސް މެނޭޖުކޮށް، ނުވަތަ އެހެން ފަރާތްތަކާ މެނޭޖުކުރަން ހަވާލުކުރުމާ، އަދި ނުރައްކަލެއް ނެތް ގޮތުގައި ނައްތާލެވިދާނެކަމުގެ ޔަގީންކަން ހުޅަނގުގެ ބާރުތަކަށް ދިނުމަށްޓަކައި އުފައްދާފައިވާ […]
ަފޯޅަވަހި ގެއްލުމަކީ އެމެރިކާ މިލިޓްރީއަށް ބޮޑު ގެއްލުމަކަށްވާނެ

ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސަރ ކީރް ސްޓެމަރ ނިންމެވުމުން އެމެރިކާގެ މިލިޓްރީއަށް ފޯޅަވަހި ބީވެގެންދިއުން ވަރަށް ބޮޑު ގެއްލުމަކަށްވާނެކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ 8 ޖެނެރަލަކު ރައީސް ޓްރަމްޕްއަށް އިންޒާރު ދެއްވިތާ 48 ގަޑިއިރު ނުވަނީސް ރައީސް ޓްރަމްޕް ދެކޮޅުވެރިކަން ފާޅުކޮށްފިއެވެ. އެމެރިކާގެ އާރމީ، ނޭވީ އަދި އިންޓެލިޖެންގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ މި 8 ބޭފުޅުންގެ ސިޓީގައި އިނގިރޭސި ވިލާތުން ފޯޅަވަހި މޮރިޝަސްއަށް ހަވާލުކުރުމުގެ އެއްބަސްވުން […]
އިންޑިއާގެ ޑިޖިޓަލް ކަރަންސީ ބްރިކްސްގެ އާންމު ފައިސާއަކަށް ލިންކުކުރުން

އިންޑިއާ މަރުކަޒީ ބޭންކުގެ ޑިޖިޓަލް ކަރަންސީ ގުޅާލުމަށްޓަކައި 2026 ވަނަ އަހަރު އޮންނަ ބްރިކްސް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގެ އެޖެންޑާއަށް ޕްރޮޕޯޒަލެއް ހުށައެޅުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ސަރުކާރަށް ރިކޮމެންޑޭޝަނެއް ފޮނުވައިފިއެވެ.މިއީ މިފަދަ ހުށައެޅުމެއް މެމްބަރު ގައުމަކުން ރަސްމީގޮތުން ހާމަކުރި ފުރަތަމަ ފަހަރެވެ. ބްރިކްސް ގައި ހިމެނޭ އެއްވެސް ގައުމަކުން އަޖުމަބެލުން ފިޔަވައި ރަސްމީގޮތުން ޑިޖިޓަލްފައިސާ މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.ވިޔަފާރިއާއި ފަތުރުވެރިކަމާގުޅޭ މުއާމަލާތުތަކުގެ ބޭނުމުގައި ބްރިކްސް ގައުމުތަކުގެ ރަސްމީ ފައިސާ ލިންކް ކުރުމުގެ މުހިންމުކަން […]
ދުނިޔޭގެ ޗާޓުން އީރާން ފޮހެލުމަށްޓަކައި މިލިޓްރީ ހަރަކާތެއް އެކަށައަޅަން ޓްރަމްޕް އަންގަވައިފި

ދުނިޔޭގެ ޗާޓުން އީރާނު ފޮހެލުމަށްޓަކައި ކާމިޔާބު މަޝްރޫއެއް އެކުލަވާލަން އެމެރިކާގެ އަސްކަރިއްޔާއަށް ރައީސް ޓްރަމްޕް އަންގަވައިފިއެވެ. އެހެންނަމަވެސް މުޅި އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި ހަމައެކަނި އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންގެ މިލިޓަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުރަވާކަމަށް ވޯލްސްޓްރީޓް ޖާރނަލުން ޚަބަރުދީފައިވެއެވެ. ރައީސްޓްރަމްޕްގެ ފުރާނަފުޅަށް ގެއްލުންދޭނެކަމަށް އީރާނުން އިންޒާރު ދެމުންގެންދާތީވެ އީރާން އެކުގައި ގޮއްވާލާނެކަމަށް މިދިޔަ އަންގާރަދުވަހު ހަވީރު އެމަނިކު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އަހަރެންގެ ފުރާނައަށް ގެއްލުމެއް ދީފިނަމަ އީރާންއެވެ ކިޔުނު ގައުމެއް […]