އިންޑިއާގެ ފަތުރުވެރިން ތުރުކީއާއި އަޒަރްބާއިޖާނަށްވެސް ކަންތައްކުރާނީ؟

ސުރުޚީގައި އެވަނީ ލައިވްމިންޓް.ކޮމް/ނިއުސް/އިންޑިއާގެ އަމިޔާ ޖޯޝީ ކޮށްފައިވާ ސުވާލެއްގެ ފެށޭ ބައެވެ. މުޅި ސުވާލަކީ އިންޑިއާގެ ފަތުރުވެރިން ތުރުކީއާއި އަޒަރްބާއިޖާނަށްވެސް ކަންތައްކުރާނީ ދިވެހިރާއްޖެއަށް ކަންތައްކުރިގޮތަށް ހެއްޔެވެ؟                                                  ތުރުކީއާއި އަޒަރބާއިޖާން ފަތުރު ވެރިކަމުން އެއްފަރާތްކުރަން ( ބޯއިކޮޓް ކުރަން ) ފާއިތުވެގެން މިދާ ދުވަސްތަކުގައި ތުންތުންމަތިން ދެކެވެމުން އައި ވާހަކަތައް އޮޕަރޭޝަން ސިންދޫރު ފެށުމާއެކު ގަދައަޑަކަށް ވެއްޖެއެވެ. އިންޑިއާއިން އެ 2 ގައުމަށް ދަތުރުކުރި ފަތުރުވެރިންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަށަވަރު ކުރެވިފައިވާ ޕޯސްޓް ތަކާއި އަދި […]

ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސަށް ޖައްވުތެރޭގެ ގަނޑުވަރެއް ހަދިޔާކުރަނީ

މި ޚަބަރު އަޑުއިވުމުން ކުއްލިއަށް ހަނދާނަށް އައީ މީގެ ދުވަސްކޮޅެއްކުރިން މި ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ތުހުމަތު ކޮށް އިވެމުން ދިޔަ އަޑުފަށްގަނޑެކެވެ. އެމެރިކާ ރައީސްގެ ރަސްމީ އެއާރކްރާފްޓަކަށް ބޭނުންކުރައްވާނެ އެއާފޯރސް -1،  ބޯއިން 8-747  ގެ ލަގްޒަރީ ޖަމްބޯ ޖެޓެއް ގަތަރުގެ ޝާހީ އާއިލާއިން ރައީސް ޓްރަމްޕަށް ހަދިޔާކުރައްވަން ނިންމަވައިފިއެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން މިއީ ބޭރުގެ ގައުމަކުން އެމެރިކާގެ ރައީސަކަށް ދެއްވާ އެންމެ އަގުބޮޑު ހަދިޔާއެވެ. މި ހަދިޔާ ރިޔާސަތުގެ މުއްދަތުގައި ޓްރަމްޕް ބޭނުންކުރައްވާނެއެވެ. […]

އީރާން ނިއުކްލިއަރ މަޝްވަރާތަކުގެ ހަތަރުވަނަބުރު ނޭންގުމެއްގެ ތެރެއަށް

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅްމުންގެންދާ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކާހުރެ މިހާރު ފަށާފައިވާ ނިއުކްލިއަރއާ މަޝްރޫއާބެހޭ ވާހަތަކުގެ ހަތަރުވަނަ ބުރު ނޭންގުމެއްގެ ތެރެއަށް ގެއްލިއްޖެއެވެ. އެހެންނަމަވެސް އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ބައި އަދާކުރައްވަމުންގެންދަވާ އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރް ބިން ހަމަދް އަލް ބުސައިދީ އެކްސް ޕްލެޓްފޯރމްގައި ވިދާޅުވެފައިވަނީ މަޝްވަރާތަކުގެ ހަތަރުވަނަބުރު ލަސްކުރެވުނީ އިންތިޒާމްތައް ހަމަޖެހެންދެން ކަމަށާއި ދެން މަޝްވަރާތައް އޮންނާނެ ތާރީޚެއް ފަހުން ހާމަކުރައްވާނެ ކަމަށެވެ. މީގެ ކުރިން ބޭއްވުނު 3 ބައްދަލުވުމަށްފަހު އެމެރިކާއިން ބުނެފައިވަނީ މަޝްވަރާތަކުގައި […]

އިންޑިއާގެ ރަފާލޭ ޖެޓްތައް ލައިން އޮފް ކޮންޓްރޯލުން ދުރަށް ހިނގައްޖެ

އިންޑިއާއާއި ޕާކިސްތާނުގެ ހޫނުވެފައިވާ މަސްރަހްގެ ޚަބަރުތަކަކީ މި ވަގުތު މި ސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން އެންމެބޮޑަށް ކަންބޮޑުވެ އަޑުއަހަމުންގެންދާ ޚަބަރުތަކެވެ.                              އިންޑިއާއާއި ޕާކިސްތާނުންވެސް ގެންދަނީ ކަޝްމީރަކީ އެ ގައުމުގެ ބައެއް ބުނަމުންނެވެ. އެކަމަކު މިހާތަނަށްވެސް ކަޝްމީރު އޮންނަނީ އެއްބައި ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އަދި އަނެއްބައި އިންޑިއާގެ ބައެއްގެ ގޮތުގައެވެ. އަދި 1947 ގައި އިންޑިއާގެ ބައެއްގައި ޕާކިސްތާން އުފެދުނީއްސުރެން ކަޝްމީރު ވެފައިއޮންނަނީ ދެގައުމުގެ ދެމެދުގައި އެންމެ ހޫނުގަދަ ސުވާލާއި ޖަވާބު ކަމުގައި ބެލެވިފައެވެ.                             […]

އިންޑިއާ އިން ޕާކިސްތާނަށް ހަމަލާދިނުމުން ހާމަވެފައިވާ ސަބަބު

އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރުގައި މިލިޓެންޓުން ދިން ހަމަލާއެއްގައި އިންޑިއާގެ 25 މީހަކާއި ނޭޕާލްގެ ޓްއަރިސްޓަކު މަރާލާފައިވަނިކޮށް އިންޑިއާއިން ޕާކިސްތާނަށާއި ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަށް އެތައް ހަމަލާތަކެއް ދީފިއެވެ. ޕާކިސްތާނުން ބުނެފައިވަނީ މިލިޓެންޓުންގެ ހަމަލާއާއި ޕާކިސްތާނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އިންޑިއާގެ ހަމަލާތައް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސިފަކުރައްވާފައިވަނީ ނުރައްކާތެރި އަރައިގަތުމެއް ކަމަށާއި ރައްދު ނުދީ ނުހުންނަވާނެ ކަމަށެވެ. ޕާކިސްތާނުގެ މިލިޓްރީ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ބުނެފައިވަނީ […]

ނަންބަދަލުކުރާ މޫސުމުގައި އަނެއްކާވެސް ނަމެއް ބަދަލުކުރަނީ

އަންޒަމާނުއްސުރެން ފަރޝިއަން ގަލްފްގެ ނުމުގައި ދުނިޔެއަށް އެނގިފައިވާ ޕާރޝިއަން ގަލްފުގެ ނަން އަރަބިއަން ގަލްފް ނުވަތަ ގަލްފް އޮފް އެރޭބިއާއަށް ބަދަލުކޮށްދިނުމަށް އަރަބި ގައުމުތަކުން އެމެރިކާގެ ރައީސަށް ފިއްތުންތައް ކުރިމަތި ކުރަމުން ގެންދާ ކަމަށްބުނެ ޕާރޝަން ގަލްފްގެ ނަން އެރޭބިއަން ގަލްފް ނުވަތަ ގަލްފް އޮފް އެރޭބިއާއަށް ބަދަލުކުރަން އެމަނިކުފާނު ނިންމަވައިފިއެވެ. ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެމެރިކާގެ 2 އއޮފިޝަލަކު އެސޯޝިއޭޓެޑް ޕްރެސްއަށް އެކަމުގެ މައުލޫމާތު ހިއްސާ ކޮށްފައިވާ ނަމަވެސް ވައިޓް ހައުސް އިން ނުވަތަ އެމެރިކާގެ […]

އިންތިޚާބީ ކޭމްޕޭނުގައި ކުރާ ވައުދުގެ މުއްދަތު ހަމަވާނީ އިންތިޚާބު ކާމިޔާބު ކުރެވޭ ދުވަހު

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވާފައިވަނީ އެމަނިކުފާނު އެމެރިކާގެ ރިޔާސަތާ ހަވާލުވުމަށްފަހު ފުރަތަމަ 24 ގަޑިއިރުތެރޭގައި ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމަ ނިމުމަކަށް ގެނުވާނެ ކަމަށެވެ. އޭފަހުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ވިދާޅުވަމުންގެންދެވީ “ އަހަރެން ވައިޓް ހައުސް އަށް ވަނުމުގެ ކުރިން ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ އަނިޔާވެރި ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ. ދެން ނޭޝަނަލް ގާރޑް ކޮންފަރެންސުގައި ވިދާޅުވެފައި ވަނީ ”އެ ހަނގުރާމަ ހުއްޓުވުމާބެހޭ އެއްވެސް ކަމެއް ކަލޭމެނަށް ނުޖައްސާނެ ކަމަށާއި […]

މަޝްވަރާތައް ލަސްކުރުމުން ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ކަށަވަރު ވެއްޖެ

އެމެރިކާއާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބުރު ބޭއްވިދާނެ ދުވަހެއް ނޭންގުމެއްގެ ތެރެއަށް ދިއުމާގުޅިގެން އީރާނުން ޔުރޭނިއަމް ފައްކާކރުން ކުރިއަށްގެންދިއުމުގެ ހައްގު އޮތްކަން ކަށަވަރު ކުރެވިއްޖެކަމަށް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މީޑިއާއަށް ހާމަކޮށްދީފިއެވެ. ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާއަށް ހަވާލާދީ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ނިއުކްލިއަރ ފިއުލްގެ އެންމެ ފަހު މަރުހަލާއަށް ދިއުމުގެ ހައްގު އީރާނަށްވެސް ލިބިދޭ ކަމަށެވެ. ނިއުކްލިއަރ ހަތިޔާރު ހެދުމުގެ ބޭނުމުގައި ނޫނަސް ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާގެ ކިތަންމެ މެމްބަރ […]

ރަޝިޔާއާއި އުތުރު ކޮރެޔާ އެއްގަމު މަގުން ގުޅާލަނީ

                                                                           ރަޝިޔާއާއި އުތުރު ކޮރެއާ އެއްގަމު މަގުން ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މި 2 ގައުމު އެއްގަމު މަގުން ގުޅާލެވޭ އެންމެ ފުރަތަމަ ފަހަރެވެ. ރަޝިޔާގެ ޚައްސާން ޓައުންގެ ބޯރޑަރުގައި ޓޫމެން ކޯރުގެ އައްސޭރިފަށުގައި އެ ބްރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.                                                               ބްރިޖް އެޅުން ފެށުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ބައިވެރިވެ ވަޑައިގަތެވެ. އުތުރު ކޮރެއާއާއި ރަޝިޔާގެ ގުޅުމުގައިވެސް އެޅިގެންދާނެ […]

ހޫތީ މުޖާހިދުން އޭޕްރިލް މަހު ވައްޓާލި އެމެރިކާ ނޭވީންގެ ޑްރޯންގެ އަގު 200 މިލިއަނަށް

ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި ޕެންޓަގަނުން ބޭނުންކުރާ ޑްރޯންތަކުގެ ތެރެއިން 200 މިލިއަން ޑޮލަރުގެ ރީޕަރ ޑްރޯން މުޖާހިދުން ވައްޓާލައިފިއެވެ. އެމެރިކާގެ ދިފާއީ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މިއީ ފާއިތުވެގެން މިދާ ހަފުތާގައި ހޫތީ މުޖާހިދުން ވައްޓާލި އެމެރިކާގެ ތިންވަނަ ޑްރޯނެވެ. އެހެންނަމަވެސް އެހެން އޮފިސަރަކު މައުލޫމާތު ދީފައިވާގޮތުގައި މާރޗް މަހުގެ 30 ވަނަދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23 ވަނަ ދުވަހާ ހަމަޔަށް 6 ޑްރޯން ވައްޓާ ވަނީ ވައްޓާލާފައެވެ. މިއިން ކޮންމެ ޑްރޯންއެއްގެ އަގު އުޅޭނީ […]