ކޮންގްރެސް އިން ބޭނުންނަމަ ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީނުން ހުއްޓުވިދާނެ

އެމެރިކާގެ ކޮންގަރެސް އިން ބޭނުންވާނަމަ އިންތިޚާބީ ރައީސް ޓްރަމްޕް ރިޔާސީ ގޮނޑީގައި އިށީންދެ ވަޑައިގަތުން މިހާރުވެސް ހުއްޓުވިދާނެކަމަށް ދަ ހިލް ގެ އޮޕީނިއަނުން ހާމަ ވެއްޖެއެވެ. އެކަމަކު ކޮންގްރެސްއަށް ލިބިފައިވާ އެ ފުރުސަތު އަންނަނީ ކުޑަތަންވަމުންނެވެ. ތިމާ ކޮށްފައިވާ ހުވަ އާއި ޚިލާފް ވެފައިވާ މުޖުރިމަކު އެމެރިކާގެ ރިޔާސީ ތަޚްތަށް އިންތިޚާބު ކުރުމަށް އެމެރިކާގެ ގާނޫނު އަސާސީ ހުއްދައެއް ނުކުރެއެވެ. އެމެރިކާގެ ގާނޫނު އަސާސީގެ މަޝްހޫރު 14 ވަނަ އެމެންޑްމެންޓުގެ 3 ވަނަ ނަންބަރުގައި ހުދު ކަރުދާހުގައި […]
60 ފޫޓުގެ އުސް ރާޅުތަކުން ކެލިފޯރނިޔާގެ ގޮނޑުދޮށު ސަރަހައްދުތައް ވީރާނާ ކޮށްލައިފި

އެމެރިކާގެ ހުޅަނގު ބިތުގައި އުފެދުނު އެޓްމޮސްފެރިސިކް ރިވަރ އެއްގެ ބާރު ގަދަވެ ކެލިފޯނިޔާގެ ސެންޓާ ކުރުޒް ސަރަހައްދަށް ބަންޑުން ވުމުގެ ސަބަބުން އުފެދުނު 60 ފޫޓުގެ ބިޔަ ރާޅުތަކުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޚަބަރުތައް ބުނެފައިވާ ގޮތުގައި އެބިޔަ ތަކުން ސެންޓާ ކުރުޒް ބަދަރުގެ ގުދަންތަކާއި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އުކާލާފައިވަނީ ހިކި ހޯލި ދަރުތަކެއް ބާރުގަދަ އޮއިވަރެއްގެ ތެރެއަށް ދަމައިގަންނަ ބީދައަކުންނެވެ. ސެންޓާ ކުރުޒްގެ މަގަތު ފާލަމަކީ މަސްބޭނުމާއި […]
ތައިލޭންޑުން ބްރިކްސް ޖަމާއަތުގައި ބައިވެރިވެއްޖެ

މިދިޔަ އޮކްޓޯބަރ މަހު ރަޝިޔާގެ ރައީސް ޕޫޓިންގެ ރިޔާސަތުގައި އެ ގައުމުގެ ހުޅަނގު ސަރަހައްދުން ޓާރޓާރސްޓަން ޖުމްހޫރިއްޔާގެ ވެރިރަށް ކަޒާންގައި ބޭއްވި ބްރިކްސް ޖަމާއަތުގެއެންމެ އިސްވެރިންގެ ދައުވަތަށް ވަޑައިގެންނެވި ތައިލޭންޑްގެ ޑެލިގޭޝަނަށް ރައީސް ޕޫޓިން ދެއްވި ދައުވަތު ގަބޫލު ކުރައްވައި އެ ޖަމާއަތުގެ މެމްބަރަކަށް ވުމަށް ތައިލޭންޑުން ނިންމައިފިއެވެ. މިކަމާ ގުޅިގެން ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހުން ޑިސެމްބަރ 24 ގައި ކުރެވުނު މަޝްވަރާތަކުގައި ނިންމަވާފައިވަނީ ބްރިކްސް ޖަމާއަތުގައި ގުޅުމަކީ އެ ގައުމަށް ގިނަ ދާއިރާތަކަކުން ފައިދާ ކުރަނިވި […]
ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަގައުމަށް ސައޫދީ އެރޭބިޔާ

މިއީ ގަބޫލުކުރަން ވަރަށް އުދަނގޫ ޚަބަރަކަށްވެސް ވެދާނެއެވެ. ދިވެހިން ކިޔާއުޅޭ ފަދައިން ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެކެވެ. އެކަމަކު މިހުސްވި ނޮވެމްބަރ މަހު ރަޝިޔާއިން އެންމެ ގިނަ ތެޔޮ ގަތީ ސައޫދީ އެރޭބިޔާއިންނެވެ. ފެބްރުއަރީ 2023 ގައި ޔޫރަޕްގެ ޔޫނިއަނުން ރަޝިޔާގެ ފިއުލް އޮއިލް އާއި ވީޖީއޯ ( ވެކިއުމް ގޭސް އޮއިލް ) ގަތުން ހުއްޓާލުމުން ރަޝިޔާ ތެލުގެ މާރކެޓް އޭޝިޔާގެ ގައުމުތަކަށް ހުޅުވިގެން ދިޔައެވެ. އެއާއެކު މިދިޔަ ނޮވެމްބަރ މަހާ ހަމަޔަށް އިންޑިއާއަކީ […]
ޔަމަނުގެ މުޖާހިދުންނަކީ އާދައިގެ ދުޝަމަނުންނެއް ނޫން:މާރިވް

ޔަމަނުގެ މުޖާހިދުންނަކީ އާދައިގެ ދުޝަމަނުންނެއް ނޫން ކަމަށް އެ ޤައުމުގެ މިލިޓްރީއާ ހަވާލާދީ އިސްރާއީލުގައި ހަވީރުނެރޭ ދުވަހު ނޫސް މާރިވް އިން ބުނެފިއެވެ. އިއްޔެ ހެނދުނު ދެކުނު އަދި މެދުތެރޭ އިސްރާއީލުގައި ކުއްލި ހާލަތުގެ ބަރު ގޮނު އަޅާފައިވަނީ ޔަމަނުގެ ހޫތީ މުޖާހިދުންގެ ބެލިސްޓިކް މިސައިލް ހަމަލާއެއްގެ ސަބަބުން ކަމަށާއި އެ މިސައިލް އިސްރާއީލުގެ ދިފާއީ ނިޒާމުން ދެނެގަތުމަށްފަހު ވައިގެ ސަރަހައްދުގެ ތެރެއަށް ގޮއްވާލެވުނު ކަމުގައިވިޔަސް އެ މިސައިލް ހަލާކުވުމުން ބުރައިގެން ދިޔަ ބައިތަކުން ލިބިދާނެ ގެއްލުންތައް […]
ސީރިއާގެ މައްސަލައިގެ ތެރެއަށް އީރާނުން ނުވަންނަން އަންގައިފި!

ސީރިއާގެ މައްސަލައިގެ ތެރެއަށްވަދެ އެ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ނުކުރުމަށް މިހާރުގެ ޚާރިޖީ ވަޒީރު އަސަދު ހަސަން ޝިބާނީ އީރާނަށް އަންގައިފިކަމަށް ރޮއިޓާރސް ގާހިރާއާއި އަދި ދުބާއި އިން ރޭގައި ޚަބަރުދީފިއެވެ. ސީރިއާގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކޮށް އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސީރިއާ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. ޚާރިޖީ ވަޒީރު ޝިބާނީ އެކްސް މެދުވެރިކޮށް ހާމަކޮށްފައިވެއެވެ. އަދި އިރާނުން ސީރިއާގެ ކަންތައްތަކުގެ ތެރެއަށްވަދެ ފިތުނަ އުފައްދަން މަސައްކަތްނުކުރުމަށާއި އެފަދަ ކޮންމެ ހަރަކާތަކަށް ޖަވާބުދާރީ […]
ޕާކިސްތާނުން ބަންގްލާދޭޝްއަށް ބޯޓުފަހަރު ދިއުން އިންޑިއާގެ ކަންބޮޑުވުމަކަށް!

ބަންގްލާދޭޝްގެ ޗިޓަގޯންގް ބަނދަރާއި މޮންގްލާ ބަނދަރު އިންޑިއާއިން ބޭނުންކުރުން ހުއްދަކޮށްފައިވާ އެއްބަސްވުން އަލުން މުރާޖަޢާ ކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް އެ ގައުމުގެ މިނިސްޓްރީ އޮފް ޝިޕިންގ ގެ އޮފިޝަލުންގެ ފަރާތުން ލިބިފައިވާ ކަމަށާއި ޕާކިސްތާނުން މުދާ އެތެރެކުރުމަށް ވެސް ބާރު އަޅަމުންގެންދާކަމަށް ބަންގްލާދޭޝްގެ ބައެއް ވިޔަފާރި ވެރިންނަށް ހަވާލާދީ އިކޮނޮމިކް ޓައިމްސް އިން ވަނީ މި ޑިސެމްބަރ މަހު 23 ވަނަ ދުވަހު ރިޕޯރޓްކޮށްފައެވެ. މި ހުސްވި ނޮވެމްބަރ މަހު ޗިޓަގޯންގް ގެ […]
ޗައިނާގެ ބިޔަ މަޝްރޫއުތަކާހުރެ އިލޯން މަސްކް ހާސްވެފާ

އިންސާނާ ބޭނުންވާ ވަރަށް ދުވަހަކުވެސް މުއްސަނދިކަމެއް ނުލިބޭނެއެވެ. އަދި އެ އިންސާނާގެ ބާރު ހިނގާނަމަ އެހެން އިންސާނަކަށް އެއްޗެއް ލިބެންޖެހޭނީ އޭނާގެ އަތުން ފުރޭނިގެންނެވެ. މީޑިއާގެ ޚަބަރުތަކަށް ބަލާއިރު މިހާރު 430 ބިލިއަން އެމެރިކާ ޑޮލަރުގެ މުއްސަނދި ކަމެއް ލިބިފައިވާ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ފަޚްރުވެރި މަގާމުގައި ހުރި އިލޯން މަސްކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ބޮޑެތި މަޝްރޫއުތަކުން އޭނާގެ މުއްސަނދިކަން އަދިވެސް އިތުރުކުރަން ހުރަސް އެޅިދާނެ ކަމުގެ ފިކުރުތަކެވެ. ޗައިނާއަކީ ދުނިޔޭގެ […]
ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް އަނެއްކާވެސް ތެލް އަވީވަށް!

މިއަދު ހަވީރު ސީ އެން އެން ޚަބަރުގައި ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ތެލްއަވީވަށް އަމާޒުވެއްޖެކަމަށް ބުނެފިއެވެ. އެ ހަމަލާ އަމާޒު ވެފައިވަނީ ތެލް އަވީވުގެ ޖައްފާގެ ދެކުނު ސަރަހައްދަކަށް ކަމަށް އިސްރާއީލުގެ މިލިޓްރީން ބުނެފައި ވެއެވެ. އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ އެގައުމުގެ ދިފާއީ އައްޑަނަތަކަށް ނާރާގޮތަށް ތެލް އަވީވަށް މިސައިލުން ހަމަލާދެވުމަކީ ވަރަށް މަދުފަހަރަކު ނޫނީ ނުކުރެވޭނެ ކަމެކެވެ. ކުއްލި ހާލަތުގައި އެހީ ފޯރުކޮށްދޭ ވަސީލަތްތަކުން ބުނެފައިވަނީ މަދުވެގެން ސޯޅަވަރަކަށް މީހުންނަށް މި ހަމަލާގައި […]
ރަޝިޔާއިން ކީވަށް ދިން ހަމަލާގައި ހުޅަނގުގެ އެމްބަސީތަކަކަށް ގެއްލުން ލިބިއްޖެ

ހުކުރު ދުވަހު ހަވީރު ބުލޫމްބާރގުން ދީފައިވާ ޚަބަރުތަކުގައި މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ރަޝިޔާއިން ކީވަށް އަނެއްކާވެސް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެ ޝަހަރުގައި ހުރި ހުޅަނގުގެ ގައުމުތަކުގެ އެމްބަސީތަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ. އެހެންނަމަވެސް އެމްބަސީތަކުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް ގެއލުން ލިބިފައިނުވާކަމަށް ބުނެފައި ވެއެވެ. ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ މިހާރުގެ އެންމެ އިސްވެރިޔާ ކާޖާ ކަލާސް ވަނީ ރަޝިޔާގެ މި ހމަލާތައް ކުށްވެރި ކުރައްވާފައެވެ. ރަޝިޔާއިން މި ހަމަލާދިނުމުގައި ޔޫކްރެއިނުގެ ސިއްރު […]