ްހަނގުރާމައިގާ ލިބެމުންދާ ބައެއް ގެއްލުންތައް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތް

މި މާރޗް މަހުގެ 10 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކަށް ހަވާލާދީ އަލް ޖަޒީރާއިން ބުނެފިއެވެ. ނަތަންޔާހޫ މަރާލާފައިވާކަމަށް މީޑިއާތަކުގައި ތުންތުންމަތިން ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް އޭނާ ދުނިޔޭގައިހުރިކަން ދެއްކުމަށްޓަކައި އެކިސިފަސިފައިގާ ނަތަންޔާހޫގެ ފޮޓޯތަކާއި އިންޓަރވިއުތައް އިސްރާއީލާ ގުޅުންހުރި މީޑިއާތަކުން ގެންދަނީ އަދިވެސް ހާމަކުރަމުންނެވެ. އިސްރާއީލުގައި ވަގުތީ ބޮޑު ވަޒީރެއް އައްޔަންކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް މިހާރު މީޑިއާގައި ދައުރު ވަމުން […]
މެދުއިރުމަތީގެ ހަނގުރާމައިގެ ބައެއް އުސްއަލިތަކާއެކު އެނަލިސްޓުންގެ އިންޒާރު

ހޮރްމުޒް ކަނޑުއޮޅިއަކީ ހަމައެކަނި ކަނޑުދަތުރުފަތުރަށް މުހިންމު ކަނޑުއޮޅިއެކޭ ބުނެފައި ހުއްޓައެއް ނުލެވޭނެއެވެ. އެއީ ދުނިޔޭގެ އިގްތިސާދު ދެމިއޮތުން އޭގެ މައްޗަށް ބުރަވެފާއޮތުން ލާޒިމްކުރުވާ ހަމައެކަނި ލޭނާރުކަމަށް ބުނެވިދާނެއެވެ. ކަނޑުދަތުރުފަތުރާ ގުޅުންނެތި އެއްވެސް ގައުމެއްގެ ރައްޔިތުންގެ އަތް އަނގަޔާ ހަމަޔަށް ނުފޯރާނެއެވެ. މިއީ ގަބޫލުކުރަން މަޖުބޫރު ހަގީގަތެއްކަމަށް މިއަދުގެ މީޑިއާތަކުން ކެނޑިނޭޅި ގޮވަމުން އެބަދާކަން ފާހަގަ ކުރެވެއެވެ.މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭހާއި އެހެނިހެން ބާވަތްތަކުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ސުޕަރ ޓޭންކަރު […]
އެމެރިކާއާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މައި މަރުކަޒު ފޯޅަވައްސަށް

މެދުއިރުމަތީގެ ޖިއޯޕޮލިޓިކްސް އާއި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާއި އީރާނުގެ ދިފާއު އަދި މެދުއިރުމަތީގެ ގައުމުތަކާ އެމެރިކާގެ ގުޅުން ދިރާސާ ކުރައްވާ ބޭފުޅުންގެ ތަސައްވުރުގެ މުހިންމުބައިތައް މިހިސާބުން ކިއުންތެރިންގެ މައުލޫމާތަށްޓަކައި ގެނެސްދޭނަމެވެ. ގައުމުތަކުގެ ބިމުގައި މިލިޓްރީ ބޭސްތައް ގާއިމް ކުރަން ހުއްދަދެނީ އެގައުމުތައް ދިފާއުކޮށްދޭނެ ކަމުގެ އުންމީދުގައެވެ. އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން އެހެންގައުމުތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭކަށްނޫނެވެ.އަރަބިގައުމުތަކުގައި އެމެރިކާގެ މިލިޓްރީ ބޭސްތައް ގާއިމު ކުރުމުގެ ހުއްދަ ދީފައިވަނީވެސް ބާރުގަދަ އެހެން ގައުމުތަކުގެ އުނދަގުލުން […]
އީރާނުގެ ސުޕްރީމް ލީޑަރުގެ މެންދަމު ޚިތާބުގެތެރެއިން މެދުއިރުމަތި

ބައިނަލް އަގްވާމީ މީޑިއާތަކުގައި މިއަދުގެ އެންމެ ރަތް ސުރުޚީއަކަށް ވެފައިވަނީ ރޭ މެންދަމު 11.45 ގައި އީރާނުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއި ގައުމާ މުޚާތަބް ކުރައްވައި 12 މިނިޓްވަންދެން ދެއްކެވި ވާހަކަފުޅެވެ. އެ މަނިކުފާނުގެ ޚިތާބު އަމާޒު ކުރެއްވީ މައިގަނޑު ގޮތެއްގައި އެމެރިކާއަށެވެ. ފުރަތަމަ 6 މިނިޓްގައި އެމަނިކުފާނު އަލިއަޅުއްވާލެއްވީ އީރާނާ ދެކޮޅަށް މާޒީގައި އެމެރިކާއިން ހިންގާފައިވާ ޖަރީމާތަކާއި ދީފައިވާ ގެއްލުންތަކުގެ މައްޗަށެވެ. ބައްޕާފުޅާއި އީރާނުގެ އިސް ސައެންސްވެރިން ޝަޙީދުކޮށްލުމާއި ދިގުދެމިގެންދާ އިގްތިސާދީ ފިއްތުންތަކާއި އަރަބިންގެ […]
ފީލް ބާގައިގެ މީހުން ބަލިކުރެއްވިގޮތް އަހަރެމެން ހަނދާނެއް ނުނެތެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ދެވޭ ގެއްލުންތައް ދެއްކުމަށްޓަކައި ވީޑިއޯ ގޭމާއި ހޮލީވުޑް ފިލްމްތަކުގެ މަންޒަރުތައް ވައިޓް ހައުސްގެ ރަސްމީ ސޯޝަލް އެކައުންޓްގައި ބޭނުންކުރަމުން ގެންދާތީ ސީއެންއެންގެ އެންކަރ ޖޭކް ޓެޕަރ ރުޅިއަތުވެއްޖެއެވެ. އޭގެ ތެރޭގައި މަޝްހޫރު ވީޑިއޯ ގޭމް ’ކޯލް އޮފް ޑިއުޓީއާއި‘ ’ގްރޭންޑް ތެފްޓު އޮޓޯ’ގެ މަންޒަރުތައް ހިމެނޭކަމަށްވެސް ޓެޕަރ ބުނެފައި ވެއެވެ. އަދި މަޝްހޫރު ފިލްމްތަކާއި ޓެލެވިޒަން ޝޯ ތަކުގެ މަންޒަރުތައްވެސް ’އަދުލު އިންސާފު އެމެރިކާއިން ދެކޭގޮތް‘ މި […]
ހައެއްކަ ދުވަހުން އީރާނު ފަތަހަކުރެވޭނެކަމުގެ ރޭވުން ހޫނުފެނަށް ވެއްޓުނު ބޮކުގެ ހާލަތަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ 3 ދުވަހު އީރާނުންދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ޑެމޯނާ ނިއުކްލިއަރ ވަސީލަތްތަކަށް ވާސިލުވެވިދާނެ މަގު ބަންދުކޮށްލާފައިވާ ކަމަށް ރަޝިޔާގެ އިންޓެލިޖެންސް މައުލޫމާތުގައި ހާމަކޮށްފިއެވެ. ޑެމޯނާއަށް އީރާނުން ދިން ރައްދު ހަމަލާގައި އިސްރާއީލުގެ އެންމެ ފުންނާބުއުސް 11 ސައިންޓިސްޓަކާއި އައި ޑީ އެފް ގެ 6 ޖެނެރަލުން އަދި 200 ވަރަކަށް އެއާރފޯސް އޮފިސަރުންނާއި ސިފައިންގެ 450 އަށްވުރެން ގިނަމީހުން ވަނީ މަރާލެވިފައެވެ. އޭގެ އިތުރުން މޮސާޑުގެ 30 […]
އީރާން އެއީ ކޮންބައެއް؟

އީރާނަކީ ވަރަށް ބޮޑު ގައުމެކެވެ. ތަޢުލީމާއި ހުނަރުވެރި ރައްޔިތެއް އެކުލެވޭ ގައުމެކެވެ. އެއީ ސަހަރާގެ ތެރޭގައި ކުނިއުކާލަން އޮތް ބޭކާރު ބިމެއް ނޫނެވެ. އެއީ އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ގައުމެއްވެސް ނުމެނޫނެވެ. އީރާނަކީ އިރާގެއް ނޫނެވެ. އަދި ލީބިޔާއެއްވެސް ނޫނެވެ. 90 ވަރަކަށް މިލިއަންމީހުން ދިރިއުޅޭ ގައުމެކެވެ. ޖަރުމަނާއި ތުރުކީއަށްވުރެން އެ ގައުމުގެ އާބާދީ ގިނައެވެ. ހަނގުރާމައިގެ ޒޯނެއްގައި ފްރެންޑްލީ ފަޔަރގައި ފައިޓަރޖެޓް ވެއްޓޭ ވާހަކައަކީ ޖޯކެކެވެ. ސާޅީސް އަހަރުވާންދެން އެމެރިކާއާއި ޔޫރަޕުން ކުރިމަތިކޮށްފައިވާ އިގްތިސާދީ […]
ހަނގުރާމައިގެ ޒޯނެއްގައި ފްރެންޑްލީ ފަޔަރގައި ފައިޓަރޖެޓް ވެއްޓޭ ވާހަކައަކީ ޖޯކެއް

އީރާނަކީ ވަރަށް ބޮޑު ގައުމެކެވެ. ތައުލީމާއި ހުނަރުވެރި ރައްޔިތެއް އެކުލެވޭ ގައުމެކެވެ. އެއީ ސަހަރާގެ ތެރޭގައި ކުނިއުކާލަން އޮތް ބޭކާރު ބިމެއް ނޫނެވެ. އެއީ އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ގައުމެއްވެސް ނުމެ ނޫނެވެ. އީރާނަކީ އިރާގެއް ނޫނެވެ. އަދި ލީބިޔާއެއްވެސް ނޫނެވެ. 90 ވަރަކަށް މިލިއަންމީހުން ދިރިއުޅޭ ގައުމެކެވެ. ޖަރުމަނާއި ތުރުކީއަށްވުރެން އެ ގައުމުގެ އާބާދީ ގިނައެވެ.ސާޅީސް އަހަރުވާންދެން އެމެރިކާއާއި ޔޫރަޕުން ކުރިމަތިކޮށްފައިވާ އިގްތިސާދީ ފިއްތުންތަކާ އެކުގައިވެސް މިއަހަރުގެ މިހާތަނަށް އީރާނުގެ ޕާރޗޭޒިންގ ޕަވަރ ނުވަތަ […]
އީރާނުން އޮތީ އެމެރިކާ ސިފައިން އެއްގަމު މަގުން އަރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ ހަނގުރާމަވެރިންވެސް ބޭނުންކޮށްގެން އެއްގަމު މަގުން ހަމަލާތައް ދޭން ފަށަން ތައްޔާރުވަމުންދާ ވާހަކަތަކެއްގެ އަޑު ގަދަވަމުންދާ މި ވަގުތުގައި އެކަމާ ބެހޭގޮތުން އީރާނުން ދެކޭގޮތް އޮޅުންފިލުވަން ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީއަށް އެން ބީ ސީ ގެ ޓޮމް ލަމަސް ދެންނެވުމުން އީރާނުން އޮތީ ތައްޔާރަށް ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ދެން ކުރާނެ މަޝްވަރާއެއް ނެތްކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ލަޝްކަރުތައް އެއްގަމުން […]
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާ އަދި އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އޮންނަނީ ފޮރުވާފައެވެ. އެކަމާބެހޭގޮތުން އާންމުންގެ ކުރިމައްޗަށް އަންނަނީ މިނިވަން އަމިއްލަ ފަރާތްތަކުން ގެނެސްދޭ މައުލޫމާތު އެކަންޏެވެ. އެހެންނަމަވެސް ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުން އެ ޚަބަރުތައްވެސް އޮޅުވާލަން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ދާދިފަހުން ސައޫދީއެރޭބިއާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި އެމިރެޓްސް ގެ ބައެއް އާންމު ސަރަހައްދުތަކަށް އީރާނުން ހަމަލާދިނުމުގެ ވާހަކަތަކެއްވެސް ފެންމަތި ވެގެން އައެއެވެ. ހަމައެއާއެކު މިހާރު […]