ނިއުކްލިއަރ އެއް ސައިޓްގެ ފުންމިން އެނގޭތީ އެތަނަށް އެމެރިކާގެ ބީ-2 އިން އިން ހަމަލާ ދީފައެއް ނުވޭ

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކުގައި އިސްރާއީލުން އީރާނަށްދިން ހަމަލާތައް ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުޚީން އަދިވެސް އެއްފަރާތް ކުރެވޭ ގޮތެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސެނޭޓަށް މައުލޫމާދެމުން އީރާނުގެ އެއް ނިއުކްލިއަރ ސައިޓްގެ ފުންމިން އެނގޭތީއާއި އެ ފުންމިނަށް ހަމަލާ ނުދެވޭނެތީވެ ބަންކަރ ބަސްޓަރުން އެ ސައިޓަށް ހަމަލާ ނުދޭ ކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް ޖެނެރަލް ހާމަކޮށްފިއެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗެއާރމަން ޖެނެރަލް ޑޭން ކެއިން ބުނެފައިވަނީ […]
އީރާނުގެ އެންމެ ބޮޑު ދުޝްމިނުން އީރާނުގެ ތެރޭގައި

ގައުމެއްގެ ހަލާކު އެ ގައުމެއްގެ ތެރެއިން އުފަން ވެއްޖެނަމަ އެއީ ބޮޑުވެގެންވާ މުސީބާތަކަށް ވެގެން ހިނގައިދާނެއެވެ. މި ޚަބަރައިގެން ކުރިއަށް ދިއުމުން އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި ކަންތައް ހިނގަމުންދާ ގޮތާ ދޭތެރޭ ވިސްނާލުމަށް ސަންދާނު ކިއުންތެރިންނަށް ހަނދާންކޮށްދޭން ބޭނުމެވެ. ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސީ ދިގު މުއްދަތުގެ ތެރޭގައި އަދި އޭގެ ކުރިން ދިވެހި ގައުމުގައި އޮތް ވެރިކަމުގެ ނިޒާމަށްވުރެން މާ މޮޅު ނިޒާމެއް ދޮންމީހުންގެ މަޝްވަރާގެ މަތިން ދިވެހިރާއްޖެއަށް […]
އިސްރާއީލުން އީރާނާ ދެކޮޅަށްކުރި ހަނގުރާމައިގެ މިލިޓްރީ އިލްމީ ދިރާސާއެއް

ޒަމާންތަކަކަށް އިސްރާއީލުން ދުނިޔެއަށް ދައްކަމުން ގެންގޮސްފައިވަނީ އެ ގައުމާ ނުކުޅެވޭނެ ކަމެވެ. އެ ގައުމުގެ ހައިބަތާއި ބާރުގަދަކަމެވެ. އެ ގައުމުގެ ރައްޔިތުންނަކީ އެހެން އިންސާނުންނަށްވުރެން މާތް ބައެއް ކަމެވެ. އިސްރާއީލު އާރާއި ބާރުގެ ފަހަތުގައި ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ އޮތީ ބޭނުންވި ކޮންމެ ކަމަކަށް އާއެކޭ ބުނާށެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އިސްރާއީލުގެ މި މެސެޖް ވަނީ ޢާންމުކޮށްފައެވެ. ގައުމުތަކުންވެސް ދިޔައީ އެއްވެސް ޝައްކަކާނުލައި އެ މެސެޖް ގަބޫލު ކުރަމުންނެވެ. ހަގީގަތަށް ކުރިމަތިލުމުގެ ހިތްވަރު އެއްވެސް ގައުމަކަށްނެތް ކަހަލައެވެ. […]
ހަނގުރާމައިގާ އިސްރާއީލަށް ލިބުނު ގެއްލުން މީޑިއާގެ ސިހުމަކަށް

އިސްރާއީލާއި އީރާނުންކުރި 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށްފަހު ފުރަތަމަ ފަހަރު އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އާންމު ރައްޔިތުންނާއި އަދި ސަރުކާރާއި މިލިޓްރީގެ އިސް ބޭފުޅުންނާއި ވީޑިއޯގެ ޒަރީޢާއިން ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ އީރާނުން އެމެރިކާގެ މޫނުމަތީގައި ހަނދާން ނައްތާނުލެވޭ ވަރުގެ ތަފާލެއްޖަހާލެވިއްޖެ ކަމަށާއި އަދި މީގެ ފަހުން އީރާނާ ދިމާނުކުރަން އިންޒާރު ދެއްވިއެވެ. އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު މޫނުފުޅުމަތިން ވަރުބަލިވެފައި […]
އިސްރާއީލުން އިރާނަށް ދޭންފެށި ހަމަލާތައް ނިންމުމަށްފަހު ފެންނަ މަންޒަރުން ތަންކޮޅެއް

އީރާން އާއި އިސްރާއީލުގެ ހަނގުރާމައިގެ ފަސްމަންޒަރުތަކަށް ބަލާލާއިރު ކުރިން އެނގިފައި ނުވާ ގިނަ ހަގީގަތްތަކެއް ފެންމަތިވަމުން އެބަ ދެއެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ އެމެރިކާގެ ރިޕޯރޓަރުން އިސްރާއީލުން މީޑިއާތަކަށް ކޮށްފައިވާ ރިޕޯރޓްތަކެވެ. އެ ރިޕޯރޓްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އިސްރާއީލުން ސިއްރު ކޮށްގެން ތިބި ގެއްލުންތައް އެއީ މީގެ ކުރިން އެއްވެސް ތަނަކުން ފެނިފައިނުވާފަދަ ވީރާނާ ކުރުންތަކެކެވެ. ބައެއް ރިޕޯރޓަރުން ބުނެފައިވަނީ ސައިންސްގެ ފިކްޝަން ދައްކުވައިދޭ ފިލްމުތަކުން ވެސް އެފަދަ މަންޒަރުތަކެއް ދެކިފައި ނުވާކަމަށެވެ. […]
އީރާނުގެ ހަމަލާއަށްފަހު ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓްރީބޭސް

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާގެ ބަދަލުގައި މެދު އިރުމައްޗާއި އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ އަދި އެހެނިހެން ވަސީލަތްތަކުން ކުރިމަތިލާން ޖެހޭނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އަލީ އަކްބަރ ވިލާޔަތީ މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ. އީރާނުން ދިން ރައްދު ހަމަލާ އެންމެ ފުރަތަމަ އަމާޒުކުރީ ގަތަރުގައި ހުރި އެމެރިކާގެ އަލް އުދައިދު އެއާރބޭސް އަށެވެ. އަލްއުދައިދު އެއާރބޭސްއަކީ […]
އީރާނުން މަޝްވަރާއަށް ތައްޔާރު, އެކަމަކު ނިއުކްލިއަރ ހަކަތައިގެ ވާހަކަ ނުދެއްކޭނެ

އީރާނުގެ ތާރީޚް އެނގޭނަމަ އެއްވެސް ޒަމާނެއްގައި އީރާނުން ބަހުގެ އިންޒާރަށް ބޯލަނބާފައި ނުވާނެކަން އެނގެން ޖެހޭނެއެވެ. މިއަދު އަދި މާދަމާވެސް އީރާނުން އިންޒާރަށް ބޯ ނުލަނބާނެ އެވެ. އީރާން ދެމި އޮންނާނީ ޝަރަފްވެރި މިނިވަން ގައުމެއްގެ ގޮތުގައެވެ. ޣުލާމީ އަކީ އީރާން ދަންނަ ބަހެއް ނޫނެވެ. އާޔަތު ﷲ އަލީ ޚަމަނާއި ވިދާޅުވެފައި ވެއެވެ. އިސްރާއީލާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޓްރަމްޕް އިއުލާންކުރެއްވިފަހުންވެސް އީރާނުން އިސްރާއީލަށް ހަމަލާދީފައިވާ ކަމަށާއި އަދި އިސްރާއީލުންވެސް އީރާނަށް […]
ހަނގުރާމަ ހުއްޓާލަން އީރާނުން އެއްބަސްވެއްޖެކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެމެރިކާ ޚާރިޖިއްޔާގެ ކުރީގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އެ ވިދާޅުވިއެއްޗެއްގެ އެއްވެސް ހެއްކެއް ދެއްކިފާ ނެތްކަމަށެވެ. ރައީސް ބައިޑްންގެ ރިޔާސަތުގައި އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކަށް ހުންނެވި ނެޑް ޕްރައިސް ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބަންދުކުރެވެން އޮތް ހަމައެކަނި މަގު ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ވަނީ ބޮޑެތި ބާރުތަކުން އީރާނާއެކު ވެފައިވާ […]
އީރާން އިސްރާޢީލުގެ ހަނގުރާމައަށް ބަލާލުމެއް

މިހާރު ހިނގަމުންދާ މެދުއިރުމަތީގެ ހަނގުރާމަ ދިރާސާކޮށް ގެނެސްދޭ މި ލިިޔުމަކީ އެއްވެސް ޙާލެއްގައި ސުންނީ އަދި ޝިޔަޢީ ނުވަތަ އެހެންވެސް މަޒުހަބެއްގެ ކޯޅުމެއްކަމަށް ބެލެވެންނެތް ކޯޅުމެއްގެ ގޮތުގައި ބެލުން އެދެމެވެ. އެހެނީ މުޅިދުނިޔޭގެ ބޮޑު މެޖޯރިޓީ ދެކޭގޮތްކަމަށް ވުމުންނެވެ. އަދި ގިނަ މުސްލިމުން ދެކޭގޮތުގައި މިއީ މިއީ މުހައްމަދުގެފާނުގެ އުންމަތަށް ދެވޭ ޙަމަލާއެކެވެ. ކުރިން ބުނެވިދިޔަ ދެ ގްރޫޕްގެ ޢަގީދާގެ މައްސަލައެއްގައި ވަކިފަރާތަކަށް ޖެހިލެވިގެން ހުރެވެން ނެތް ގަތުލުއާންމެއް ކަމަށް ވުމުންވެސް މެއެވެ. ފަލަސްތީނު ފޭރިގަނެގެން ތިބި […]
ހެމަރހެޑްގެ ނަން ދީފައިވާ ވިހަގަދަފަންޏެއް އެމެރިކާގެ ބިމުން ނިކުމެއްޖެ

ހެމަރހެޑްގެ ނަން ދީފައިވާ ވިހަގަދަ ނުރައްކާތެރި ހަރުފައެއްކަހަލަ ބިޔަ ފަންޏެއް އެމެރިކާގެ ބިމުން އަނެއްކާވެސް ފާޅުވެއްޖެއެވެ. ބުނެވޭގޮތުގައި މި ފަނި މިފަހަރު ފާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށް ވާރޭވެހުމުގެ ސަބަބުން ޓެކްސަސް އިންނެވެ. ޓެކްސަސްގައި ހުންނަ ނުރައްކާތެރި ސޫފާސޫފީގެ މައުލޫމާތު ދިރާސާކުރާ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އެޝްލީ މޯރގަން އޮލްވީރާ ޔޫ އެސް އޭ ޓްޑޭ އަށް ކިޔާދީފައިވާ ގޮތުގައި ދުވާލުގެ އަލިކަމުގެތެރޭގައި އެސޮރު ނިކުމެއެއް ނޫޅެއެވެ. އަދި އެސޮރު އުޅޭނީ އާންމުންގެ ލޯތަކަށް ފިލައިގެންނެވެ. މި ވިހަގަދަ ފަނީގެ […]