އީރާނުން އޮތީ އެމެރިކާ ސިފައިން އެއްގަމު މަގުން އަރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ ހަނގުރާމަވެރިންވެސް ބޭނުންކޮށްގެން އެއްގަމު މަގުން ހަމަލާތައް ދޭން ފަށަން ތައްޔާރުވަމުންދާ ވާހަކަތަކެއްގެ އަޑު ގަދަވަމުންދާ މި ވަގުތުގައި އެކަމާ ބެހޭގޮތުން އީރާނުން ދެކޭގޮތް އޮޅުންފިލުވަން ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީއަށް އެން ބީ ސީ ގެ ޓޮމް ލަމަސް ދެންނެވުމުން އީރާނުން އޮތީ ތައްޔާރަށް ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ދެން ކުރާނެ މަޝްވަރާއެއް ނެތްކަމަށް ވިދާޅުވިއެވެ. އެމެރިކާގެ ލަޝްކަރުތައް އެއްގަމުން […]
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އެމެރިކާ އަދި އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ވާހަކަ އޮންނަނީ ފޮރުވާފައެވެ. އެކަމާބެހޭގޮތުން އާންމުންގެ ކުރިމައްޗަށް އަންނަނީ މިނިވަން އަމިއްލަ ފަރާތްތަކުން ގެނެސްދޭ މައުލޫމާތު އެކަންޏެވެ. އެހެންނަމަވެސް ބައިނަލް އަގްވާމީ ބޮޑެތި މީޑިއާތަކުން އެ ޚަބަރުތައްވެސް އޮޅުވާލަން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ދާދިފަހުން ސައޫދީއެރޭބިއާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި އެމިރެޓްސް ގެ ބައެއް އާންމު ސަރަހައްދުތަކަށް އީރާނުން ހަމަލާދިނުމުގެ ވާހަކަތަކެއްވެސް ފެންމަތި ވެގެން އައެއެވެ. ހަމައެއާއެކު މިހާރު […]
އިސްލާމީ ތާރީޚްގެ އެންމެ ހިތާމަވެރި ސަަފުޙާގެ ތެރެއިން: 2

މާާތް ﷲ އެންމެހާ ކަންތައް އެންމެމޮޅަށް ދެކެދެނެ ވޮޑިގެންވާ ހާލުގައިމެ މާތް ނަބިއްޔާގެ އަރިހަށް ހުކުރުދުވަހު ޖިބްރީލްގެފާނު ފޮނުއްވިއެވެ. ކަލޭގެފާނުގެ ހާލުކޮޅު އޮޅުންފިލުވުމަށް މާތް ﷲ ތިމަންކަލޭގެފާނު ފޮނުއްވެވީ ކަމަށް ވިދާޅުވިއެވެ. ގަދަހުމާއި ބޮލު ރިހުމުގެ ސަބަބުން ވަރަށް އުދަނގޫ ކަމަށް މާތްނަބިއްޔާ ޖިބްރީލްގެފާނަށް ދެންނެވިއެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ އެ މެސެޖާއިގެން ޖިބްރީލްގެފާނު ވަޑައިގަތުމުން ހަމަ އެ ޖަވާބު ދެއްވިއެވެ. އާއީއްތަ ދުވަހުވެސް ހަމަ އެ މެސެޖާއެކު ޖިބްރީލްގެފާނު ވަޑައި ގަތުމުން މާތް ނަބިއްޔާ […]
ހަނގުރާފެށީ ނިއުުކްލިއަރ މަޝްވަރާތަކަށް އެއްބަސްވުމެއް ލިބިއްޖަކަމަށް ބުނެފާވަނިކޮށް

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ވަރުގަދަ މިލިޓްރީ ހަމަލާތަކެއް ދެމުން ގެންދަނީއެވެ. ބަހަނާ އަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާ ނުހުށްޓުވިގެން ކަމަށް ބަހަނާ ދައްކާފައި ވެއެވެ. ނަމަވެސް މިހާރު ބުނަނީ ރިޖީމް ޗޭންޖްކުރަން ޖެހިގެން ކަމަށެވެ. އެއީ އީރާނުގެ ރައްޔަތުންނަށް ޑިމޮކްރެޓިކް މިނިވަން ސަރުކާރެއް ގައިމުކޮށް ދިނުމަށްޓަކާ ކަމުގައެވެ. އެންމެ ފުރަތަމަ ހަމަލާތައް އަމާޒުކޮށްފައިވަނީ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ގަނޑުވަރު ހުރި ހިސާބަށެވެ. އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް ފަށާގަތްއިރު ސުޕްރީމް ލީޑަރ […]
ދެބަސްވުންތަކަށް ސިޔާސީ ހައްލެއް ހޯދަންކުރާ މަޝްވަރާގައި މިލިޓްރީންނަށް ޖާގަ ނުދެވޭނެ

އެމެރިކާއާއި އީރާނުގެ ދެބަސްވުންތަކަށް ސިޔާސީ ގޮތުން ހައްލެއް ހޯދަން އޮމާނުގެ ވެރިރަށް މަސްކަތުގައި އެމެރިކާއާއި އީރާނުގެ ވަފުދުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ރައީސް ޓްރަމްޕްގެ ޚާއްސަ އެންވޯއި ސްޓީވް ވިކްޓޯފް އަދި ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނަރ ގެއިތުރުން އެމެރިކާގެ މިލިޓްރީގެ އެޑްމިރަލް ބްރެޑް ކޫޕަރ ބައިވެރިވެ ވަޑައިގަތުމުން އެ މަޝްވަރާތައް ބޭއްވުނު ކޮޓަރިކޮޅުން ނިކުމެ ވަޑައިގަންނަވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ވިދާޅުވީ މިއީ މިލިޓްރީ ސްޓްރެޓެޖީއެއް ރާވަން ބޭއްވޭ މަޝްވަރާތަކެއް ނޫންކަމަށާއި ސުލްހަވެރި […]
އިސްލާމީ ތާރީހުގެ އެންމެ ހިތާމަވެރި ސަފްހާގެތެރެއިން

ކިއުންޔެރިންނަށް މި ބަރަކާތްތެރި ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުގައި މި ގެނެސްދެނީ ސުރުޚީއާ ގުޅޭގޮތުން ޕާކިސްތާނުގެ އިލްމުވެރި މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކެވެ. އެ ބޭފުޅާގެ ޢިލްމުވެރި ބަސްމޮށުންތެރި ކަމާއި މައުޟޫއަށް އިންސާފު ކުރައްވާފައިވާ ފުރިހަމަކަން އަޅުގަނޑުމެންގެ ލިއުމުގައި ނުހުންނާނެކަން ގަބޫލުކުރަމެވެ. އެހެންނަމަވެސް މައުޟޫގެ އިމުގެތެރޭގައި މި ލިއުން އެކުލަވާލަން ގަދައަޅާ މަސައްކަތް ކުރެވިފައިވާނެއެވެ.https://sandhaanu.today/65827/ ދުޢާއަކީ މި ލިއުމުގެ ވަސީލަތުންވެސް ކިއުންތެރިންނަށް ހެޔޮމަގު އިޚްތިޔާރު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިއުމެވެ.ލިއުމުގައި މައުޟޫއަށް އެކަށީގެންނުވާ ބަހެއް […]
އިނގިލި މިއޮތީ ބަޑީގެ ފާލުގައި އަޅުވާފައެވެ 2

https://sandhaanu.today/65418/ އާއި ގުޅޭ …. މެދު އިރުމަތީގެ ގައުމުތަކުން މިހާރު ގަބޫލުކުރެވިއްޖެ ގޮތުގައި އެ ގައުމުތަކަށް ބިރު އޮތީ އިސްރާއީލުގެ ފަރާތުންނެވެ. އަދި އިސްރާއީލުގެ ފިއްތުންތަކާހުރެ އެމެރިކާއިންނެވެ. މިދިޔަ ހަފުތާގައި އެމެރިކާގެ ރައީސް އީރާނަށް ޙަމަލާދީ އެ ގައުމު ވީރާނާކޮށްލަން ރާވައި އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތައް ގަލްފް ސަރަހައްދަށް ޖަމާކުރަން ފެށުމުން ގަލްފްގެ ގައުމުތަކުން ޙަރަކާތްތެރިވި ގޮތުން އެކަން ކަށަވަރުކުރެވިގެން ހިނގައްޖެއެވެ. އެމެރިކާގެ ރޭވުންތަކާ ދެކޮޅަށް ޖީ ސީ ސީ ތެދުވީ އެމެރިކާއިން ހީވެސް ނުކުރާ […]
އިނގިލި މިއޮތީ ބަޑީގެ ފާލުގައި އަޅުވާފައެވެ.

ސުރުޚީއަކީ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާ ކަނޑުގެ ބާރުތައް އީރާނާ ކައިރިވުމަށް ރައީސް ޓްރަމްޕް ކުރެއްވި އަމުރަށް އީރާނުގެ ޚާރިޖީ ވަޒީރު ދެއްވި ޖަވާބެވެ. އެމެރިކާއިން އީރާނަށްދޭން އުޅުނު ހަމަލާތައް ހުއްޓާލާފައި ރައީސް ޓްރަމްޕް ފަހަތުފަޔަށް ބުރަވެ އައިކޮޅަށް މިސްރާބު ޖެހީ ކީއްވެގެންތޯ އުފެދިފައިވާ ސުވާލަށް އެކިފަރާތްތަކުން ދެމުންގެންދަނީ ތަފާތު ޖަވާބުތަކެކެވެ. މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔަށް ބިނާކޮށް އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަލްފް ސަރަހައްދަށް ދަތުރުކުރަމުންދިޔަ އެމެރިކާގެ ބާރުގަދަ އެއާރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން […]
ދުނިިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި ބްރިކްސްގެ ފުރަތަމަ ފިޔަވަޅު

ދުނިޔޭގައި ކުރެވޭ މާލީ މުއާމަލާތުތަކުގައި އެމެރިކާ ޑޮލަރުގެ ބޭނުން އެއްފަރާތްކުރަން ބްރިކްސްގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ މަސައްކަތަކީ މި ވަގުތަށް ތަންކޮޅެއް ދުރު ހުވަފެނެކޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ސްވިފްޓްގެ ބަދަލުގައި އެ ޖަމާއަތުން ތަޢާރުފް ކުރަން ގަސްދުކުރާ ޑިޖިޓަލް ފައިސާގެ ނިޒާމް އޮތީ އަތުޖެހޭ ހިސާބު ކައިރީގައެވެ. މިއަހަރު ފަހުކޮޅު ބްރިކްސް ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުން އިންޑިއާގައި ބޭއްވުމުގެ އިންތިޒާމްތައް ކުރެވެމުންދާއިރު އެޖެންޑާގައި އެންމެ އިސް ކަމެއްގެ ގޮތުގައި ފޯކަސް ކުރެވޭނެކަމަށް ބެލެވެނީ އެ […]
އިނގިރޭސިވިލާތުން ބިމަށް ތުން ހަރާލައިގެން ނުތިބޭނެ: ބޮޑުވަޒީރު ސްޓަމަރ

ދުނިޔޭގައި ދެވަނައަށް އެންމެ ބިޔަ އިގްތިސާދުގައި އިނގިރޭސި ވިލާތުގެ ކުންފުނިތަކަށް ލިބިދާނެ ފުރުސަތުތައް ދެނެގަތުމަށްޓަކައި ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި މިދިޔަ ހުކުރުދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަމަރ، ޗައިނާގެ ވިޔަފާރި މަރުކަޒް ޝެންގހާއި އަށް ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޗައިނާއަށް މި ވަޑައިގަތީ ލަންޑަނާއި ބެއިޖިންގ ވެވޭ ކޮންމެ އެއްބަސްވުމަކަށް އެމެރިކާއިން ދެކޮޅު ހައްދަވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކު ފާއިތުވެގެންމިދާ 8 އަހަރު ދުވަހުގެތެރޭގައި ޗައިނާއަށް ކުރެއްވި […]