ތުރުކީއާއި އީރާނުގެ ދެކޮޅުވެރިކަމުގެ އާ ފެށުމަކަށް އިރާގު ވެދާނެބާ!

މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންގެ ވިސްނުމާއި ފިކުރަށް އަންނަމުންދާ ބަދަލުގައި މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާއިރު ތުރުކީއާއި އީރާނުގެ ދެކޮޅުވެރިކަމުގެ އާފެށުމަކީ އިރާގު ކަމުގައި ވެދާނެ ބާވައެވެ! ފާއިތުވެގެން ދިޔަ އަހަރެއްހާ ދުވަހު ހަމާސް އާއި ހިޒްބު އާ ދެކޮޅަށް މިލިޓްރީ ގޮތުން އިސްރާއީލުން ހޯދި ކާމިޔާބާއި ސީރިޔާގައި ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމުން މެދުއިރުމަތީގައި އީރާނުގެ މުހިންމުކަން ކުޑަވެއްޖެކަމަށް ބެލެވެއެވެ. އީރާނުގެ މިހާލަތު ރަނގަޅުކުރަން ޖެހިފައިވާއިރު ތުރުކީން މިހާރު ވަނީ ސީރިޔާގެ އާ ސަރުކާރާއެކު ވަރުގަދަ ގުޅުމެއް […]
ޔުކްރެއިން ހަނގުރާމައިގާ ރަޝިޔާ ކުށްވެރިކުރަން އެމެރިކާ ދެކޮޅު ހަދައިފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތުގައި ޓްރާންސް އެޓްލާންޓިކް ޔޫރަޕްގެ ގައުމުތަކާއެކު އޮންނަ ގުޅުމުގައި ރެނދުއަޅާފައިވާ މިންވަރު ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތް ކަމަށް ބުނެ ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސްމްބްލީއަށް ހުށައަޅާފައިވާ މައްސަލާގައި އިއްޔެ އެ ޖަމާއަތުން ނެގި ވޯޓުން ހާމަވެގެން ހިނގައްޖެއެވެ. ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވުމަށް ހުށައަޅާފައިވާ 3 ގަރާރުގައިވެސް ރަޝިޔާ ބަދުނާމު ކުރަން އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުން ކުށްވެރިކޮށް ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމަ […]
ޝައްދާދު ބިން ޢާދުގެ ސުވަރުގެ

އަޅުގަނޑު މިލިއުން ގެނެސްދިނުމުގެ ބޭނުމަކީ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސުންޕާ ބަލިމަޑުކަން އަޅުގަނޑުމެންގެ ތެރޭގައިވެސް އާންމު ވަމުންދާތީވެ އަޅުގަނޑުވެސް ހިމެނޭ ގޮތުގައި އަޅުގަނޑުމެންގެ ނަފުސްތައް އިސްލާޙްކުރަން ހަނދާންކޮށްދިނުމުގެ ބޭނުމުގައެވެ. ކުރިއަށްއޮތް ރަމަޟާންމަހުގެ ދަރުމައާއި ސަވާބު އެންމެ ހެޔޮ ގޮތުގައި ލިބިގަންނަ ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން! ތާރީޚު އިލްމުން އެނގިފައިވާ ގޮތުގައި އާދު ބާގަޔަށް ނިސްބަތް ކުރެވޭ ޝައްދާދަކީ މިހާރު ވުޖޫދުގައި ފެންނަންނެތް އިރަމް އޮފް ޕިލާރސްގެ ވަރަށް ޖައްބާރު ރަސްކަލެކެވެ. އިރަމް އޮފް ޕިލާރސް އަކީ […]
ތެޔޮ ޓޭންކަރުތަކަކަށް ގޮތް ނޭނގޭ ހަމަލާތަކެއް

ރަޝިޔާ ކަނޑުގެ ސަރަހައްދަށް ދަތުރުކުރި 4 ތެޔޮ ޓޭންކަރެއް މި އަހަރު ތެރޭގައި ގޮވައިފިއެވެ. ނުވަތަ ގޮއްވާލައިފި ކަމަށް ބުލޫމްބާރގް އިން ޚަބަރު ދީފިއެވެ. މި ތެޔޮ ޓޭންކަރުތައް ގޮއްވާލުމުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އޭގެ ތެރެއިން 3 ތެޔޮ ޓޭންކަރ ގޮއްވާލާފައިވަނީ މެޑިޓެރޭނިއަން ކަނޑުތެރޭގައެވެ. އަނެއް ޓޭންކަރ ބޯލްޓިކް ކަނޑުތެރޭގައެވެ. ބޯޓު ފަހަރުގެ މައުލޫމާތު އެއްކޮށް ބަލަހައްޓަމުން ގެންދާ ފަރާތްތަކުން ބުނެފައިވަނީ އެ ކާރިސާތަކުގެ ޒިންމާ ޔޫކްރެއިން ބޮލުގައި އަޅުވަން އަދި […]
ވެރިކަންކުރަން ގައުމު ބޭނުންނަމަ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ އަވަހަށް ހުއްޓާލާށެވެ.

ވަގުތު ނަގާނުލައި ވީހާއަވަހަށް ރަޝިޔާއާއިއެކު އެއްބަސްވުމަކަށް އައިސް ހަނގުރާމަ ހުއްޓުމަށާއި އެހެންނޫނީ ވެރިކަން ކުރާނެ ގައުމެއް ލިބިފައި ނޯންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް އިންޒާރު ދެއްވައިފިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރަޝިޔާއާއި ދެކޮޅަށް ޔޫރަޕުން ކުރިމަތިލާން ޖެހިވެފައިވާ އެންމެ ބޮޑު ދެކޮޅުވެރިކަން ހުއްޓުވަން ކުރެވެމުންދާ މަސައްކަތުގައި ރައީސް ޓްރަމްޕްގެ ސިޔާސަތަށް އައިސްފައިވާ ބަދަލާއެކު އެމަނިކުފާނުގެ ބަސްމަގު މިވަނީ ރައީސް ޒެލެންސްކީ އާއިއެކު އަދި ޖުމުލަ ގޮތެއްގައި މުޅި ޔޫރަޕާއެކުވެސް “ ދެކޮޅަށް […]
ނިއުކްލިއަރ ކާރިސާއެއްގައި އެމެރިކާގެ އާބާދީގެ %75 އަޅިއަށް ވެގެން ހިނގައިދާނެ

އެމެރިކާގެ އާބާދީ މިހާރު ފެތުރިފައި އޮތް ގޮތުން ކުއްލިއަކަށް މެދުވެރިވާ ނިއުކްލިއަރ ކާރިސާއެއްގައި އެ ގައުމުގެ އާބާދީގެ %75 މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަނދާއަޅިއަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާކަމަށް ތަޖްރިބާކާރުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯރޓްކޮށްފިއެވެ. ޓެކްސަސް އޭ އެންޑް އެމް ޔުނިވަރސިޓީގެ އެސޯޝިއޭޓެޑް ޕްރޮފެސަރ އޮފް އިންޓަރނޭޝަނަލް އެފެއާރސް ޑޮކްޓަރ ޖޯން ޝަސްލަރ ޑެއިލީ މެއިލްއަށް ހިއްސާކޮށްފައިވާ ރައުޔަކީވެސް މިއީ ކަމަށް ބުނެފައިވެއެވެ.އެމެރިކާގެ ފެޑެރަލް އިމަރޖެންސީ މެނޭޖްމެންޓް އޭޖެންސީ ( […]
ދުނިޔޭގެ ތާރީޚުގައި މަޝްހޫރު ބައެއް ޝަޚްސިއްޔަތު

ތާރީޚީ ހާދިސާތަކަކީ ތަފާތު ރިވާޔަތުތަކެއްގެ މައްޗަށް ބުރަވެ ލިޔެވިފައިވާ އެހެނަސް ހަގީގަތާ ގާތްކުރާ ވާހަކަތަކެއް ނުވަތަ ލިއުންތަކެއް ކަން ގަބޫލު ކުރަން ޖެހެއެވެ. ހާދިސާތައް ގެނެސް ދިނުމުގައި ލިއުންތެރިޔާއަށް ލިބިފައިވާ މައުލޫމާތާއި ރަހަ މީރުކޮށްލުމަށްޓަކައި ބޭނުންކޮށްފައިވާ އިބާރާތްތަކެއްވެސް ހުންނާނެއެވެ. ސަންދާނުގެ ކިއުންތެރިން ވިސްނާ ފިކުރު ކުރުމަށްޓަކައި އަޅުގަނޑު މި ގެނެސްދެނީ ދުނިޔެ ދެކިފައިވާ ބައެއް މަޝްހޫރު ޝަޚްސިއްޔަތު ތަކުގެ ކުރުކުރު ޚުލާސާއެކެވެ. ބައެއް ކިއުންތެރިންނަށް މި މައުލޫމާތު ކުރިން އެނގިވަޑައިގެންފައި އޮތުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންނަމަވެސް […]
ޤައުމަކީ އަދި ޤާނޫނަކީވެސް އަހަރެންނެވެ.

ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބާރުގަދަ އެގްޒެކެޓިވް އޯޑަރތަކުން އިލޯން މަސްކްގެ ބެލުމުގެ ދަށަށް ދޫކޮށްލާފައިވާ ފެޑެރަލް އޭޖެންސީ ތަކާ ބެހޭ މައްސަލަތައް އެމެރިކާގެ ކޯޓުތަކަށް ހުށައެޅެމުންދާތީ ރިޔާސަތުން ލިބެމުންދާ އިންޒާރު ތަކުގެ ސަބަބުން ކޯޓުތަކުގެ އަމުރުތަކަށް އެމެރިކާގައި ގާނޫނީ ކޯޅުންގަނޑަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބެލެވެން ފަށައިފިއެވެ. ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯސަލް ޕްލެޓްފޯމާއި އަދި އެކްސް ގައި ލިއުއްވާފައިވެއވެ. “ ގައުމު ސަލާމަތްކުރަން މަސައްކަތްކުރާމީހަކު ގާނޫނުތަކާ ޚިލާފެއް ނުވާނެއެވެ. “ އަދި ވައިޓްހައުސްގެ ރަސްމީ […]
ޔޫ އެސް އެއާރކްރާފްޓް ކެރިއަރ މެޑިޓެރޭނިއަން ކަނޑުގައި އެކްސިޑެންޓް ވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު މެޑިޓެރޭނިއަން ކަނޑުގައި ބަސިކްޓާސް އެމް ކިޔާ ކާރގޯ ބޯޓަކާއި އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ހެންރީ ޓްރޫމަން އެކްސިޑެންޓް ވެއްޖެކަމަށް އެމެރިކާގެ ކަނޑު ސިފައިންނަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފިއެވެ. މި ހާދިސާއާއި ބެހޭގޮތުން ޔޫ އެސް 6 ވަނަ ފްލީޓްގެ ކޮމާންޑަރ ތަރުޖަމާނު ޓިމޯތީ ގޯރމަން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ވަގުތު އެއާރކްރާފްޓް ކެރިއަރ ދަތުރުކުރަމުން ދިޔައީ މިސްރުގެ ޕޯރޓް ސަޢީދު ކައިރިން ކަމަށާއި […]
އެމެރިކާގެ ސެކިއުރިޓީ އިސްކަން އެހެންދިމާލަކަށް ދިއުމުން ނޭޓޯއަށް މަގު އޮޅިއްޖެ

ނޭޓޯގެ އެންމެ ބާރުގަދަ މެމްބަރ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މި ހަފުތާގައި ދެއްކެވި ވާހަކަފުޅަކުން ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކކަމާ ދޭތެރޭ މިހާތަނަށް އެމެރިކާއިން ދީފައިއޮތް ޔަގީންކަން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ހިނގައްޖެ ކަމަށް ބްރަސެލްސް އިން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. ޔޫކްރެއިނަށް ތާއީދުކުރާ ހުޅަނގުގެ ގައުމުތަކުގެ ފަންސާހަކަށް މަންދޫބުންނާ މުޚާތަބު ކުރައްވައި އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައި ވަނީ ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކަމަށް އެންމެ ފުރަތަމަ އިސްކަންދިނުން އެމެރިކާގެ ސިޔާސަތުގައި މިހާރު […]