ލީބިޔާގެ ބޮޑުވަޒީރު އެ ގައުމުގެ ޚާރިޖީ ވަޒީރު ސަސްޕެންޑުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލައިފި

ލީީބިޔާގެ ސަރުކާރާ ހަވާލުވެ ވަޑައިގެން ހުންނެވި، އަބްދުލް ޙާމިދް ދީބޭބާ އެގައުމުގެ ޚާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލާފައިވާކަމަށް ހޯމަދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ހާމަކުރައްވައިފިއެވެ. ލީބިޔާގެ ޚާރިޖީ ވަޒީރާ އަލަށް ބައްދަލުކޮށްފައިވާކަމަށާއި، އެ ބައްދަލުވުމަކީ ”ތާރީޚީ“ ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އީލައި ކޯހެން އެކަން ހާމަކުރީ އާދީއްދަ ދުވަހުގައެވެ. އިސްރާއީލުގެ ވަޒީރު ބުނެފައިވާގޮތުގައި، ލީބިޔާގެ ޚާރިޖީ ވަޒީރާ އެކުގައި ބޭއްވުނު ބައްދަލުވުމަކީ ”އިސްރާއީލާއި […]
އިބްރާނީ ބަހުން ލިޔެފައިވާ އިންޒާރަކާއެކު، އިސްރާއީލަށް ދަތުރުކުރެވޭ ހަތިޔާރު އެޅި ޑްރޯނެއް އިރާނުން ތައާރަފުކޮށްފި

އިބްރާނީ ބަހުން ހިޔާވެހިކަން ހޯދުމަށް އިންޒާރުދީ ލިޔެފައިވާ މެސެޖަކާއެކު އިސްރާއީލަށް ދަތުރުކުރެވޭ ހަތިޔާރު އެޅި ޑްރޯނެއް އީރާނުން ތައްޔާރުކޮށް ތައާރަފުކޮށްފިއެވެ. އީރާނުން ތައްޔާރުކުރި މިޑްރޯންއަކީ 24،000 ފޫޓު މަތިން، ގަޑިއަކު 210 ކިލޯމީޓަރުގެ ބާރުމިނުގައި ނުވަތަ ގަޑިއަކު 130 މޭލުގެ ބާރު މިނުގައި ދަތުރުކުރެވޭ، 300 ކިލޯ ނުވަތަ 660 ޕައުންޑުގެ ބާރުގަދަ ގޮވާތަކެތިވެސް އުފުލޭނެ އުޅަނދެކެވެ. އޭގެ އިތުރުން، މި ޑްރޯނުގައި ސާވެއިލެންސްކުރުމަށް ބޭނުންކުރާ ސާމާނުވެސް ހުންނާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ. ”މުޙާޖިރް-10“ ނަމަކަށް ކިޔާ މި ޑްރޯންގެ […]
ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ހިމާޗަލް ޕްރަދޭޝްގެ އިމާރާތްތަކެއް ސުންނާފަތިވެއްޖެ

އިންޑިއާގެ އުތުރގެ ފަރުބަދަތަކަކުން ބިންގަނޑު ކަނޑައިގެންގޮސް އެސަރަހައްދުގެ އެތައް އިމާރާތެއް ސުންނާފަތިވެއްޖެއެވެ. ހިމާލަޔާސްގައި ހިނގަމުންދާ މި ކާރިސާތަކުގައި އެތައް ބަޔަކުވަނީ މަރުވެސް ވެފައެވެ. ހިމާޗަލް ޕްރަދޭޝްގެ ކުއްލޫ ސަރަހައްދުގައި ބުރާސްފަތި ދުވަހު ހިނގައިދިޔަ ބިންގަނޑު ކެނޑުމުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެހެން ރައްކާތެރި ސަރަހައްދުތަކަށް މާކުރީން ބަދަލުކުރެވިފައިވާކަމަށް އެތަނުގައި ހަރަކާތްތެރިވާ އޮފިޝަލުންވަނީ ރިޕޯޓުކޮށްފައެވެ. ”އެ ހިސާބަކީ ނުރައްކާ އޮތް ސަރަހައްދެއްކަން ދެނެގަނެ، ހާދިސާ ހިނގުމުގެ ދެދުވަސްކުރިން ސަރުކާރުން އެ އިމާރާތުގައި […]
ސައުދީ ބޯޑަރު ބަލަހައްޓާ ސިފައިންވަނީ އެތައް ސަތޭކަ އިތިއޯޕިއާ ހިޖުރަވެރިން މަރާލާފައި: ހިއުމަން ރައިޓްސް ވޮޗް

ޔަމަނު މަގުން ގަލްފުގެ ސައުދީ އަރަބިއާއަށް އެތެރެވުމަށްޓަކައި މިދިޔަ އަހަރު އެގައުމުގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރި އިތިއޯޕިއާއަށް ނިސްބަތްވާ އެތައް ސަތޭކަ ހިޖުރަވެރީންގެ ގަޔަށް، ސައުދީ ސިފައިން ”ވާރޭ ފަދައިން“ ވަޒަން އަރުވައި މަރާލާފައިވާކަމަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗްއިން ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ހާމަކޮށްފިއެވެ. ސައުދީ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު މި ވާހަކައަކީ ”އެއްވެސް ހަޤީޤަތެއް ނެތް“ ވާހަކައެއްކަމަށް ވިދާޅުވެފައިވާއިރު މިފަދަ ޚަބަރަކީ ހޯން […]
މެލޭޝިއާގެ މުނިފޫހިފިލުވުމާބެހޭ މަރުކަޒަކުން 15 ފުލުހުންނާއި 2 ޕްރޮސެކިއުޓަރުން ހައްޔަރުކޮށްފި

މެލޭޝިއާގެ ނެގެރީ ސެމްބިލަން، ސެރެމްބަންގެ ޖަލަން ޑަޓުކް ޝެއިޚް އަޙްމަދު ގައި ހުންނަ މުނިފޫހިފިލުވުމާބެހޭ މަރުކަޒަކުން ފުލުހުންގެ އިސް އޮފިސަރަކު ހިމެނޭގޮތަށް 15 ފުލުހުންނާއި، 2 ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރުން ހައްޔަރުކޮށްފިއެވެ. ”އެޑީސީ ސިއާސަތު“ ޓެލެގްރާމް ގްރޫޕްގައި ލީކުކޮށްލުމާއެކު ވައިރަލްވި މި މައްސަލައިގެ ޕޮލިސް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ އެންޓަރޓެއިންމަންޓް ސެންޓަރު ރެއިޑްކޮށްފައިވަނީ ބުކިޓް އަމަން އިންޓެގްރިޓީ އެންޑް ސްޓޭންޑާޑްސް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ދަންވަރު 2:30 ހާއިރުގައެވެ. މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިސް ބޭފުޅެއްކަމަށްވާ، […]
ތުރުކީގެ އެންޖީއޯއެއްގެ ތާއީދު ޑރ. މުޢިއްޒުއަށް!

ތުރުކީއާއި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ އަމާޒާއެކު އިސްތާންބުލްގައި ހިންގާ އެންޖީއޯއެއް ކަމަށްވާ ޓާރކީ މޯލްޑިވްސް ފްރެންޑްޝިޕް ކައުންސިލުގެ ތާއީދު އޮތީ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒުއާ އެކުގައި ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ މިފަދައިންނެވެ. ”އަޅުގަނޑުމެންނާއި ބައްދަލުވެފައިވާ އެންމެހައި ފަރާތްތަކަށްވެސް އެނގޭނެ ފަދައިން، އަޅުގަނޑުމެންނަކީ އޮޓޮމަން ވެރިކަމަށް ލޯބިކޮށް ތާއީދުކުރާ ސުލްޙަވެރި ޖަމާއަތެކެވެ. މި ޖަމިއްޔާގެ މަޤްޞަދަކީ ތުރުކީއާއި ދިވެހިރާއްޖޭގެ މީހުންނާއި، ވިޔަފާރިތަކާއި ސަރުކާރުތަކުގެ […]
ސްވީޑެންގައި ޤުރްއާން އެންދި މީހެއްގެ ގަޔަށް ސްޕްރޭކުރި އަންހެނަކު ހައްޔަރުކޮށްފި

ސްޓޮކްހޯލްމްގައި ހުންނަ އިރާން އެމްބަސީގެ ބޭރުގައި އިސްލާމްދީނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެއްވުމެއްގައި ޤުރްއާން މުސްޙަފެއް އެންދި ފިރިހެނެއްގެ ގަޔަށް ފަޔަރ އެކްސްޓިންގުއިޝަރ އަކުން ސްޕްރޭކުރި އަންހެނަކު ސްވީޑެންގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އާންމުވި ވީޑިއޯގައި ފެންނަނީ އަންހެނަކު އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް އަންހެނަކު ހައްޔަރުކުރުމުގެ ކުރިން އެ އަންހެން މީހާ، ސަލްވާން މޮމީކާ ނަމަކަށް ކިޔާ މީހަކާއި ދިމާއަށް ދުވެފައި ގޮސް އޭނާގެ ގަޔަށް ހުދު ޕައުޑަރެއް ސްޕްރޭކުރާ މަންޒަރެވެ. ހުކުރު ދުވަހު ހިނގައިދިޔަ ހާދިސާގައި […]
ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ޕައިލެޓް ޕްރޮގްރާމެއް ކެނެޑާއިން ތައާރަފްކުރަނީ

މަސްކަތުގެ މައިދާނަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ކުރާ ތަދުބީރީ މަސައްކަތެއްގެ ގޮތުން، ”ރެކޮގްނައިޒްޑް އެމްޕްލޯޔަރ ޕައިލެޓް“ގެ ނަމުގައި ސެޕްޓެމްބަރު މަހު އައު ޕްރޮގްރާމެއް ތައާރަފުކުރުމަށް ކެނެޑާގެ ސަރުކާރުން ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ކެނެޑާ ސަރުކާރުގެ ”ޓެމްޕަރަރީ ފޮރިން ވަރކާ ޕްރޮގްރާމް (ޓީއެފްޑަބްލިއުޕީ) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި ގަބޫލުކުރެވޭގޮތުގައި ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލުތަކަށް ހެޔޮ ބަދަލެއް ގެނެސް، އިދާރީގޮތުން ކުރިމަތިލާންޖެހޭ ދަތިތަކާއި، އަންނަ ހުރަސްތަކަށް މި ޕްރޮގްރާމް […]
މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި ވެގްނާ ގްރޫޕުގެ ލީޑަރު ޕްރިގޯޒިން މަރުވެއްޖެ

ރަޝިއާގެ ވެގްނާ ގުރޫޕުގެ ބޮޑު މީހާ، ޔެވްގެނީ ޕްރިގޯޖިން ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓެއް ވެއްޓި ހިނގައިދިޔަ ހާދިސާއެއްގައި އިތުރު 9 މީހުންނާއެކު އޭނާ މަރުވެއްޖެއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޖެޓް ވެއްޓިފައިވާކަމަށް ބެލެވެނީ މޮސްކޯގެ އުތުރުން އޮންނަ ޓްވަރ ސަރަހައްދަށެވެ. ސޯޝަލް މީޑިއާގައި އާންމުވެ މިހާރު ދައުރުވަމުންދާ އެތައް ވީޑިއޯއަކުން އެ ބޯޓު ވެއްޓޭ މަންޒަރު ފެނެއެެވެ.
ދީނީ ފަރާތްތަކުގެ މެދުގައި ޑރ. މުއިއްޒަށް ބޮޑު ތަރުހީބެއް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުއިއްޒު ނެރުމަކީ އިދިކޮޅު ސިޔާސީ ޕާޓީއަށް ފައިދާހުރި ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ ޑރ. މުއިއްޒަކީ ސަރުކާރުގެ ބާރު އެންމެ ގަދަކަމަށް އެފަރާތުން ދައުވާކުރަމުން ދިޔަ މާލޭގެ ސަރަހައްދުން ވާދަކޮށް، މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ގިނަ ބައެއްގެ ތާއީދާއެކު ހޮވިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ، ޑރ. މުއިއްޒަކީ ފަރުދީ ހައިޞިއްޔަތުން ބަލާއިރުވެސް، އިދިކޮޅު ސިޔާސީ […]