ލީބިޔާގެ ބޮޑުވަޒީރު އެ ގައުމުގެ ޚާރިޖީ ވަޒީރު ސަސްޕެންޑުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ލީީބިޔާގެ ސަރުކާރާ ހަވާލުވެ ވަޑައިގެން ހުންނެވި، އަބްދުލް ޙާމިދް ދީބޭބާ އެގައުމުގެ ޚާރިޖީ ވަޒީރު ނަޖްލާ އަލްމަންގޫޝް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް އޭނާގެ މައްޗަށް ތަހުގީގު ހުޅުވާލާފައިވާކަމަށް ހޯމަދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ހާމަކުރައްވައިފިއެވެ.

ލީބިޔާގެ ޚާރިޖީ ވަޒީރާ އަލަށް ބައްދަލުކޮށްފައިވާކަމަށާއި، އެ ބައްދަލުވުމަކީ ”ތާރީޚީ“ ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އީލައި ކޯހެން އެކަން ހާމަކުރީ އާދީއްދަ ދުވަހުގައެވެ.

އިސްރާއީލުގެ ވަޒީރު ބުނެފައިވާގޮތުގައި، ލީބިޔާގެ ޚާރިޖީ ވަޒީރާ އެކުގައި ބޭއްވުނު ބައްދަލުވުމަކީ ”އިސްރާއީލާއި ލީބިޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅު“ ކަމުގައެވެ.

އަރަބި ގައުމުތަކާއި އެފްރިކާގެ ޚުދުމުޚުތާރު މުސްލިމް ވެރީންނަށް އިސްރާއީލުގެ ފައިސާއާއި ބާރާއި ނުފޫޒު ދައްކައިގެން ދުންޔަވީ ކަންކަމުގެ ބަދަލުގައި ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް އިސްރާއީލުން ފާޅުގައި މަސައްކަތް ކުރާތާ އެތައް އަހަރެއްވަނީ ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް