ވަޓްސްއެޕުން ފޮނުވާ މެސެޖުތައް މިހާރު އެޑިޓް ކުރެވޭނެ!

ވަޓްސްއެޕް ބޭނުންކުރާ ގިނަ ބައެއްގެ އެދުމާއެކު، ވަޓްސްއެޕުން ފޮނުވާ މެސެޖުތައް އެޑިޓްކުރެވޭ ފީޗަރއެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ. ވަޓްސްއެޕުން އަންގާރަ ދުވަހު ބުނީ، މެސެޖު ފޮނުވުމުގެ 15 މިނެޓު ތެރޭގައި އެ ފޮނުވާ މެސެޖު އެޑިޓް ކުރެވޭނެ ކަމަށެވެ. އަދި ބަދަލު ގެނެވިފައިވާ މެސެޖުތައް ޗެޓް ލޮގުގައި ހުންނާނީ ”އެޑިޓެޑް“ ލޭބަލް އަޅުވާފައިކަމަށާއި، އެހެންނަމަވެސް ގެނެސްފައިވާ ބަދަލުތައް ނުފެންނާނެކަމަށް ވަޓްސްއެޕުން ބުނެއެވެ. ”ސްޕެލިންގް އިސްލާހު ކުރުމުން ފެށިގެން ފޮނުވާ މެސެޖުތަކަށް ބައެއް އިތުރުކުރުމާއި ހަމައަށް، ތިމާ ފޮނުވާ […]

އީރާނީ ޓާގެޓުންނާއި ދެކޮޅަށް މަސައްކަތްކުރަމުންދިޔަ މޫސާދު ރިންގުގެ ބަޔަކު އަތުލައިގެންފި

ތުރުކީގައި ހަރަކާތްތެރިވަމުންދިޔަ އިރާނުގެ ޓާގެޓުންނާއި ދެކޮޅަށް މަސައްކަތް ކުރަމުންދިޔަ އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީއެއް ކަމަށްވާ މޫސާދަށް ނިސްބަތްވާ ބަޔަކު ތުރުކީގެ އިންޓެލިޖެންސުން ހޯދާފައިވާކަމަށް ތުރުކީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފިއެވެ. ތުރުކީގެ ގައުމީ އިންޓެލިޖެންސް އޭޖެންސީ، އެމްއައިޓީއާއި ހަވާލާދީ ޑެއިލީ ޞަބާޙުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 18 މަހުގެ އޮޕަރޭޝަނަކަށްފަހު އެ ގައުމުންވަނީ 15 މީހުންގެ ސެލްއެއް ހޯދާފައެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވަނީ އެ ސެލްގައި އިސްރާއީލުން ތަމްރީނު ހޯދާފައިވާ އެކަކު ހުރިކަން ޔަގީންކުރެވިފައިވާކަމަށެވެ. ރިޕޯޓުތައް ބުނާގޮތުންނަމަ 11 […]

އެމެރިކާގެ މި ކުދިންގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

ޖޯޒީ (6 އ) އާއި ބަރތާ (6 އ) އަދި ސޯފީ (10 އ)، އަކީ މީގެ 119 އަހަރުކުރިން 1904 ގައި މެޖިއޯނީ ކޭނިންގް ކޮމްޕެނީގައި މަސައްކަތްކުރި ތިން ކުދިންނެވެ. ފަތިހު ހަތަރެއް ޖަހާއިރު ދުވަހުގެ މަސައްކަތް ފެށޭއިރު، ހަފްތާއަކު އާމްދަނީގެ ގޮތުގައި ލިބެނީ ނުވަ އެމެރިކާ ޑޮލަރާއި ފަނަރަ އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދެކެވެ. ސޯފީ ކޮންމެ ދުވަހަކު 6 ތެލީގެ އިތާ ތައްޔާރުކުރާނެއެވެ.  ”އޭނާ ސްކޫލަކަށް ނުދާނެ. އަބަދު މަސައްކަތް ކުރާނީ.“ ސޯފީއާއެކު […]

މިއަހަރު 5 ގައުމަކުން ”ބްރިކްސް ކަރަންސީ“ ބަލައިގަންނަނީ

ބީއާރްއައިސީއެސް ނުވަތަ ބްރިކްސްގެ މިއަހަރުގެ ސަމިޓު ބާއްވަން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އުތުރު ފަސް ގައުމަކުން މި ބައްދަލުވުމުގައި ބައިވެރިވެ، ބްރިކްސް ކަރަންސީ ބޭނުންކުރަން ފަށަން އުޅޭކަމުގެ ޚަބަރު ލިބިއްޖެއެވެ. ބްރިކްސްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކަކީ އިރާނާއި، އާޖެންޓީނާއާއި، ސަޢޫދީޢަރަބިއްޔާއާއި، ތުރުކީ އަދި މިޞްރެވެ. ”މި ގައުމުތަކުން ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށް، މިހާރު އަންނަނީ މެމްބަރޝިޕަށް އެޕްލައިކުރުމަށް ތައްޔާރުވަމުން.“، ބްރިކްސް އިންޓަނޭޝަނަލް ފޯރަމުގެ ރައީސް، ޕޫރްނިމާ އާނަންދު ވިދާޅުވިއެވެ.  ކުރިއަށް އޮތް ބްރިކްސް ބައްދަލުވުމުގައި އެންމެ […]

ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަތުލެވިދާނެތަ؟

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބުދުލްޤައްޔޫމު ކަމުގައި ކަނޑައަޅައި, ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެމަނިކުފާނަށް ރަސްމީކޮށް ޓިކެޓް އަރުވައި ނިންމައިފައެވެ. ސަބަބުވެރި ވިސްނުމަކުން ވިސްނެވުމަށްފަހު ޔާމީންގެ އިސްތަށިފުޅުގައި 11 އަހަރުގެ ޖަލު ހުކުމެއް އަޅުވައި ހުރަގެއަށް ލީ އޭގެފަހުންނެވެ. އެ ޙުކުމް  އިއްވެވިތާ ދެމަސްފަހުން މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އިސްތިއުނާފު ޝަރީއަތް އަދި ތާވަލުކޮށްފައެއް ނުވެއެވެ. އަދި އެ ސަބަބުވެރި ޙުކުމް ކުރެއްވި ފަޑިޔާރުއަށް ވަނީ ހައިކޯޓަށް ޕްރޮމޯޝަން ދެއްވާފައެވެ. […]

އިންޑިޔާ ގުޖުރާތުގެ ޤަތުލުއާންމު  – ބީބީސީ

27  ފެބްރުއަރީ 2002 ގައި، ގުޖުރާތުގައި ހިންގި އަނިޔާވެރި ޤަތުލުއާންމު ތަކަށް 21 އަހަރު ވީއެވެ. ނަރެންދުރަ މޯދީގެ ހަތިޔާރު އެޅި ހައްދުފަހަނަ އަޅާފައިވާ ހިންދޫ ޖަމާޢަތްތަކުން މުސްލިމުންގެ އަވަށްތަކުގެ ތެރެއަށް ވަދެ، މަދުވެގެން 3،000 މުސްލިމުން ޝަހީދުކޮށްލައި، އެތަކެއް ހާސް ގެތަކުގައި ހުޅުޖަހައި އަދި އެތައް ހާސް މުސްލިމް އަންހެނުންނާއި އަންހެން ކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތެވެ. އެ ހިންދުތުވާ ސުޕްރަމެސީ ޖަމާއަތްތަކުން، މުސްލިމުންގެ ކަރުތެރެއަށް ސާފުތެލާއި، ޕެޓްރޯލް އެޅުމަށްފަހު، ރޯކޮށްފައިވާ އަލިފާން ދަނޑި ކަރުތެރެއަށް އަޅާ، […]

ރައީސް ސޯލިޙްގެ އާދޭސް ގަބޫލުކުރެވޭނެ ފޮމިއުލާއެއް އޮތްތޯ މައުމޫނު ބައްލަވާނެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެކުގައި މަސައްކަތް ކޮށްދެއްވުމަށް ރައީސް ސޯލިޙުގެ އެދިވަޑައިގެން އާދޭސްފުޅު ކުރައްވާތީ ކޯލިޝަން ހެދިދާނެ ފޮމިއުލާއެއް އޮތްތޯ އަދިވެސް ބައްލަވަން ކުރީގެ ރައީސް މައުމޫނު މާދަމާގެ ވަގުތެއްގައި ރައީސް ސޯލިޙްއާއި ބަދައްލު ކުރަންވާނެކަމަށް އެމް.އާރ.އެމް އިން ބުނެފިއެވެ. ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާގެ ސޯލިޙް ފެކްޝަންއާއި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެ ޕާޓީގެ ރިޔާަސީ ކެންޑިޑޭޓް ރައީސް ޞާލިޙް ވަނީ އެމްއާރްއެމްއަށް ސިޓީއެއް ފޮނުއްވައި އެތަކެއް ފަހަރަކު ގުޅުއްވާފައެވެ. ނަމަވެސް ރައީސް މައުމޫނު ރާއްޖެއިން ބޭރުގައި ހުންނެވުމުން ޕާސަނަލީ ބައްދަލުނުކުރެވި […]

މަސް ކިރުވާ ބޯޓުތަކާއި އައިސް ޕްލާންޓް އޮޕަރޭޓް ކުރަންހުއްދަދޫކުރަނީ

މިނިސްޓްރީ ފިޝަރީޒް އިން ބުނާގޮތުގައި މަސް ކިރުވާ އުޅަނދުތަކާއި އަދި މަސްވެރިންނަށް އައިސް ވިއްކާ ޕްލާންޓުތައް އޮޕަރޭޓް ކުރުމާއި ގުޅޭ ލައިސެންސް ދިނުމާއި ބެހޭ ޤަވާއިދެއް އެކުލަވާލެވި ގެޒެޓްކޮށްފިއެވެ. ގެޒެޓް ކުރެވުނު މި ގަވާއިދަށް ކިޔާނީ، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދެވެ. މި ޤަވާއިދުގެ މަޤުސަދަކީ، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ އުސޫލުތައް ކަނޑައަޅައި އެ ޙަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށް ބުނެފާވެއެވެ. ތިން ބާވަތެއްގެ ޙަރަކާތް މިވާޢިދުގެ ދަށުން ހިންގޭނީ އެކަމަށް ބޭނުންވާ ލައިސެންސް ފިޝަރީޒް މިނިސްޓްރީން ނަގައިގެންނެވެ. މިގޮތުން ގަވާޢިދުގެ ދަށުން […]

ކަނޑުގައި ދާ އަޅައި ފުރާނާލައިފި, މަމެންގެ ބިންތައް ވިއްކާލައިފި

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އިޤްތިސާދު އެކުގައިހެން މިވަނީ ފެއިލްވެފައެވެ. ކަނޑު އެވަނީ ދާ އަޅައި ފުރާނައިލާފައެވެ. ދިވެހީންގެ ބިންތައް ދަނީ ވިއްކައި ހުސްކުރަމުންނެވެ. އެންމެނަށްވެސް އެނގޭ ޙަގީގަތަކީ ގުދުރަތީ ގޮތުން ބަލާނަމަ، މަސްވެރިކަމުގެ ސިނާއަތަކީ ދިވެހީންގެ އެންމެ ބޮޑު ސިނާޢަތުކަމެވެ. އެ ގޮވާހެން ކަނޑުވެސް ހަމަފެލާލައިފިއެވެ. ރައްޔިތުންގެ ޖީބުގެ ފޫ ކަނޑާލައި އެމްޑީޕީގެ މި ސަރުކާރުން ވަނީ ގިތެލެއް އޮބި އެޅިހެން މަމެން އޮބިއަޅާ ފެލާލައިފައެވެ. ހިންމަފުށީގައި ކޮލެޓީ ސީފުޑް ޔެލޯފިން ޓޫނާ މަސް ފެކްޓްރީ ބަންދުކޮށްފިކަން އެ […]

ކޯމާއެއްގައި އޮންނެވި ޔޫސުފް ދީދާތު ނިޔާވެއްޖެ

އިސްލާމް ދީން ދިރާސާކުރައްވައި ދީނީ ޢިލްމު ފެތުރުއްވުމަށް މަޝްހޫރު ޢިލްމުވެރިޔާ އަޙްމަދު ދީދާތުގެ ދަރިފުޅު، ޔޫސުފް ދީދާތު ނިޔާވެއްޖެއެވެ. އޭނާގެ ގަޔަށް ބަޑި ޖަހާފައިވަނީ އިއްޔެގެ ވަގުތެއްގައި ކޯޓުރޫމެއްގެ ބޭރުގައި ހުންނަވަނިކޮށެވެ. ދީންތަކާބެހޭ މަޢުލޫމާތު ހޯއްދަވައި ދިރާސާ ކުރައްވާ ފަރާތެއްކަމަށްވާ ޔޫސުފް ދީދަތު ނިޔާވީ ޑާބަންގެ ހޮސްޕިޓަލެއްގައި ކޯމާއެއްގައި އޮންނަވަނިކޮށްނެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި ޒަޚަމްވުމާ ގުޅިގެންނެވެ. ހަމަލާ ދިނީ ކޮންބައެއްކަމެއް ނޭނގެއެވެ. ”ޔޫސުފް ހަމަހިމޭން އަމާން މަރަކުން ނިޔާވި އިރު […]