ވާރުތަ މުދަލުން ޓެކްސް ނަގާ އިނގިރޭސިވިލާތަށްވުރެ ކޮމިއުނިސްޓް ޗައިނާގައި އުޅެން މާ ހިތްހަމަޖެހޭ: މޯސްލީ

ހަޔާތުގެ ގިނަދުވަސްތައް ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރުމުގައި ހޭދަކުރުމަށްފަހު، އުމުރުން 70 އަހަރުގެ ޕޯލް މޯސްލީ ހުރީ އޭނާގެ އަންހެނުންނާއެކު ”އިނގިރޭސިވިލާތުގެ ފެހި އަރާމު ފަސްގަނޑަށް“ އެނބުރި ދިޔުމަށް ކެތްމަދުވެފައެވެ. އެހެންނަމަވެސް އޭނާގެ ގައުމަށް ދިޔުމުގައި އެންމެ ބޮޑު ހުރަހަކީ ވާރުތަ މުދަލުން ދައްކަންޖެހޭ ޓެކްސްގެ ކަންބޮޑުވުމެވެ. މޯސްލީ ބުނީ އޭނާގެ އިންވެސްޓްމަންޓްތަކުންނާއި ޕެންޝަނުން ލިބޭ އާމްދަނީއިން ނަގާ ޓެކްސްއަކީ ދައްކަންޖެހޭ އެއްޗެއްކަމަށް ގަބޫލުކޮށް އެއިން ސަރުކާރަށް އަދާކުރަންޖެހޭ މިންވަރު ދެއްކުމާއިމެދު އެއްވެސް ޝަކުވާއެއް ނެތްކަމަށާއި، އެހެންނަމަވެސް، އޭނާގެ […]
ކުޑަކުދިން ޤުރުއާނަށް އަހުލުވެރިކުރުވުމަށް ތުރުކީ ރައީސް ކުރައްވާ މަސައްކަތްޕުޅު

ތުރުކީގެ ކުދިން ކީރިތި ޤުރުއާނަށް އަހުލުވެރި ކުރުވުމަށްޓަކައި ޕްރޮގްރާމެއް ފެށުމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މީގެ ދިހަ އަހަރުކުރިން އެގައުމުގެ ދީނީ ކަންކަމާއި ބެހޭ ވުޒާރާއާއި އޭރު ހަވާލުވެ ހުންނެވި ވަޒީރަށް އަންގަވާފައެވެ. އޮޓޮމަން އެމްޕަޔަރ ވެއްޓުމަށްފަހު ވެރިކަމާއި ހަވާލުވި ސެކިއުލާ ވެރިޔާ ކަމާލް އަތާރތުކް ވަނީ ތުރުކީގައި ޤުރުއާނާއި ދީން ކިޔަވާދިނުން މަނާކޮށްފައެވެ. އެހެންކަމުން، 2003 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމާއެކު އުރުދުޣާންވަނީ އެ ގައުމުގެ މީހުންނަށް މަޑުމަޑުން […]
ޗައިނާ-ރަޝިއާ ވައިގެ ޕެޓްރޯލްތަކާމެދު ޖަޕާނުން ކަންބޮޑުވުން ފާޅުކޮށްފި

ޗައިނާއާއި ރަޝިއާއިން ގުޅިގެން އަސްކަރީ ގުޅުން ބަދަހިކުރުމަށް އަހަރީ ގޮތުން ހިންގާ ވައިގެ ޕެޓްރޯލްތަކެއްގެ ތެރެއިން ސައުތު ކޮރެއާއާއި ޖަޕާނުގެ ވައިގެ ސަރަހައްދަށް އެތެރެވެފައިވާ ފައިޓަރ ޖެޓްތަކެއްގެ މައްސަލައިގައި ދެގައުމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޗައިނާއާއި ރަޝިއާ ގުޅިގެން ހިންގާ ވައިގެ ޕެޓްރޯލްތަކުގެ ދެވަނަ ފިޔަވަހި ބުދަ ދުވަހު ފުރިހަމަކޮށްފައިވާއިރު މި ދަތުރުތައް ކޮށްފައިވަނީ ހުޅަނގު ޕެސިފިކް ކަނޑުގެ މަތިންނެވެ. އަދި އޭގެ ކުރީ ދުވަހުގެ ހަރަކާތްތަކުގައި ޖަޕާނުގެ ކަނޑުގެ ސަރަހައްދާއި އިރުމަތީ ޗައިނާގެ ކަނޑުގެ ސަރަހައްދު މަތިން […]
ގިނަ އަދަދެއްގެ ނަރުހުން އައިޖީއެމްއެޗް އަށް ހޯދަނީ

މާލޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން ޢިއުލާންކޮށްފި އެވެ. ޢިއުލާން ބުނާގޮތުން އެ ހޮސްޕިޓަލަށް ބޭނުންވަނީ 29 ރެޖިސްޓަރޑް ނަރުހުންނެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ ނަރުހުން ވަޒީފާއަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އިން ބުނެފާވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއު ކުރުން މި މަހުގެ 18 އިން އަންނަ މަހުގެ 15 އާ ދޭތެރޭ އޮންނާނޭ ކަމަށެވެ. ރަޖިސްޓާޑް ނަރުހުންގެ އަސާސީ މުސާރައަކީ މަހަކު 11428ރުފިޔާއެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 5،333 ރުފިޔާ […]
ނޯޑް ސްޓްރީމް ޕައިޕްލައިނަށް ހަމަލާދޭން އުޅޭކަމުގެ ޚަބަރު ބައިޑަން ސަރުކާރަށް ވަނީ ލިބިފައި

ގުދުރަތީ ގޭސް ދައުރުކުރާ ނޯޑް ސްޓްރީމް ޕައިޕްލައިނަށް ޔޫކްރޭނުން ހަމަލާދޭން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓު ބައިޑެން ސަރުކާރަށް ލިބިފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފިއެވެ. ވޮޝިންގްޓަން ޕޯސްޓުގައި ލިޔެފައިވާ ގޮތުގައި، ރަޝިއާއާއި ޖަރުމަނާއި ދެމެދުއޮތް މި ގޭސް ޕައިޕްލައިނަށް ހަމަލާދީ ގޮއްވާލުމުގެ ތިންމަސްދުވަސް ކުރިން ބައިޑަން ސަރުކާރަށް އެމައުލޫމާތުވަނީ ލިބިފައެވެ. މި ޚަބަރުގައި އިތުރަށް ބުނެފައިވަނީ ޔޫކްރޭނުގެ އަސްކަރީ ބާރުގެ އިސްވެރިއާއަށް ސީދާ ރިޕޯޓުކުރާ ޑައިވަރުންގެ ކުޑަ ޓީމެއް ބޭނުންކޮށްގެން ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަން ޔޫރަޕުގެ އިންޓެލިޖެންސް ވުޒާރާއަކުން […]
އިންޑިއާގައި ހަދަމުންދިޔަ ބްރިޖެއް ވެއްޓިއްޖެ

ބިހާރުގެ ބާގަލްޕުރް އަވަށުގައި އޮންނަ ގަންގާ ކޯރުގެ މަތީގައި ތަރައްގޯކުރަމުން ގެންދިޔަ ބްރިޖެއް ވެއްޓިއްޖެއެވެ. އާދީއްތް ދުވަހު ފުރޮޅާލި މި ބްރިޖުގެ މަޝްރޫޢަކީ 17.16 ބިލިއަން އިންޑިއާ ރުފިޔާގެ މަޝްރޫޢެކެވެ. ބާގަލްޕުރްގެ ސުލްތާންގަންޖާއި، ޚަގާރިއާ އަވަށުގެ އަގުވާނީ ގުޅުވައިލާ އަޅަމުންދިޔަ ހަތަރު ލޭނުގެ މި ބްރިޖު ވެއްޓިފައި މިވަނީ ދެވަނަ ފަހަރުއެވެ. އަދި ސަރުކާރުން މިހާދިސާއާއި ގުޅިގެން މައްސަލައިގެ ހަޤީގަތް ދެނެގަތުމަށް ތަހުގީގެއްވަނީ ފަށާފައެވެ. 2014 ވަނަ އަހަރު ފެށި ބްރިޖުގެ މަސައްކަތް ނިންމުމަށް ކަނޑައެޅި ތާރީޚަށް […]
ފުލުހުން ޑރ. މަހާތީރުގެ މައްސަލަ ތަހުގީގު ކުރަނީ

”މެލޭ ޕްރޮކްލެމޭޝަން“ ކެމްޕޭނުގެ ދަށުން މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ތަފާތުތައް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް، ދެފަހަރު ބޮޑު ވަޒީރުކަންކޮށްފައިވާ ޓުން ޑރ މަހާތީރް މުޙައްމަދާ ފުލުހުން ސުވާލުކޮށްފިއެވެ. މިހާރުގެ ސަރުކާރާއި، އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ނަސްލީގޮތުން ނުރައްކާތެރި މާހައުލެއް އުފެއްދުމަށް މަހާތީރު މަސައްކަތްކުރައްވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. ތުހުމަތުކުރާ ފަރާތްތަކުން ބުނާގޮތުގައި، މަހާތީރުގެ މި މަސައްކަތުގެ މަގުސަދަކަށްވަނީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރާއި އޭނާގެ ކޯލިޝަން ސަރުކާރުގެ ބާރު އެގައުމުން ކަނޑުވާލުންކަމަށެވެ. އަންވަރު އިބްރާހީމަކީ އިސްލާމީ […]
ޖަޕާން: މުސްލިމުންގެ ތެރެއިން އެކަކު ކުރި އަމަލެއްގެ ނޭދެވޭ އަސަރު އެންމެންނަށް!

ފާއިތުވެދިޔަ ވިހި އަހަރު ދުވަސްތެރޭގައި ޖަޕާނަށް ދިރިއުޅުން ބަދަލުކުރަން އެދޭ މުސްލިމުންނަށްޓަކައި އެގައުމުގެ ސިޔާސަތުތައް ބަދަލުކޮށް އެކަން ހުޅުވާލާފައިވާއިރު، ސައްތައިން ސައްތަ މުސްލިމު ނޫން ގައުމަކަށް މިކަން ކުރުމަކީ ކިހައި ބޮޑު ކަމެއްކަން ދިވެހީންނަށް އެނގޭނެއެވެ. އެއީ ދިވެހިރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމުކަމަށް ދައުވާ ކުރާ ގައުމަކުންވެސް، އަދިއަދަށް ދާންދެންވެސް އެހެން މުސްލިމުންނަށް މި ފުރުސަތު ހުޅުވާލާފައި ނުވާތީއެވެ. 2000 ވަނަ އަހަރު ޖަޕާނުގައި ދިރިއުޅުނު މުސްލިމުންގެ އަދަދު އަންދާޒާކުރެވިފައި ހުރީ 10،000 އާއި 20،000 އާއި […]
އެމެރިކާ ސަރުކާރަށް ”އަންހެން“ މި ލަފްޒު މާނަކުރާކަށް ނޭނގުނު!

އެމެރިކާގެ ގިނަ އަދަދެއްގެ މުއައްސަސާތަކަށް ”އަންހެން“ މި ލަފްޒު މާނަކޮށްދޭކަށް ނޭނގުނެވެ. އަދި ޚާއްސަކޮށް ”އަންހެނުންގެ ސިއްހަތު“ ފަދަ ދައުލަތުގެ މުހިންމު ސިޔާސަތުތަކާއި ގުޅުވައިގެންވެސް އެބަހުގެ ލަފްޒީ މާނައެއް އަންގައެއް ނުދެވުނެވެ. ފޮކްސް ނިއުސް ޑިޖިޓަލްއިން އިސްނަގައި، ބައިޑެން ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ)، ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް (އެޗްޔޫޑީ) އަދި ފެޑަރަލް ބިއުރޯ އޮފް ޕްރިޒަންސް ގާތުން ”އަންހެން“ މިލަފްޒު މާނަކޮށްދިނުމަށް އެދިފައިވާއިރު، އެއިން އެއްވެސް […]
ޗިލީގައި ބޭއްވި ޑާރތް ވޭޑާ ”ޝަރީޢަތް“

ޗިލީގެ ވަލްޕަރައިސޯ ކޯޓް އޮފް އެޕީލްގައި ބޭއްވި ޝަރީޢަތެއްގައި، މަޝްހޫރު ފެންޓަސީ ފްރެންޗައިޒެއްކަމަށްވާ ”ސްޓާ ވާރޒް“ ސާގާގެ ވިލަނުގެ ރޯލުން ފެނިގެންދިޔާ ޑާރތް ވޭޑާގެ އަދަބު ކުޑަކުރުމަށް ހުކުމްކޮށްފިއެވެ. އަބަދަށް ގަނޑުކުރެވުމުގެ ބަދަލުގައި ޑާރތް ވޭޑާއަށް އިއްވާފައިވަނީ ކާބޮނައިޓްގައި 30 އަހަރު ބަންދުކުރުމުގެ ހުކުމެކެވެ. އަދި އޭނާގެ ލައިޓް ސޭބަރ ބޭނުންކުރުމާއި، ”ފޯސް“ ގެ ”ޑާކް ސައިޑް“ ބޭނުންކުރުންވެސް ޑާރތް ވޭޑާއަށް ވަނީ މަނާކޮށްފައެވެ. ޗިލީގައި ބޭއްވުނު މި ”މޮކް ޓްރަޔަލް“ އަކީ އެގައުމުގެ ޘަޤާފީ […]