މިނިސްޓަރ ޝާހިދު އިންޑިއާއަށް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ. ފޮރިންގް މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރުގެ ދަޢުވަތަކަށް އިންޑިއާގެ ނިއުދިއްލީއަށް ކުރައްވަވާ ރަސްމީ ދަތުރުފުޅެކެވެ.  މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އަދި 12 ދުވަހުކަމަށް ބުނެފައިވެއެވެ. ޝާހިދުގެ ދަތުރުފުޅުގެ ކުރީން ކުރީގެ ރައީސް ނަޝީދުވެސް ވަނީ އިންޑިޔާއަށް ވަޑައިގެން އިންޑިޔާގެ އޮފިޝަލުންނާއި ބައްދަލު ކުރައްވާފައެވެ. ޝާހިދުގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ ޚާރިޖީ […]

އެމެރިކާގެ ފެޑެރަލް ޖަޖެއް ނެރުއްވި އަމުރާއެކު ބައިޑަން ސަރުކާރުގެ އިސްވެރިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރަށް ހުރަސްއަޅައިފި

އެމެރިކާގެ ފެޑެރަލް ޖަޖެއް އަންގާރަދުވަހު ނެރުއްވި އަމުރަކާއެކު ބައިޑެން ސަރުކާރުގެ އިސްވެރިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު މަދުކޮށް، ގިން މައުޟޫއުތަކަށް އެކި ވިއުގަތަކުގައި ފާޅުގައި ވާހަކަދެއްކުން ހުއްޓުވައި، ހުރަސްއަޅައިފިއެވެ. މި އަމުރަކީ އެމެރިކާގެ ރިޕަބްލިކަން ބައިގަނޑަށް ލިބުނު މޮޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ފޭސްބުކް، ޓްވިޓާ އަދި ޔޫޓިއުބްފަދަ ސޯޝަލް މީޑިއާ ސައިޓުތަކުގައި ކޯވިޑް ވެކްސިނާ ދެކޮޅަށް ޝާއިއުކޮށްފައި ހުންނަ މައުލޫމާތު ނުހައްގުން، ސަރުކާރާއި އެއްބައިވުމުގެ ގޮތުން އެސައިޓުތަކުން […]

ޕޮލިސް ހަމަ ހަބޭހަށް ބާރުގެ ބޭނުން ކުރޭ!

މިހާރަކަށް މުޒާހަރާ ތަކުގެތެރެއިން ފުލުހުން ހައްޔަރުކުރާ މީހުންގެ ކުޑަހުޅު ލަންބުވާލައި ކެތްނުކުރެވޭވަރުގެ އަނިޔާ ކަށިގަނޑަށް ކުރުމަކީ ވަރަށް ނުރައްކާތެރި ނުކިޔަމަންތެރި ގޭންގުތަކުގެ މީމީހުން ހައްޔަރުކުރާއިރު ދުނިޔޭގެ ބައެއް ޤައުމުތަކުގެ ފުލުހުން ޢަމަލުކުރާ ގޮތެކެވެ.  ނަމަވެސް ރާއްޖޭގައި ސިޔާސީ އެއްވުންތަކުން މީހުން ހައްޔަރު ކުރާކުރުމުގައި އެންމެ މީހަކު ބަންދައް ގެންދިއުމަށްޓަކައި ޑަޒަނެއްހާ އެސް އޯ ފުލުހުން މީހާގެގަޔަށް އަރައިގަނެ އެމީހާގެ އަތުގެ ކުޑަ ހުޅަށް ގަސްދުގައި ތަދުކުރުމަށްޓަކައި ތަދުވާގޮތަށް ކުޑަހުޅުން ލަންބާ އަނިޔާދިނުން ޢާންމުކަމަށް ހަދައިފިއެވެ. އަދި ލޮލަށް ހަމަ ގަސްދުގައި ކަރުނަ ގޭސް ސްޕްރޭ ޖެހުމާއި ބާރަށް ގައިގާ ޖެހިގަތުމާއި މިނޫން ވެސް އަނިޔާވެރި ގޮތްގޮތަށް ހައްޔަރުކުރުމަކީ މިހާރުއާންމު ކޮށް ތަކްރާރު ފުލުހުން ކަންކުރަމުންދާ […]

”ރިސަރެކްޝަން: އަރތުރޫލް“ގެ ސެޓު ބަލާލުމަށް އާންމުންނަށް ހުޅުވާލައިފި

އިސްތާންބުލްގެ ބޮޒްދާގް ފިލްމް ސްޓޫޑިއޯސްއިން އޮޓޮމަން ވެރިކަމުގެ ދުނިޔެ ތަމްސީލުކޮށްދީ ނެރުނު މަޝްހޫރު ޓީވީ ސީރީސް ”ރިސަރެކްޝަން: އަރތަރޫލް“ ފިލްމުކުރުމަށް ތައްޔާރުކުރި ޔޫރަޕުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ސެޓް ތަޖުރިބާކޮށްލުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.މި ފިލްމު ސެޓުން ތުރުކީގެ ތާރީޚާއި، ސަގާފީ ފޭރާން ބަލާލުމުގެ އިތުރުން ޓީވީ ސީރީސްގައި އެކި ރޯލުތަކުން ފެނިގެންދިޔަ ފަންނުވެރީންނާއި ބައްދަލުކޮށް އޮޓޮމަނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފިލްމު ކުޅުމަށް ތައްޔާރުކުރެވުނު ތާރީޚީ އިމާރާތްތައް ތައްޔާރުކޮށްފައިވަނީ އަސްލާ ވީހާވެސް އެއްގޮތަށް، […]

މޮސްއަދް ރިންގަށް ނިސްބަތްވާ 56 މީހަކު ހޯދައި، 7 މީހަކު ހައްޔަރުކޮށްފި

ތުރުކީގެ ސަލާމަތާއި ބެހޭ މައުލޫމާތު އެއްކުރާ ގައުމީ ވުޒާރާ، އެމްއައިޓީ އިން އެގައުމުގައި ހަރަކާތްތެރިވަމުން ދިޔަ މޮސްއަދު ރިންގަށް ނިސްބަތްވާ ސެލްއެއް ހޯދައި، ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. އެމްއައިޓީއިން ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުގައި، ލުބުނާނު އަދި ސީރިއާގައި ހަރަކާތްތެރިވާ ޓާގެޓުތަކުގެ މައުލޫމާތު ހޯދުމަށް އިސްރާއީލުން ބޭނުންކޮށްފައިވަނީ އަރަބި ފާރަވެރީންނެވެ. މިގޮތުން، ސިޔާސީ އަދި އަސްކަރީ މުހިންމު ފަރާތްތައް ދިރިއުޅޭ ހަޒްބުއްލާހި އިމާރާތަށް ޓާގެޓުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެމްއައިޓީއާއި އިސްތާންބުލް ފުލުހުންގެ އިދާރާއިން […]

ޑިމޮކްރެޓުން އެންމަނާއިއެކު ޑޭޓްކޮށްފި އެހެނަސް އިންނާނެ މީހަކު ނުވި

އާދެ! އެންމެނާއި އެކުވެސް ޑޭޓްކޮށްފީމެވެ. ނަމަވެސް ހިތާވާ މީހަކާ ދިމައެއް ނުވިއެވެ. ކުރީގެ ޕާޓީންވެސް ވަރިވީ ރުޅިގަދަވެގެން އަމިއްލައަށެވެ. އެގޮތުން ކެތްނުކުރެވިގެން ވަރިވީއެވެ. އެހެން އެންމެން ގޯހީއެވެ. ދަ ޑިމޮކްރެޓްސް ހިތާވެލެވޭވަރަކަށް އެހެން ޕާޓީތަކުގައި ޗަސްބެއްނެތެވެ. މިއީ މިއަދު ކޮފީމޭޒް ކައިރިން ދިމާވި ސިޔާސީ ބޭފުޅަކުބުނި ބަސްކޮޅެކެވެ. އޭނާ ބުނިގޮތުގައި މަތީގައި އެބުނެފައިވަނީ ކުރުކޮށް ފޮނިކޮށެވެ. އެހެންނާފަހެ ”އިންޑިޔާ އައުޓް“ ނުގޮވާވަރުގެ ޢިއްޒަތާއި ގަދަރެއް ދިރިއުޅުމުގެ މިންގަނޑުގައިއަދި އެހެންމީހުނަށް ވަނަމުން ގޮވުމާއި މީހުން ރޭރު އަރުވާލުމާއި ދޮގުފަތުރައިގެން ވާހަކަ ފެތުރުން އެއީ މި ޑިމޮކްރެޓުންގެ ފަރާތުން ކުރީގެ ޑިމޮކްރެޓިކް ވެށިންވެސް (އެމް.ޑީ.ޕީ) އިން ކިޔަވައިދީފައިވާ […]

މަރުވިއިރު އެތައް މިލިއަން ޑޮލަރުގެ މުދަލުގެ ވާރުތަވެރީންނަކީ އޭނާ ގެންގުޅުނު ހަތް ބުޅާ!

އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅުނު ނޭންސީ ސައުއާގެ ފިރިމީހާއާއި ފިރިހެން ދަރިފުޅު މަރުވުމަށްފަހު އޭނާގެ އާއިލާއަކީ އޭނާ ގެންގުޅުނު ހަތް ޕާރސިއަން ބުޅަލެވެ. އެހެންކަމުން، މިދިޔަ ނޮވެންބަރު މަހުގައި އުމުރުން 84 އަހަރުގައި ނޭންސީ މަރުވިއިރު، އޭނާގެ 2.5 މިލިއަން ޑޮލަރުގެ ގެއާއި އެހެނިހެން މުދަލުގެ ވާރުތަވެރީންގެ ގޮތުގައި ވަސިއްޔަތްކޮށް ހަމަޖައްސާފައިވަނީ އޭނާ ގެންގުޅުނު ބުޅާތަކަށެވެ. ނޭންސީގެ ވަސިއްޔަތުގައިވަނީ އޭނާ މަރުވުމަށްފަހުވެސް އޭނާގެ ހަތް ބުޅާކަމުގައިވާ، ކްލިއޯޕެޓްރާ، ގޯލްޑްފިންގާ، ލިއޯ، މިޑްނައިޓް، ނަޕޯލިއަން، ސްނޯބޯލް އަދި ސްކުއީކީ ދިރިއުޅޭނީ […]

އެންމެ ހަރުކަށި ނިރުބަވެރީންނަކީ އިސްލާމް ދީނާއި ދެކޮޅު މީހުން!

އެންމެ ހަރުކަށި މީހުންނަކީ އިސްލާމް ދީނާއި ދެކޮޅު ވިސްނުން ގެންގުޅޭ އަދި އެ ދީނާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކެވެ. އިސްލާމް ދީން ނޫން ގޮތެއް ހޯދުމަށް ވަކާލާތުކުރާ މީހުންނެވެ. ޔަޢުނީ ގުރުއާނާއި ސުންނަތް ނޫންގޮތެއް އިސްލާމީ ގައުމެއްގެ ވެރިކަމާއި  ސަގާފަތަށާއި ދިރިއުޅުމަށް އަދި ވިސްނުމަށް ގެނައުމަށް މަސައްކަތްކުރާ މީހުންނެވެ. ފާޙިޝު ޢަމަލުތައް ގައުމުގައި ދިރުވާ އާލާ ކުރުވާ ފަރާތްތަކާއި އަދި އެމީހުން ބާރުވެރިކުރުވާ ބައިވެރީންނެވެ. ﷲ އާއި އެއިލާހުގެ ކަލާމްފުޅު ކީރިތި قرآن އާއި އަދި ރަސޫލުން قبول ނުކުރާ މީހުންނެވެ. އަދި އެފަދަމީހުނަށް ވާގިވެރިކަންދީ ދުނިޔެވީ އަވަސް މަންފާހޯދަދޭން ގަބޫލުވެ ބާތިލަކީ ޙައްގުކަމުގައި […]

ލަންކާގެ ހަނގުރާމަމަތީ ކުށްތަކުގައި އިސްރާއީލުގެ އަތެއް، ތަހުގީގުކުރެވެން ޖެހޭ!

ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް އައިތާ 14 އަހަރުވެ، 29 އަހަރު ދުވަހުގެ ދިގު ހަމަނުޖެހުންތަކުން ގައުމުގެ ކަންކޮޅުތަކަށް ލިބުނު ނުތަނަވަސްކަން ފިލައިގޮސް ޒާތެއްގެ އަމާންކަމެއް ލިބިފައިވީނަމަވެސް، ހަނގުރާމައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެކުވެރި ދައުލަތްތަކާއި، ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ހަނގުރާމަމަތީގައި ހިނގައިދާ ކުށްތައް ފަރުވާތެރިކަމާއެކު މުސްތަނަދު ކޮށްފައިވީ ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ސަރުކާރާއި، ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް […]

ސްވީޑެންގައި ޤުރުއާން އެންދުން ހުއްދަކުރާތީ ތުރުކީން ރުޅިވެރިކަން ފާޅުކޮށްފި

ސްވީޑެންގެ ސްޓޮކްހޮލްމް މިސްކިތުގެ ބޭރުގައި ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ތުރުކީގެ ދާޚިލީ ވަޒީރު ހާކާން ފިޛާން ނުރުހުންވެ ރުޅިވެރިކަން ފާޅުކުރައްވައިފިއެވެ. ސްވީޑެންގެ މި އަމަލަކީ އެގައުމުން ނޭޓޯއާއި ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުމަށް ތުރުކީއިން އެއްބަސްވުމަށް އެޅޭނެ ހުރަހެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ”އަޟްހާ ޢީދުގެ މުނާސަބު ދުވަހުގައި ސްވީޑަންގައި ކީރިތި ޤުރުއާނާއި ދެކޮޅަށް ހިންގި ހުރުމަތްތެރިކަންކުޑަ މުޑުދާރު އަމަލު އަޅުގަނޑު ކުއްވެރިކުރަން.“ ބުދަ ދުވަހު ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. […]