ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަ ގޮތުން ވާދަކުރައްވަނީ

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ. އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ދެއްވި 30 ސިކުންތުގެ ވީޑީއޯ މެސެޖެެއްގަ އެވެ. ”ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ކަންކަން އިސްލާހުކުރުމުގެ މާތް މަގުސަދުގައި މާތްﷲ ގެ […]

ހުކުމަށް ފަހު ޖަމީލް: ދަ ފައިޓް އިސް އޮން، ގެއަށް ވަދެ ފިނޑި ބައެއްގެ ގޮތުގައި ނުތިބޭނަން!

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކަންތައްކުރާ […]

ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ ނަގައިފި

ކުއްޖަކަށް ދިރުވާލެވުނު ކުޅޭ އެއްޗެއް އައިޖީއެމްއެޗްގެ ޑޮކްޓަރުން އެ ކުއްޖާގެ ފުއްޕާމެއިން ނަގައިފި އެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހޮސްޕިޓަލުގެ ރެސްޕިރެޓަރީ މެޑިސިން ޓީމުން، ކުޑަ ކުއްޖެއްގެ ކަނާތު ފުއްޕާމޭގެ ތެރެއިން ސޮފްޓް ޓޯއީއެއްގެ އަޑު ގޮވާ ތަންކޮޅު ނަގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޓީމާއި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް އެ ޑޮކްޓަރު ވަނީ ފާހަގަ ކުރައްވަ އެވެ. ”އެ ކުއްޖާ […]

އިސްލާމްދީނަށާއި މާތްﷲ އަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދަ އުފުލައިފި

އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އިސްލާމްދީނަށް ފުރައްސާރަކޮށް އިނގިރޭސިވިލާތުގައި ނބޭރުގައި ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރިވެ، އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަމިއްލައަށް ހިއްސާކޮށްފި އެވެ. އެ އެއްވުމުގައި ބައިވެރިވި ދިވެއްސަކީ، ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި، އިސްލާމްދީނަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހަމުން ގެންދިޔަ ހުސައިން ޝައިހާން އެވެ. އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށް ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް […]

ކޮކޯ ބޮޑު ހިތި ޕޫލެއްގައި 8 އަހަރުގެ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭ އަތޮޅުގައި ހިންގާ ކޮކޯ ބޮޑު ހިތި ރިސޯޓުގެ ޕޫލެއްގައި އަށް އަހަރުގެ ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެނގފިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އިންޑިއާއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ރިސޯޓުގެ އިންޑޯ ޕޫލެއްގެ ތެރޭފައި އެ ކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އިއްޔެ ހަވީރުއެވެ. އެ ކުއްޖާގެ މަރުގެ ސަބަބު ސާފުވެފައިނުވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރައިގެން 40 […]

ސަރުކާރު ނިމުމަކަށް ގެންނަން ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅޭނަން: ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅި މަސައްކަތް ކުރާނެ ކަމަށްއިދިކޮޅު ޕީޕީއެމުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މި ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ޖެއްސުންކުރަމުންދާ ކަމަށާއި މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. ސިޔާމް ވިދާޅުވީ، ޕީޕީއެމާ ރައީސް ނަޝީދު އިސްވެ […]

ރަހީނުކޮށްފައި ތިބި ތިން ދިވެހީންނަށް ސީރިއަސް އަނިޔާއެއް ނުވޭ، ފަރުވާއަށް ފަހު ދޫކޮށްލައިފި

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި ތިން ދިވެހިންނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ އެމީހުންނަށް ސީރިއަސްް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މިހާރު އެމީހުން ގެއަށް ދޫކޮށްލާފައި ވާކަމަށެވެ. ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ދޮރު ވައްޓާލައި އެގެއަށް ވަދެއެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުންނަށް އެކިވަރުގެ އަނިޔާވަނީ ދީފައެވެ. އެ މައްސަލައިގައި މިހާތަނަށްވަނީ ކުޑަކުއްޖަކާއި 18 އަހަރުން […]

މަސްތުނުވާން ނަސޭހަތްތެރިވި މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ދެ މަހަށް ޖަލަށް

މަސްތުވާތަކެތި ބޭނުން ނުކުރަން ނަސޭހަތްތެރިވުމުން މަންމައަށް އިންޒާރުދިން މީހަކު ދެ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް މިދިޔަ ބުރާސްފަތި ދުވަހު ކުރީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. މި މައްސަލައަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:42 ހާއިރު ސ. މީދޫ، ބަށިމާގޭ އަފްސަން ލަތީފް، އޭނާ ދިރިއުޅޭ ގޭގައި އޭނާގެ މަންމައާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އިންޒާރު ދީފައިވާތީ، ދައުލަތުން އުފުލާފައިވާ ”އަނިޔާއެއް ދީފާނެ ކަމުގެ […]

މާލޭ ގެއެއްގައި ތިން ދިވެހިން ރަހީނުކޮށް އަނިޔާކޮށްފި

މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުނަށް ލިބިގެން، ބާރުގެ ބޭނުންކޮށްގެބް އެ ގެއަށް ވަން އިރު އެ ގޭގައި ތިން މީހަކު ރަހީނުކޮށްފައި ތިބި ކަމަށެވެ، ފުލުހުން ބުނި ގޮތުގައި ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ސަލާމަތްކޮށް ފަރުވާ […]

އާރްޓީއެލް ބަހަކާއި ސައިކަލެއް ޖެހި ޒުވާނަކަށް އަނިޔާތަކެއް!

ސައިކަލަކާއި ބަހެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:51 ގައި ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ، އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ އާރްޓީއެލްގެ […]