އިސްލާމްދީނަށާއި މާތްﷲ އަށް ފުރައްސާރަކޮށް ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދަ އުފުލައިފި

Loading

Facebook
Twitter
WhatsApp

އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އިސްލާމްދީނަށް ފުރައްސާރަކޮށް އިނގިރޭސިވިލާތުގައި ނބޭރުގައި ބޭއްވި އެއްވުމެއްގައި ދިވެއްސަކު ދިވެހި ދިދައާއެކު ބައިވެރިވެ، އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އަމިއްލައަށް ހިއްސާކޮށްފި އެވެ.

އެ އެއްވުމުގައި ބައިވެރިވި ދިވެއްސަކީ، ކީރިތި ރަސޫލާ (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި، އިސްލާމްދީނަށާއި ކީރިތި ގުރުއާނަށް ހަޖޫޖަހަމުން ގެންދިޔަ ހުސައިން ޝައިހާން އެވެ.

އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށް ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވެފައިވަނީ ޝައިހާން ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓު ހިފަހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ.

އޭނާގެ ޓުވިޓާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ވަނީ މާތްﷲ އަށް ނިސްވަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދީ، އެފަދަ ކަންކަމާ ދެކޮޅަށް އިސްލާމީ ގައުމުތަކުގައި ހަދާފައިވާ ގާނޫނުތަކާ ދެކޮޅު ޕޯސްޓަރުތަކެކެވެ.

އެ ގައުމުގައި ދިރިއުޅޭ ”އެކްސް މުސްލިމުން“ މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ މުޒާހަރާގައި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ”ޕްރައިޑް ފްލެގް“ އެމީހުން އުފުލި އިރު، ޝައިހާން ހުރީ ދިވެހި ދިދައެއް ހިފައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް