އެޕެންޑިކްސް ދުޅަވަނީ ކީއްވެކަމާއި އޭގެ ފަރުވާ

އެޕެންޑިކްސްއަކީ ކުޑަގޮހޮރާއި ބޮޑު ގޮހޮރު ގުޅުވުމައިދޭ ”ސީކަމް“ ގެ ފަހަތުން ހަށިގަނޑުގެ މެދާ ގާތްވީ ފަރާތުގައި އިލިއޯސީކަލް ވޭޅް އަށްވުރެއެއް އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައިވާ އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އެޕެންޑިކްސް ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެކެވެ. އެޕެންޑިކްސް ދުޅަވުމަކީ އޭގައި ޖަރާސީމް އަޅައި ދުޅަވެ، ދޮސްގަންނަގޮތް ވުމެވެ. އެޕެންޑިކްސް ދުޅަވެފައިވާކަމުގެ އަލާމާތްތައް: ބަނޑުގެ ކަނާތް ފަރާތުން ތިރީގައި ރިހުންހޮޑުލުން/މޭނުބައިކުރުންހުން އައުންކުއްލިއަކަށް ތަދުވާން ފެށުމާއެކު ނިދަންވެސް އުދަގޫވެ […]
ނޮޅިވަރަމްފަރު ސްކޫލުގެ ޤުރުއާން ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ތަހުގީގުކުރަނީ

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ކިޔަވައި ދެމުން އަންނަ ޓީޗަރަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ނޮޅިވަރަންފަރުގައި ދެ ފިރިހެނެނަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި، އެއްޖިންސުން ގުޅުންހިންގިކަމުގެ […]
މަހަކަށް ވުރެ ގިނަ ދުވަސް ފަހުން މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފިއެވެ. މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގައި ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެންނެވެ. މުހައްމަދު އިސްމާއީލްގެ ބަންދާމެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރުމުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު މުހައްމަދު އިސްމާއިލްގެ ބަންދަށް ޖެހީ 30 ދުވަހެވެ. މުހައްމަދު އިސްމާއިލްގެ ބަންދާމެދު ގޮތެއް […]
ނާޒިމްގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މި މައްސަލައިގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުއްޓައި މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ފުރަތަމަ ގެންދިޔައީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުން އޭނާއަށް ފުރަތަމަ ޖެހީ ހަތް ދުވަހެވެ. ބަންދުގެ މުއްދަތު ހަމަވުމުން، ކްރިމިނަލް […]
ފުޓުބޯޅަ ސީޒަނާ ދިމާކޮށް އަގުހުރި އިނާމުތަކާއެކު ”ދަ ނޯމަން“އިން ފެންޓަސީ ލީގެއް ފަށައިފި

ސަބް ސޭންޑްވިޗަށް މަޝްހޫރު ”ދަ ނޯމަން“އިން ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނާ ދިމާކޮށް ފެންޓަސީ ލީގެއް ފަށައިފިއެވެ. ދަ ނޯމަންގެ މެޖޭނަރު އަބްދުﷲ ނައުފަލް ”ސަންދާނަށް“ މިއަދު ވިދާޅުވީ، ފެންޓަސީ ލީގާ ދިމާކޮށް، ނޯމަންގެ ވަކި ހާއްސަ ލައުންޖެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. ”މި ލައުންޖު އަޅުގަނޑުމެން މި ތައްޔާރުކުރީ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ކަސްޓަމަރުންނަށް އައިސް މެޗުތައް ބަލާލެވޭނެ ގޮތަށް. މި ލައުންޖުން ނޯމަންއިން ލިބޭ ހުރިހާ އައިޓަމެއް ލިބޭނެ.“ނައުފަލް ވިދާޅުވިއެވެ. މި ލައުންޖު ހަދާފައިވަނީ ސްމޯކިން […]
ޝައިހު ނިޝާން ބަންދު ކުރި މައްސަަލައިގެ އިސްތިއުނާފު ހުކުމް ކުރުން މިއަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރިޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށްފި އެވެ. ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު 10:30 ގައެވެ. ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހައިކޯޓަށް ހުށަހެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ […]
އެއްޖިންސުން ގުޅުން ނުހިންގަން، ވީޑިއޯއަކީ އެޑިޓެއް: ނާޒިމް ސައްތާރު

ބަންގްލަދޭޝް ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާކަމަށް ފެންނަ ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ނާޒިމް ބުނެފިއެވެ. ނާޒިމް މިފަދައިން ބުނެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް މިމަހުގެ 29 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ. ކޯޓުގައި ނާޒިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް […]
ވިޔަފާރިވެރިޔާ މަހްމޫދުގެ ގާތިލް ސާލިމް މަރަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރަލިކަމަށް ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައި ދަނގެތީ ފަޅު ގޯއްޗެއްގެ ފެން ވަޅުގެ ތެރޭގައި ގޯންޏެއް ބޮލަށް މެހުމަށް ފަހު ބޯކޮޅު ވަތަށް ވައްޓާލައިފައި އޮއްވައެވެ. މަހްމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާތީ އޭނާ މަރާލުމަށް ކްރިމިނަލް […]
ރާއްޖޭގެ މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދޭން ނިންމައިފި

ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތައް ވަގުތަށް ނިންމަން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީމާލެ، ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެގައުމާއެކު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެބޭފުޅުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މޯދީ […]
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން ގަބޫލުކުރައްވައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލު ކުރައްވައިފި އެވެ. ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ ރޭ އެ ދެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި […]