ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ގދ. ނަޑެއްލާގައި އެކަނި މަސް ހިފަން މޫދަށް ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އެމީހާ މަރުވެފައި އޮއްވައި ފެނުނީ މިއަދު މެންދުރުފަހު 3:00 ހާއިރުއެވެ. ”ސަންދާނަށް“ އެނގިފައިވާ ގޮތުގައި އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މަސް ހިފަން ދިއުމަށްފަހު އެނބުރި ނައިސްގެން އޭނާ ހޯދުމަށް ދިޔަ އޭނާގެ ދަރީންނަށެވެ. އެމީހާގެ ހަށިގަނޑު މިވަގުތު އޮތީ އެރަށު ސިއްހީ މަރުކަޒުގައެވެ.

އަދުރޭގެ އިންޒާރު ސަރުކާރަށް: ނަމަނަމަ ރައީސް ޔާމީނާ ކުޅެން ނުހަދާތި، އެއީ ގައުމުގެ މިނިވަންކަމާ ކުޅުން!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ކުޅުމަކީ، ރާއްޖޭގެ މިނިވަންކަމާ ކުޅުންކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ހޫނު ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ. އިދިކޮޅު ކޯލިޝަނުން ބޭއްވި ”ހޯޕް ކޮންފަރެންސް“ ނިންމުމަށް އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި، ”ދުއްޕާން“ ޖަލްސާގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ހަރާން ހުކުމެއް ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި […]

ޕްރޮގްރެސިވް ކޯލިޝަނުން އާޓިފިޝަލް ބީޗު ފުރާލައިފި، އަހުދުވީ ރައީސް ޔާމީން މިނިވަންކޮށް ވެރިކަމަށް ގެނައުމަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން އަހުދުވެއްޖެ އެވެ. ”ހޯޕް ކޮންފަރެންސް“ ގެ މަންދޫބުން މި އަހުދުވީ މީގެ ތިން ދުވަސް ކުރީން ފެށި ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ”ދުއްޕާން“ ޖަލްސާގައެވެ. މި ޖަލްސާގައި އަހްދު އިއްވައިދިނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދެވެ. މަންދޫބުން ވީ […]

ސިޙްރު ޖެހިފައިވޭތޯ އަމިއްލައަށް ބަލާލެވޭނެ ގޮތް މިއޮތީ!

ސިހުރަކީ، ޢަރަބި ބަހުންނަމަ ސިޙްރު އެވެ. އަސްލުގައި މިލަފުޒު ބޭނުން ކުރަމުން އައިސްފައިވަނީ، މީހަކު ވަކި ކަހަލަ ބާރުތަކެއްގެ ބޭނުން ކޮށްގެން، އަނެކެއްގެ ހަށިގަނޑަށް ނުވަތަ ބުއްދިއަށް ގެއްލުމެއް ދިނުމަށެވެ. ބުނެވޭގޮތުގައި ސިހުރު ހަދާމީހާ އެކުރާ ކަމެއްގެ ސަބަބުން، މީހަކު ބަލިވެދާނެ އެވެ. ނުވަތަ މަރުވެދާނެ އެވެ. ނުވަތަ މޮޔަވެދާނެ އެވެ. މިކަމަށް އިނގިރޭސި ބަހުން ”ވިޗްކްރާފްޓް“ ނުވަތަ ”ސޯސަރީ“ ނުވަތަ ”ބްލެކް މެޖިކް“ ކިޔައި އުޅެއެވެ.މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އެމީހެއްގެ އީމާންތެރިކަން ވިއްކާލައި ޖިންނީންނާ ދޯޅުވުމަށްޓަކައި […]

ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރު ނެގުމުގައި ކަނޑައެޅި ލިމިޓުތައް އުވާލައިފި އެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށެވެ. ޑޮލަރުގެ ލިމިޓު އުވާލުމުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 […]

ޕްރައިމަރީގެ ވޯޓާ ދިމާކޮށް ފޭދޫން ގޯތި ދޫކުރަން ކުރި އިއުލާނު ކެންސަލްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، އިއުލާން ކުރި އައްޑޫ ސިޓީ ފޭދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ކެންސަލްކޮށް، ގޯއްޗަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކޮށްފިއެވެ. ފޭދޫ އަވަށު އޮފީހުން މިއަދު ބުނީ، ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުން މިހާރު ބަންދު ކޮށްފައިވާ ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު ބަންދުކުރީ ފޯމްގައި މައްސަލައެއް އޮތުމުން ފޯމް އިސްލާހް ކުރުމަށް ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފޭދޫން 300 ގޯތި ދޫކުރަން އިއުލާނުކޮށްފައެވެ. އޭގެތެރެއިން […]

މިންނަގަން ގޮސް، އަންހެން ކުއްޖެއްގެ އުރަމަތީގައި ބިދޭސީއަކު ހިފިކަމަށްބުނާ މައްސަލަ ސާބިތެއް ނުވި

ހެދުމެއް ފަތިޖަހަން ކުއްޖާގެ މިންނަގަން ޖެހޭކަމަށް ބުނެ ކުއްޖަކާ ބެހުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ، ބަންގްލަދޭޝް މީހަކު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގެ މެންދުރު ފަހު، ގެއަކަށް ގޮސް ކުޑަ އަންހެން ކުއްޖެއްގެ ހެދުމެއްގެ ފަތި ޖަހަން، އެ ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ އުރަމަތީގައި ހިފައި ކުއްޖާ ހިފެހެއްޓުމަށްފަހު އުރަމައްޗަށް ފިއްތިކަމަށް ބުނާ މައްސަލައެކެވެ. ކުޑަ ކުދިންނަށް ޖިންސީ […]

ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ، ގިނައީ ބޭރަށްހިންގުން!

އެކި ވަށްތަރުތަކުގެ ބަލިތައް ގިނަވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޓު އެއްކޮށް ފުރިއްޖެ އެވެ. އައިޖީއެމްއެޗުގެ އޮފިޝަލަކު ”ސަންދާނަށް“ މިއަދު ވިދާޅުވީ، ކުޑަކުދިންގެ މެދުގައި މި ދުވަސްވަރު އެންމެ ގިނައީ ނިއުމޯނިއާ ބޭރަށް ހިންގުން އަދި ހޮޑުލެވުން ކަމަށެވެ. އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު އެއްކޮށް ފުރިފައިވާ ކަމަށެވެ. އެ ވޯޑުގައި 33 އެނދު ހުރެއެވެ. މިފަހަކަށް އައިސް ރާއްޖޭގައި އެކި ކަހަލަ ބަލިތައް ފެތުރުން ވަނީ އިތުރު ވެފައެވެ. އެގޮތުން ބޭރަށް ހިނގުމާއި އަރިދަފުސް ރޯގާ […]

މަދު ފައިސާކޮޅަކަށް ދިވެހި އަންހެނުން ނީލަން ކިޔަނީ! ހުއްޓުވޭނެތަ؟ ހުއްޓަން ބޭނުން ނުވަނީތަ؟

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. ނަމަވެސް ރާއްޖޭގެ ހާލަތަށް ނަޒަރު ހިންގާލާއިރު ހުޅަނގުގެ ގިނަ އާދަތައް ދިވެހީންގެ ތެރެޔަށް މިވަނީ މޫލައިފައެވެ. ފާހިޝް ކަންކަން ރާއްޖޭގައި އާއްމުވެއްޖެއެވެ. ބަނގުރަލާއި މަސްތާއި މިހެން ގޮސް މި ލިސްޓު ކިތަންމެ ދިގަށްވެސް ދަންމާލެވިދާނެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި އަމިއްލަ ޖިސްމު މަދު ފައިސާކޮޅަކަށް ނީލަން ކިޔުން ފަދަ މުޑުދާރު ކަންކަން ދިވެހިންގެ ތެރޭގައި މިވަނީ އާއްމުވެފައެވެ. ރާއްޖޭގައި ހާއްސަކޮށް ފުރަ މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރެއްގައި ކުރަމުން […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް 73 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކ. އއ. އދ. އަދި ވ. އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދާމެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާނެއެވެ.