އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ފެށުނުފަހުން އެމެރިކާގެ ގިނަބަޔަކު އިސްލާމްވެއްޖެ

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ފެށުނުފަހުން ރިކޯޑު އަދަދަކަށް އެމެރިކާ ރައްޔިތުން އިސްލާމްދީނަށް ވަންނަމުން އަންނަ ކަމަށް ބައިލައިން ޓައިމްސްގެ ކޮލަމްނިސްޓެއްކަމަށްވާ ކޯޓްނީ ޖޭ ވާލްމަންގެ ”ދަ ސީޖޭ ވާލްމަން ޝޯވ“ ގައި ޝާއިއުކުރި ވީޑިއޯއެއްގައި އޭނާ ބުނެފިއެވެ.  އެގޮތުން، ވާލްމަން ބުނީ އިސްލާމްވަމުންދާ އެމެރިކާ ރައްޔިތުންގެ އަދަދު އިތުރުވެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދޭތެރޭގައި ކަންތައް ކުރަމުން ގެންދާ ގޮތް ފެނި، މައްސަލައިގެ ހޭލުންތެރިކަން އިތުރުވުމުން އާންމުންގެ ޚިޔާލު ފަލަސްތީނާއިއެކުގައި ވާތީ ކަމަށެވެ. އަދި ފަލަސްތީނުންގެ […]

ނަތަންޔާހޫގެ އަސްކަރީ ލަނޑުދަނޑިތައް ޣައްޒާގައި ކާމިޔާބުނުކުރެވޭނެ، ކުރިޔަކަ ނުވެސްދޭނަން: ހަމާސް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ކާމިޔާބުކުރަން ބޭނުންވާ އަސްކަރީ ލަނޑުދަނޑިތައް ކާމިޔާބުނުވާނެކަމަށާއި، އެކަން ކުރިޔަވެސް ނުދޭނެކަމަށް ހަމާސްގެ މުޖާހިދީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.  ހަމާސްގެ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ހަގީގީ މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭލުންކަމަށާއި، ދުޝްމިނުންގެ ރޭވުންތަކަށް ޣައްޒާގެ ރައްޔިތުން ނުލެނބޭނެކަމަށެވެ. އަދި އިސްރާއީލުން ކިތަންމެ ބޮޑު ހަމަލާތަކެއް ރޭވިނަމަވެސް، ދޭކޮންމެ ހަމަލާއަކަށް މުޖާހިދީން ތިބީ ތައްޔާރަށްކަމަށް އެބަޔާނުގައި ވެއެވެ.  ހަމާސް އިން ބުނެފައިވަނީ ފާއިތުވި ތިން ދުވަހުގެ […]

ރައީސް ޕުޓިން ސައުދީ އާއި ޔޫއޭއީއަށް ވަޑައިގެންފި

ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން ބުދަ ދުވަހު ސައުދީ އަރަބިއާއަށާއި އެކުވެރި އަރަބި އިމާރާތަށް ޒިޔާރަތްކުރައްވައިފިއެވެ. ރަޝިއާއާއި ޔޫކްރޭން ހަނގުރާމަ މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ޕުޓިން މެދުއިރުމައްޗަށް ކުރެއްވި މިދަތުރުފުޅަކީ މެދުއިރުމަތީގެ ހަމަޖެހުމަށް ވަކާލާތުކުރުމަށް ކުރެއްވި ދަތުރުފުޅެއްކަމަށް ޚަބަރުތަކުން ބުނެއެވެ. އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާ، ކޮޕް28 ކުރިއަށް ގެންދިޔަ ޔޫއޭއީގެ އަބޫ ދާބީއަށް ޕުޓިން ވަޑައިގަތްއިރު، މިއީ ކޮރޯނާވައިރަހުގެ އާލަމީ ވަބާއާއި، ޔޫކްރޭން ހަނގުރާމަ ފެށުމުގެ ފަހުން މިސަރަހައްދަށް އޭނާ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.  ޕުޓިން […]

ފަލަސްތީނު މަތިން ހަނދާން ނައްތާލައި، އޮތް ހާލެއްގައި އޮތުމަށް ދޫކޮށްލަނީ ހެއްޔެވެ؟

އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ގަތުލުއާންމަށް ނިމުމެއް ނާދެއެވެ. އިންސާނިއްޔަތުކަމެއް ނެތި ޣައްޒާގެ ދަރީން ޤަތުލުކުރަމުންދާ މަންޒަރު ބެލުމަކީ ގިނަ ބައެއްގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ.  ގަތުލުއާންމުގެ ކުރީކޮޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އާންމުންގެ ގިނަ ބަޔަކު ގެންދިޔައީ، އެކްސްފަދަ މީސްމީޑިއާގެ ވިއުގަތަކުގައި އިސްރާއީލާއި ދެކޮޅަށް ކުރަމުން ގެންދިޔަ ޑިޖިޓަލް ހަނގުރާމައިގައި ބައިވެރިވަމުންނެވެ. އެތައް މިލިއަން ރައްޔިތުންނެއް ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލުގެ އެތައް ބިލިއަން ޑޮލަރުގެ ޕްރޮޕެގެންޑާ […]

ޔޫއެން އޮފިޝަލުގެ ވިސާ ބާތިލުކުރުމުން އިސްރާއީލަށް ހަމާސްގެ ފާޑުކިޔުން

ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ހިޞާރުވެރި ސަރުކާރުން ހިންގަމުންގެންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލުން ދައްކާ ވާހަކަތައް ގަބޫލުކުރުމަށް ދެކޮޅު ހެދުމާއި ގުޅިގެން އެކުވެރި ދައުލަތުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރ ލިން ހޭސްޓިންގްސްގެ ވިސާ ބާޠިލުކޮށްފައިވާތީ، ހަމާސްއިން ނުރުހުން ފާޅުކޮށްފިއެވެ.  އިސްރާއީލުގެ މިނިންމުން ހަމާސްއިން ސިފަކުރީ ”ކިބުރުވެރި“ ނިންމުމެއްގެ ގޮތުގައެވެ. ”ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޒަޔަނިސްޓުން ހިންގާ ގަތުލުއާންމާއި ނަސްލު ފުހެލުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ހަގީގަތް އޮޅުވާލުމަށްޓަކައި އެމީހުން ގެންދަނީ ދޮގު މައުލޫމާތު ފަތުރަމުން.“ ހަމާސްއިން ބުދަ ދުވަހު ނެރުނު […]

ބޮއިކޮޓުގެ ސަބަބުން ސްޓާބަކްސްއަށް 11 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ

މަޝްހޫރު ކޮފީވިއްކާ ފްރެންޗެއިޒް، ސްޓާބަކްސްގެ ސްޓާބަކްސް އިންކްއަށް ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި 10.98 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާކަމަށް ހިއްސާގެ ބާޒާރުގެ ހިސާބުތަކުން ދައްކައިފިއެވެ.  ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ދެކޮޅަށް ދުނިޔޭގެ ރައްޔިތުން ހިންގަމުންގެންދާ ބޮއިކޮޓް ހަރަކާތާއި، އެކުންފުނިތަކުގެ މުވައްޒަފުން ކުރަމުންގެންދާ ހަޅުތާލުތަކުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ.  އިޖުތިމާޢި އެތައް މައްސަލައަކާއި ހުރި ދުނިޔޭގެ ބާޒާރުގައި ހޫނުފެނަށް ވެއްޓިފައިވާ ސްޓާބަކްސްގެ ހިއްސާދާރުން އެމީހުންގެ ހިއްސާތައް އަނބުރައި […]

އިރާނުން ކަނޑުއަޑީގެ ޑްރޯންއެއް ތައްޔާރުކުރަނީ

ނޭވަލް މައިންތައް ދެނެގަނެ، އެއަށް ހަމަލާދީ، ހަލާކުކޮށްލުމުގެ ކުޅަދާނަކަން ހުންނަ އަންމޭންޑް އަންޑަރވޯޓާ ވިހެކަލް (ޔޫޔޫވީ) އިރާނުގެ ނޭވީއިން ދައްކާލައިފިއެވެ. އިރާނުން އެގައުމުގައި އުފެއްދި މި ކަނޑުއަޑީގައި އޮޕްރޭޓްކުރާ ޑްރޯންއަކީ މީހަކާއިނުލައި ދުއްވޭ އުޅަނދެކެވެ. މި އުޅަނަދުން ކަނޑުއަޑީގައި ހުންނަ ގިނަ އަދަދެއްގެ މައިންތައް ދެނެގަނެ ހަލާކުކޮށްލެވޭއިރު، އިރާނުގެ ޔޫޔޫވީއަކީ 24 ގަޑިއިރު ކަނޑުއަޑީގައި ހޭދަކުރެވޭ 200 މީޓަރު އަޑިން ދަތުރުކުރެވޭ އުޅަނދެއްވެސް މެއެވެ. ޕާޝިއަން ގަލްފަކީ އެހައި ފުން ކަނޑަކަށް ނުވުމުން، 10 މީޓަރާއި 50 މީޓަރުގެ […]

އިރާނުގެ ފުރަތަމަ ބަޔޯ-ސްޕޭސް ކެޕްސޫލް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފި

ސަލްމާން ލޯންޗު އުޅަނދެއްގެ އެހީގައި އިރާނުގެ ފުރަތަމަ ބަޔޯ-ސްޕޭސް ކެޕްސޫލް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ. ބަޔޯސައިންސްގެ ދާއިރާގެ ރީސާޗަށް އެހީތެރިވުމަށްޓަކައި މުސްލިމް ގައުމަކުން ތައްޔާރުކޮށް ފޮނުވާލި ފުރަތަމަ މިފަދަ ކެޕްސޫލް އިރާނުން ޖައްވަށް ފޮނުވާލާފައިވަނީ ބުދަދުވަހުގައެވެ. މި ކެޕްސޫލަކީ 500 ކިލޯގެ ބަރުދަނެއް ހުންނަ ކެޕްސޫލެކެވެ. އަދި ދުނިޔޭގެ ބިމުން 130 ކިލޯމީޓަރު މަތީގެ އޯބިޓަކަށް ސަލްމާން ލޯންޗަރުގެ އެހީގައި މި ކެޕްސޫލް ވާސިލުކޮށްފައިވަނީ 10 އަހަރުދުވަހުގެ ލަސްވުމަކަށް ފަހުގައެވެ.  މި ޕްރޮޖެކްޓަކީ އިރާނިއަން ސްޕޭސް އޭޖެންސީ […]

ކިއުބާގެ ރައީސް އިރާނަށް ވަޑައިގަނެފި

ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމަށްޓަކައި ކިއުބާގެ ރައީސް މިގޭލް ޑިއޭޒް-ކެނެލް އިރާނަށް ވަޑައިގެން އެގައުމުގެ ސުޕްރީމް ލީޑަރ އަލަތުﷲ ޙަމަނައީ އާއި ބައްދަލު ކުރައްވައިފިއެވެ. ް ކިއުބާގެ ރައީސްގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ޓެކްނޮލޮޖީ، ސިއްހީ، އެގްރިކަލްޗަރ، ހަކަތައާއި މައިނިންގް، މުވާސަލާތީ އަދި މެޑިސިންގެ ދާއިރާއިން ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑިއޭޒް-ކެނެލްއާއި އިރާނުގެ ރައީސް އިބްރާޙިމް ރައީސީގެ ހާޟިރުގައެވެ. ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ […]

ޖިންސީ އަޅުންގެ ރިންގެއް ގެންގުޅުނު ޔޯގާ ގުރޫ ހައްޔަރުކޮށްފި

ބައިނަލްއަޤްވާމީ ތާންތްރިކް ޖިންސީ އަޅުންގެ ރިންގެއް ގެންގުޅުނު ޔޯގާ ގުރޫއެއް ހައްޔަރުކޮށްފިއެވެ. ހައްލައިގެން، މީހުންގެ ހުއްދަ ދިނުމުގެ ހައްގު ނަގާލައި، މީހުން އަޅުވެތިކޮށްގެން ގެންގުޅުނު ރޫމޭނިއާއަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ ފްރާންސުގެ ޕެރިހުގައި ހިންގި ރެއިޑެއްގައެވެ. 175 އޮފިސަރުންގެ ބޮޑު އޮޕަރޭޝަނެއްގައި، އުމުރުން 71 އަހަރުގެ ގްރެގޮރިއަން ބިވޮލަރު ހައްޔަރުކުރީ އިތުރު 40 މީހުންނާއެކުގައެވެ. އޭނާ ހިނގި ރިންގުގައި އުމުރުން ދޮށީ ފުރައިގެ އެތައް ބަޔަކު ތިބިއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ރައްޔިތުން ތިއްބެވެ. […]