ހަވާލުކުރާ ކޮންމެ ހަމާސް ލީޑަރެއްގެ ބޮލަކަށް ފައިސާގެ އިނާމު ދޭނެކަމަށް އިޒްރޭލުން ބުނެފި

ހަމާސްގެ އިސް ލީޑަރުން ތިބިތަނުގެ މައުލޫމާތު ހާމަކުރާ ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދޭނެކަމަށް ބުނާ ލީފްލެޓުތަކެއް އިސްރާއީލުގެ ސިފައިން ޣައްޒާގައި ބަހައިފިއެވެ.  މިގޮތުން، ޔަހްޔާ ސިންވާރްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 400،000 އެމެރިކާ ޑޮލަރު، މުޙައްމަދު ސިންވާރްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 300،000 އެމެރިކާ ޑޮލަރު، ރަފީޢް ސަލާމްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 200،000 އެމެރިކާ ޑޮލަރު އަދި މުޙައްމަދު ދީފްގެ މައުލޫމާތު ހިއްސާކުރާ ފަރާތަކަށް 100،000 އެމެރިކާ ޑޮލަރުގެ އިނާމެއް އިސްރާއީލުން ވަނީ ހުށައަޅާފައެވެ.  […]

އެއަރ-ޓު-އެއަރ މިސައިލާއެކު އިރާނުން ތައްޔާރުކުރި ކައްރާރް ކޮމްބެޓް ޑްރޯންތައް ދައްކާލައިފި

އެއަރ-ޓު-އެއަރ މިސައިލު ލެއްވޭގޮތަށް އިރާނުން ތައްޔާރުކުރި ކައްރާރް ކޮމްބެޓް ޑްރޯންތައް އާދީއްތަ ދުވަހު ދައްކާލައިފިއެވެ. އިރާނުން ތައްޔާރުކުރި ކައްރާރް ޑްރޯނަކީ 8 ކިލޯމީޓަރު (5 މޭލު) ގެ ރޭންޖުގެ މަޖީދް ތާމަލް މިސައިލު ހަރުކޮށްފައިވާ ޑްރޯނެކެވެ. 2010 ވަނަ އަހަރު އަލަށް ތައާރަފްކުރި ކައްރާރް ޑްރޯނަކީ 1000 ކިލޯމީޓަރު (620 މޭލު) ގެ އޮޕަރެޝަން ރޭންޖުގެ ޑްރޯނެކެވެ.  އިރާނުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، އިރާނުގެ އަސްކަރިއްޔާއިން މި ޑްރޯންތައް ބޭނުންކުރާނީ އެގައުމުގެ ބޯޑަރުތަކުގައެވެ. އެގޮތުން، އިރާނާއި ދިމާލަށް އަމާޒުވާ […]

އިސްރާއީލު ބޮއިކޮޓްކުރުމުގެ ހަރަކާތުގެ އަސަރުތައް ފެންނަން ފަށައިފި

އެއީ ތެދެކެވެ. އިސްރާއީލާއި އެގައުމުގެ މަސްލަހަތު އޮންނަ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގަމުން އަންނަ ބޮއިކޮޓް ހަރަކާތުގެ ނަތީޖާ ފެންނަން ފަށައިފިއެވެ.  މަޝްހޫރު ކުޅިވަރު ސާމާނާއި އަންނައުނު އުފައްދާ ބްރޭންޑެއް ކަމަށްވާ، ޕޫމާއިން އިސްރާއީލު ފުޓުބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) އާއި އެކު އޮންނަ އެއްބަސްވުން އަލެއް ނުކުރާނެއެވެ.  މިއީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގަށް ލިބުނު ނަސްރެކެވެ. ބޮއިކޮޓް ހަރަކާތަށް ލިބުނު ކާމިޔާބެކެވެ. ބޮޑެތި ކުށްތަކަށް އަރައިގަނެ، ބޮޑެތި ޖަރީމާތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ވިޔަފާރި އިނދަޖެހުމުން […]

100 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަނީ

100 ޔޫއެސް ޑޮލަރުގެ ސައްޙަނޫން ނޫޓުތަކެއް ބާޒާރުގައި ދައުރުވަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ދައުރުވަމުންދަނީ 1996 އާއި 2016 ވަނަ އަހަރާއި ދެމެދު ޗާޕުކުރެވިފައިވާ، ހުދު ބޯޑަރު އެޅި 100 ޔޫއެސް ޑޮލަރުގެ ނޫޓުތަކެކެވެ. އަދި އެ ނޫޓުތަކުން ފާހަގަކުރެވުނު ސައްހަ ނޫޓުތަކާއި ޚިލާފު ބައެއް ސިފަތައް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.  މިގޮތުން އެމްއެމްއޭއިން ބުނެފައިވަނީ، މި ނޫޓުތައް ޗާޕުކޮށްފައި ހުރީ ސައްޙަ ނޫޓު […]

ޔަމަނުން ބާބުލް މަންދެބް ކައިރިން ދަތުރުކުރި ބޯޓަކަށް ކްރޫސް މިސައިލް ހަމަލާއެއްދީފި

ރަތްކަނޑުގެ ދެކުނުގައި އޮންނަ ބާބުލް މަންދެބް ކައިރިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ ހޫތީ މުޖާހިދީން އިސްވެ ކްރޫސް މިސައިލް ހަމަލާއެއް ދީފިއެވެ.  އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހޫތީން ދިން ކްރޫސް މިސައިލް ހަމަލާއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އުޅަނދަކަށް ގެއްލުން ވެފައިވާކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ ޚަބަރު ލިބިފައި ނުވާކަމަށެވެ. މި ހަމަލާގައި ގެއްލުން ވެފައިވަނީ މޯޓޯ ޓްރާންސްޕޯޓް ސްޓްރިންޑާ ނަމަކަށް ކިޔާ ބޯޓަކަށެވެ.  އެމެރިކާއިން ބުނެފައިވަނީ ހަމަލާގެ ވަގުތު އެއްވެސް ނޭވީ ބޯޓެއް […]

ހަމަލާތަކުގައި ޝަހީދުވި މީހުންގެ 61 އިންސައްތައަކީ ޣައްޒާގެ އާންމުން: ދިރާސާ

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ 61 އިންސައްތައަކީ އާންމު ރައްޔިތުންކަމަށް ފަލަސްތީނު-އިސްރާއީލުގެ ނޫހަކުން ޝާއިއުކުރި ދިރާސާއަކުން ދައްކައިފިއެވެ.  ހާރެޓްޒް ނޫހުގައި މި މައުލޫމާތު ޝާއިއުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. ޣައްޒާ ސިޓީގެ ޝެޖައިޔާ އަވަށަށް ބޮންއެޅުމުގެ އިތުރުން، ރަފާއަށްވެސް ގެންދިޔައީ ވައިގެ ހަމަލާތައް ދެމުންނެވެ. އެހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މުޅިން ސާފެއްނޫނެވެ.  އިސްރާއީލުގެ އޯޕަން ޔުނިވާސިޓީގެ ސޯސިއޯލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޔާގިލް ލެވީ ލިޔެ ޝާއިއުކުރި މި ދިރާސާގައިވަނީ […]

ހޫތީންގެ އިންޒާރުތަކަށް އެމެރިކާގެ ރައްދަކީ ނޭވަލް ޓާސްކް ފޯސް 153!

ރަތް ކަނޑުން އިސްރާއީލަށް އަދި އިސްރާއީލުން ދަތުރުކުރާ ކޮންމެ ގައުމެއްގެ ބޯޓަކަށްވެސް ހަމަލާދޭނެކަމަށް ބުނެ ޔަމަނުގެ ހޫތީން ދިން އިންޒާރުތަކަށް އެމެރިކާއިން ރައްދުދޭން ތައްޔާރުވެއްޖެއެވެ. މިގޮތުން، ޔަމަނުގެ އަންޞާރުﷲ މުޖާހިދީންނަށް އެމެރިކާއިން ޖަވާބުދޭނީ އެމީހުންގެ ނޭވަލް ޓާސްކް ފޯސް 153 ބޭނުންކޮށްގެންކަމަށް ޚަބަރުތަކުން ބުނެއެވެ. ނޭވަލް ޓާސްކްފޯސް 153 އަކީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ މެރިޓައިމް ޓާސްކްފޯސްއެކެވެ. އެގޮތުން، މި ޓާސްކްފޯހުގައި ހިމެނޭ ބައެއް ގައުމުތަކަކީ ބަހްރެއިނާއި، ބްރެޒިލާއި، ޑެންމާކާއި،ޖަޕާނާއި، ޖޯޑަނާއި، ކުވައިތާއި، […]

ގައުމުވަންތަކަމުގެ ފިކުރަކީ އޭގެ ނުރައްކާ ބޮޑު ފިކުރެއް

އިސްލާމީ ސާދާ ދިރިއުޅުމެއްގެ މައްޗަށް ދިރިއުޅޭ ރައްޔިތެއް ތިބި ގައުމެއްގައި ”ނޭޝަނަލިޒަމް“ ނުވަތަ ގައުމުވަންތަކަމުގެ ފިކުރު އާލާކޮށް ޕްރޮމޯޓުކުރުމަކީ އެންމެ ރަނގަޅު ކަމެއް ހެއްޔެވެ؟ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭ ރައްޔިތުންނަކީ އެމީހުންގެ ހިތްހެޔޮކަމާއި، ކެތްތެރިކަމާއި މެހެމާންދާރީއަށްޓަކައި ފަޚުރުވެރިވާ ބައެކެވެ. މިއީ ގައުމީވަންތަކަމުގެ ފިކުރާއި ދިމާ އިދިކޮޅު ސިފަތަކެކެވެ.  ގައުމުވަންތަކަން ކުރިއަރުވައިގެން މިހާތަނަށް ދިގުމުއްދަތެއްގައ މަންފާކުރި އެއްވެސް މުސްލިމް ގައުމެއް އެބައޮތް ހެއްޔެވެ؟ 1967 ވަނަ އަހަރު މިޞްރާއި، ޖޯޑަނާއި، ސީރިއާ، ހިމެނޭގޮތަށް މުސްލިމު […]

އެމެރިކާގެ އެހީއާއެކު އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގާތާ 64 ދުވަސް

އެމެރިކާގެ އެހީއާއެކު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ސްޓްރިޕްގައި ހިންގަމުންގެންދާ ގަތުލުއާންމަށް 64 ދުވަސް ވެގެންދިޔައިރު، މިދުވަހަށްވެސް އަލިވިލުނީ ޣައްޒާގެ ގެތަކާއި، ކޮށިތައް ބިމާހަމަކޮށް، އާންމު ރައްޔިތުންގެ ގިނަބަޔަކު ޝަހީދުކޮށްލަމުންނެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ. ޚަބަރުތަކުން ބުނާގޮތުގައި، ރޭ އެކަނިވެސް އިސްރާއީލުގެ ނިރުބަވެރި ސިފައިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އެތައް ސަތޭކަ އޭރިއަލް އަދި އާޓިލަރީ ހަމަލާތަކެއް ދީފައެވެ. ގުނަވަންތައް ވަކިވެފައިވާ ހަށިގަނޑުތަކާއި، އަނިޔާވެފައިވާ ގިނަ އަންހެނުންނާއި ކުޑަކުދީންގެ އިތުރުން، އާންމުންގެ ތެރެއިން ހާލުބޮޑު ބަލި މީހުން ހޮސްޕިޓަލްތަކަށް […]

އިސްރާއީލަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއް: ޔަމަން

އިސްރާއީލަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއްކަމަށް ޔަމަނުގެ ސަރުކާރު ހިންގުމާއި ހަވާލުވެތިބި ހޫތީ މުޖާހިދީން ބުނެފިއެވެ.  ”އިސްރާއީލުގެ ބަނދަރުން އަދި އިސްރާއީލުގެ ބަނދަރަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއް. ކޮންމެ ގައުމެއްގެ އުޅަނދެއް ކަމުގައިވީނަމަވެސް ވަރިހަމަ.“ ހޫތީން ބުންޏެވެ.  ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފަހުން އެމީހުން ހިންގި ކެމްޕެއިނުގެ ކާމިޔާބީއަށް ބަލައި، ރަތް ކަނޑާއި ގަލްފް އޮފް އޭޑެން އިން ދަތުރުކުރާ ކޮންމެ އުޅަނދެއް، އެދަނީ އިސްރާއީލަށް ނުވަތަ އަންނަނީ އިސްރާއީލުންކަން ދެނެގަނެވުމާއެކު، ކޮންމެ […]