ހޫތީންގެ އިންޒާރުތަކަށް އެމެރިކާގެ ރައްދަކީ ނޭވަލް ޓާސްކް ފޯސް 153!

Loading

December 12, 2023
profile
Facebook
Twitter
WhatsApp

ރަތް ކަނޑުން އިސްރާއީލަށް އަދި އިސްރާއީލުން ދަތުރުކުރާ ކޮންމެ ގައުމެއްގެ ބޯޓަކަށްވެސް ހަމަލާދޭނެކަމަށް ބުނެ ޔަމަނުގެ ހޫތީން ދިން އިންޒާރުތަކަށް އެމެރިކާއިން ރައްދުދޭން ތައްޔާރުވެއްޖެއެވެ.

މިގޮތުން، ޔަމަނުގެ އަންޞާރުﷲ މުޖާހިދީންނަށް އެމެރިކާއިން ޖަވާބުދޭނީ އެމީހުންގެ ނޭވަލް ޓާސްކް ފޯސް 153 ބޭނުންކޮށްގެންކަމަށް ޚަބަރުތަކުން ބުނެއެވެ. ނޭވަލް ޓާސްކްފޯސް 153 އަކީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކެއް ހިމެނޭގޮތަށް އެކުލަވާލާފައިވާ މެރިޓައިމް ޓާސްކްފޯސްއެކެވެ.

އެގޮތުން، މި ޓާސްކްފޯހުގައި ހިމެނޭ ބައެއް ގައުމުތަކަކީ ބަހްރެއިނާއި، ބްރެޒިލާއި، ޑެންމާކާއި،ޖަޕާނާއި، ޖޯޑަނާއި، ކުވައިތާއި، ޕާކިސްތާނާއި، ފިލިޕީންސާއި، ނިއުޒީލެންޑާއި، ކޮރިއާއާއި، ތައިލެންޑު އަދި އިނގިރޭސިވިލާތެވެ. ޔަމަނުން ފޮނުވާ ހަމަލާތަކުން ރަތްކަނޑުން ދަތުރުކުރާ އުޅަނދުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އެމެރިކާގެ ސަރުކާރުންވަނީ މި ޓާސްކްފޯހުގައި ހިމެނޭ ގައުމުތަކަށް ގޮވާލާފައެވެ. ޔަމަނުންދޭ ހަމަލާތަކަކީ އިރާނު ފަހަތުގައި އޮވެގެން ދޭ ހަމަލާތަކެއްކަމަށް އެމެރިކާ ސަރުކާރުން އަންނަނީ ބުނަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް