ރަޝިއާއިން އިރާނާއެކު ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނުގައި އުފައްދާ ހަތިޔާރު ގަތުމަށްޓަކައި ރަޝިއާއިން އިރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  ރަޝިއާގެ ދައުލަތުގެ ޚަބަރު ޗެނަލް ކަމުގައިވާ، އާރްއައިއޭ ނޮވޮސްޓީ އިން އެގައުމުގެ ދިފާޢީ ވުޒާރާއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިއާގެ ދިފާޢީ ވުޒާރާއިން އިރާނުން ގިނަ އަދަދެއްގެ ހަތިޔާރު ގަތުމަށްޓަކައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.  އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މީގެ މަސްތަކެއް ކުރިން ރަޝިއާގެ ދިފާޢީ ވަޒީރު ސަރްޣޭ ޝޮއިގޫއަށް އެގައުމުން ތައްޔާރުކުރާ ހަތިޔާރުތައް ދައްކާލައިދީފައި ވެއެވެ. 

މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ވަރުގަދަކުރަނީ

މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ފުޅާކޮށް ވަރުގަދަކުރާނެކަމަށް އެސަރަހައްދުގެ މުޖާހިދުންގެ ގުރޫޕްތަކުން ބުނެފައިވާކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ.  ހަމާސްގެ ތަރުޖަމާނު، އަބޫ އުބައިދާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓާފައިނުވާއިރު، އެސަރަހައްދުގެ އެހެން މުޖާޙިދުން އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޚަބަރުތައް އެ ގުރޫޕްތަކުން ލިބިފައިވާކަމަށެވެ.  ހަމާސްއިން މިހެން ބުނެފައިވާއިރު އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންގެ އިސްވެރިންނަށް ޓާގެޓުކޮށް ޤަތުލުކުރަމުން ދިޔުމުން ހިޒްބުއިން އިސްރާއީލަށް ބޮޑެތި ހަމަލާތަކެއް ދޭނެކަމަށް ގަބޫލުކުރެވޭކަމަށް ކަމާއި ބެހޭ […]

މުސާރަދިނުން ހުއްޓާލުމާއެކު އިންޑިއާގެ މުސްލިމް މުދައްރިސުންގެ ވަޒީފާތައް ގެއްލޭނެކަމުގެ ބިރު އުފެދިއްޖެ

ފައިސާ ނެތްކަމަށްބުނެ އިންޑިއާގެ އެންމެ ބޮޑު އާބާދީއެއް ދިރިރުޅޭ ނިއު ދިއްލީގެ އިސްލާމިކް ސްކޫލުތަކުގައި ހިސާބާއި ސައިންސް މާއްދާތައް ކިޔަވައިދޭ 21،000 އަށްވުރެ ގިނަ މުސްލިމް މުދައްރިސުންނަށް މުސާރަދިނުން ހުއްޓާލާފައިވާއިރު، އެވަޒީފާތައް މުޅިންހެން ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރަކުން ހާމަކޮށްފިއެވެ.  މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީއިން ވެރިކަންކުރާ އުއްތަރް ޕްރަދޭޝްގެ މަދަރުސާތަކުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލާފައިވަނިކޮށެވެ. […]

މި ހަނގުރާމައަކީ ”ޒަޔަނިސްޓް ގޭންގް“ އާ ދެކޮޅަށް ކުރާ ހަނގުރާމައެއް: ހޫތީ މުޖާހިދުން

ޔަމަނުން ކުރަމުން ގެންދާ ހަނގުރާމައަކީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި، ހޫތީން ހަނގުރާމަކުރަނީ އެދެގައުމުގެ ވެރިކަން ކުރުމާއި ހަވާލުވެތިބި ”ޒަޔަނިސްޓް ގޭންގާއި ދެކޮޅަށްކަމަށް ހޫތީން ބުނެފިއެވެ.  ޔަމަނުގެ ހޫތީ މުޖާހިދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެރިކަމުގައި ތިބި ޒަޔަނިސްޓުން އިސްވެ ތިބި ދުނިޔޭގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައިވާކަމަށާއި، އެއްވެސް ބޭނުމެއްނެތް ގިނަ ހަނގުރާމަތަކަކަށް އެމެރިކާގެ ސިފައިން ފޮނުވައި އެ ސިފައިންގެ ފުރާނަ ގެއްލުވާލާފައިވާކަމަށެވެ.  މިގޮތުން، […]

އެމެރިކާއާއި އިނގިރޭސިވިލާތުން ބޭނުންވަނީ ރަތްކަނޑު ލޭގެ ކަނޑަކަށް ހަދާލަން: އުރުދުޣާން

ރަތްކަނޑު ލޭގެ ކަނޑަކަށް ބަދަލުކޮށްލުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މަސައްކަތްކުރާކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.  އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމުގެ މައްސަލަ ބައިންލައަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އިން ބަލަން ފެށުމާއެކު، އިންގިރޭސިވިލާތާއި އެމެރިކާއިން ޔަމަނަށް ބޮން އަޅަން ވަނީ ފަށާފައެވެ. މިކަމާއި ގުޅުވައިގެން ވާހަކަދައްކަމުން ރައީސް އުރުދުޣާން ވިދާޅުވީ މިއީ ވަރުގަދަ ބާރުތަކުން އެއަށްވުރެ ދެރަ ބާރުތަކާއި ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށާއި، އިސްރާއީލުން ޣައްޒާގައި މިކަން ދައްކަމުން ގެންދާކަމަށެވެ. އަދި އިރާނުންވެސް އެމީހުން […]

އެންމެ ފުރަތަމަ ފަލަސްތީނު ރެފިއުޖީން ބަލައިގަތީ ރަޝިއާގެ ދަގެސްތާނުން

ފަލަސްތީނުން ނުކުމެގެން ގެންދިޔަ ފުރަތަމަ 5 ރެފިއުޖީން ބަލައިގަނެފައިވަނީ ރަޝިއާގެ ދަގެސްތާނުންނެ.  ދަގެސްތާނުގެ ބޮޑުވަޒީރު އަބްދުލްމުސްލިމޮވް ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި އިސްކޮށް ހަރަކާތެތެރިވެފައިވާއިރު، އެގައުމަށް ހިޖުރަކުރި ރެފިއުޖީންނަށް އެގައުމުގައި ތިބުމަށާއި، ތައުލީމު ހާސިލްކުރުމަށާއި، މަސައްކަތްކުރުމުގެ މަގުފަހިކޮށް ޚިދުމަތްތައް ވަނީ ގާއިމްކޮށްދީފައެވެ. ފަލަސްތީނުގެ 200 އެއްހައި ރެފިއުޖީންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބިކަމަށްބުނެ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަގެސްތާނުގެ ހެޑް އޮފް ދަގެސްތާން، ސަރްޚޭ މެލިކޮވް ބުނީ، ހައްޤުގެއްލޭ ކޮންމެ ބަޔަކާއި އެކުގައި ދަގެސްތާނުން ތިބޭނެކަމަށާއި، ކާބޯތަކެއްޗާއި ދިރިއުޅޭނެ […]

އެކުއަޑޯގައި ގޭންގުތަކާއި ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އެކުއަޑޯގައި އޮންނަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު ގޭންގުގެ ލީޑަރު ޖަލުން ފިލުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މިގޮތުން، ބަންދުގައި ހުރި އެޑޮލްފޯ މާކީއަސް، އާންމު ނަމުންނަމަ ފީޓޯ، އޭނާގެ ޖަލު ގޮޅިން ފިލާފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގައެވެ. އަދި އޭނާ ޖަލުން ފިލުމުގައި ޖަލު ބަލަހަށްޓަން ތިބި ދެ އޮފިސަރަކު ބައިވެރިވެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި އެކުއަޑޯގެ ޕްރޮސެކިއުޓަރުން ވަނީ އެ ދެ އޮފިސަރުންނާއި ދެކޮޅަށް ކޯޓުގައި […]

ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އެމެރިކާއާއި އިނގިރޭސިވިލާތް އެކަނި

ދެކުނު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އަށް ވެއްދި ގަތުލުއާޏްމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އިނގިރޭސި ވިލާތާއި އެމެރިކާ އެކަންޏެވެ.  މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތިދުވަހު ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކޯޓުގައި  ބޭއްވުނުއިރު، ދެކުނު އެފްރިކާގެ ފަރާތުން ބަޔާން އިއްވުމަށްފަހު އިޒްރޭލުން ގަތުލުއާންމު ހިންގާކަމަށް ގަބޫލުނުކުރާކަމަށް ބުނެފައިވަނީ ހުޅަނގުގެ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. ދެންތިބި ހުރިހައި ގައުމަކުންވެސް ވަނީ އިޒްރޭލާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށްފައެވެ.  މިގޮތުން، އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަމަށް ގަބޫލުކުރާ ގައުމުތަކުގެ […]

އިޒްރޭލު ޓޭންކުތަކާއި، ސިފައިންގެ އިމާރާތްތަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ލުބުނާނުގެ މުޖާހިދުންގެ ގްރޫޕެއްކަމަށްވާ ހިޒްބުﷲ އިން އިޒްރޭލުގެ މަތުލާއާއި ރުވައިސަތުލް އައްސީ ސައިޓުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއްދީފިއެވެ.  ހިޒްބުﷲ އިން އާންމުކުރި ވީޑިއޯއެއްގައި، އިޒްރޭލު ނިރުބަވެރި ސިފައިން ތިބި މެރްކާވާ ޓޭންކަރެއް ރުވައިސަތުލް އައްސީގައި ގޮއްވާލާ މަންޒަރު ފެނިގެންދާއިރު، ލުބުނާނުގެ އިސްލާމިކް ރެޒިސްޓެންސްއިން ވަނި މަތުލާގައި ހުންނަ އިޒްރޭލުގެ އިމާރާތަކަށްވެސް ބޮމުގެ ހަމަލާއެއް ދީފައެވެ. ހަމައެއާއެކު، އިޒްރޭލުގެ ބޯޑަރުގައި ހުންނަ ގިނަ ޕޯސްޓުތަކަކަށްވެސް މިފަދަ އެތައް ހަމަލާތަކެއް ވަނީ ދީފައެވެ.  ހިޒްބުﷲ އިން އާންމުކުރި ވީޑިއޯގައި، މުޖާހިދުންގެ […]

ގަތުލުއާންމުގެ ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފި

އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފިއެވެ. އެގޮތުން، ރަތްކަނޑުން ދުއްވާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ ރައްދުގައި ދޭ ހަމަލާތަކުގެ ޒިންމާ ޔަމަނުން ނަގަން ޖެހޭނެކަމަށްބުނެ އެމެރިކާގެ ސަރުކާރުން އިންޒާރުދިނުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ ބާރުތަކުން ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއްދީފިއެވެ.  އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުމަށް ގޮވާލައި، އެކަމަށް ޝަރުތުކޮށް އިޒްރޭލުގެ އިޤްތިޞާދަށް އެންމެ ބޮޑު ގެއްލުންތަކެއް ދީފައިވަނީ […]