ބަންގްލަދޭޝްގައި ”އިންޑިއާ އައުޓް“ ކެމްޕެއިނެއް ފަށައިފި

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކޮށް ބަންގްލަދޭޝްގައި އިންޑިއާގެ މުދާ ބޮއިކޮޓް ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. އެގޮތުން، ނިމިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާގެ ކޮންޒިއުމަރ ގުޑްސް އުފައްދާ ބޮޑު ކުންފުންޏެއް ކަމަށްވާ މެރިކޯއަށް ޑާކާގެ ޕަންތަޕަތް ސަރަހައްދުން ލިބިފައިވަނީ ފިނި މަރުހަބާއެކެވެ. މެރިކޯއިން އުފައްދާ އިސްތަށިގަނޑުގައިލާ ތެލާއި، ކައްކާ ތެލާއި، ލޯޝަނާއި، އެހެނިހެންވެސް ސާމާނުގެ ޑެލިވަރީ ބަލައިގަތުމަށް އެސަރަހައްދުގެ ފިހާރަތަކުންވަނީ ދެކޮޅު ހަދާފައެވެ. މެރިކޯގެ ބެސްޓްސެލަރ އެއްކަމަށްވާ، ޕެރެޝޫޓް އޮއިލްގެ ސޭލްސް މުޅިންހެން ހުއްޓިއްޖެ.“ ޑާކާގައި […]

މުޖާހިދުންގެ ޖަމާއަތްތަކުން ތިބީ ފަލަސްތީނާއެކުކަން ޕެރިސް ޕްރޮޕޯޒަލްގެ ކުރިއަށް ހާމަކޮށްފި

މުޖާހިދުންގެ ޖަމިއްޔާތަކުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން އެ ޖަމިއްޔާތަކުން ހާމަކޮށްފިއެވެ.  ޕެރިސް ސީޒްފަޔަރ ޕްރޮޕޯޒަލް ހުށައެޅުމަށް ތައްޔާރުވެފައިވަނިކޮށް މުޖާހިދުން ނެރުނު ބަޔާނެއްގައި ފަލަސްތީނު ފެކްޝަނުން ގަބޫލުކުރާ އަށް ކަމެއް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ބުނެފައިވަނީ، އަލްއަޤްސާ ފްލަޑްގެ ކުރިމަތިލުމަކީ ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތަށްޓަކައި ހިންގި ތަދުބީރީ ކުރިމަތިލުމެއްކަމަށާއި، ވެސްޓް ބޭންކާއި އަލް ޤުދުސްގައި ޒަޔަނިސްޓުން އެތައް ޒަމާނެއްވާންދެން ދީފައިވާ ހަރުކަށި ލާއިންސާނީ އަނިޔާތަކަށް ދެވުނު ރައްދެއްކަމަށެވެ. މީގެއިތުރުން، މުޖާހިދުންގެ ޖަމިއްޔާތަކަކީ ފަލަސްތީނު މިނިވަންވުމާއި ހަމައަށްވެސް ޒަޔަނިސްޓް […]

ޖަރުމަނު، ކެނެޑާ، އިނގިރޭސިވިލާތް އަދި ނެދަލެންޑްސްއާއި ދެކޮޅަށް ނިކަރާގުއާއިން ގަތުލުއާންމުގެ ދައުވާ އުފުލައިފި

ޖަރުމަނު ވިލާތާއި، އިނގިރޭސި ވިލާތާއި، ނެދަލެންޑްސްއާއި ކެނެޑާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފާއިބެހޭ ކޯޓު (އައިސީޖޭ) ގައި ދައުވާ އުފުލުމަށް ނިކަރާގުއާގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. ނިކަރާގުއާއިން އުފުލާގައި ބުނެފައިވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމުގައި މި ގައުމުތަކުން ބައިވެރިވާކަމަށާއި، އިޒްރޭލުގެ ލާއިންސާލީ ހަމަލާތަކުގައި ބޭނުންކުރުމަށް ހަތިޔާރުގެ އިތުރުން އެހެނިހެން ވަސީލަތްތައް އެގައުމުތަކުން ފޯރުކޮށްދީފައިވާކަމަށެވެ.  ނިކަރާގުއާ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ރޭވިގެން ޣައްޒާގައި ހިންގާ ނޭއްގާނީ، ލާއިންސާނީ ހަނގުރާމައިގައި އެގައުމުތަކުން ޝާމިލުވެފައިވާތީ، ބައިނަލްއަޤްވާމީ ގާނޫނުގެ […]

އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި އިރާނާއި، ރަޝިއާ އަދި ޗައިނާ ގުޅެނީ

އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި އިރާނާއި، ރަޝިއާއާއި، ޗައިނާއިން ގުޅިގެން ޕާޝިއަން ގަލްފުގައި ހާއްސަ ޑްރިލްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.  ކަމާއިބެހޭ މާހިރުން ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެދޭ ދުނިޔޭގެ އެންމެ ބާރުގަދަ އެއް އަސްކަރީ ގުޅުމެވެ.  ތިންގައުމުގެ ނިންމުން އާންމުކުރުމާއެކު، އަސްކަރީ ކަންކަން ބަލައި ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ އެންޓި-ނޭޓޯ ކޯލިޝަނެއް މަޑުމަޑުން އުފެދެމުންދާކަމުގެ އަލާމާތެއް ކަމަށާއި، މި ލިސްޓަށް އުތުރު ކޮރެއާ އިތުރުކޮށްލައިފިނަމަ ހަތިޔާރުގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުންނާއި، އަސްކަރީ ތަޖުރިބާގެ ގޮތުން […]

އާއިލީ ސަލާމަތަށްކަމަށް ބުނެ ތުރުކީގެ މަރުކަޒީ ބޭންކުގެ ގަވަރްނަރު އިސްތިއުފާދީފި

ތުރުކީގެ މަރުކަޒީ ބޭންކާއި ހަވާލުވެހުރި، ގަވަރްނަރު ހާފިޒޭ ގަޔޭ އެރްކާން ގެ އަބުރު ކަތިލުމުގެ މަސައްކަތްކުރަމުން ގެންދާތީ އޭނާގެ އާއިލީ ސަލާމަތަށް ކަމަށްބުނެ މަގާމުން އިސްތިއުފާދީފިއެވެ.  އެރްކާންގެ ދަށުން މަސައްކަތްކުރި ޑެޕިއުޓީ ގަވަރްނަރު ފާތިހް ކަރާހާން މިހާރު އެމަގާމަށް އިސްކޮށްފައިވާއިރު، އެރްކާން ކުރިއަށްނެރުނު ސިޔާސަތުތަކާއި އޭނާ ޚިލާފުވާނެކަމަކަށް ނުބެލެވެއެވެ.  އެގޮތުން، އެރްކާން އިސްތިއުފާދިންކަށް އަންގާފައިވަނީ އޭނާ ހަވާލުވެހުރިއިރު ބޭންކުން އިންޓްރެންސް ރޭޓްތައް މަތިކުރުމާއެކު ގައުމީ އިންފްލޭޝަން ދަށަށް ދާން ފެށުމުންނެވެ. ދިރިއުޅުމުގެ އަގު ބޮޑުވެ ތުރުކީގެ ރައްޔިތުން […]

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ތަންފީޒުކުރަމުން ގެންދާ ޖަލު ހުކުމުގެ އެއްބައި މާފުކޮށްދީފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ތަންފީޒުކުރަމުން ގެންދާ 12 އަހަރުގެ ޖަލު ހުކުމުގެ އެއްބައި އެގައުމުގެ ޕާޑަން ބޯޑުން މާފުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.  ނަޖީބްގެ މައްޗަށް ހުކުމް އިއްވާފައިވަނީ މެލޭޝިއާގެ 1މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހާދް (1އެމްޑީބީ) ގެ ފައިސާ އެމްބެޒްލްކުރިކަން ސާބިތުވުމާއެކު 2022 ވަނަ އަހަރުގެ ތެރޭގައެވެ.  މިގޮތުން، ނަޖީބްގެ ޖަލުހުކުމް ކުޑަކުރުމުގެ އިތުރުން، ޕާޑަން ބޯޑުން ވަނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު 210 މިލިއަން މެލޭޝިއާ ރިންގިޓުން 50 މިލިއަން މެލޭޝިއާ ރިންގިޓަށް […]

އިންޑިއާއަށް 4 ބިލިއަން ޑޮލަރުގެ ޑްރޯން ވިއްކުމަށް އެމެރިކާއިން އެއްބަސްވެއްޖެ

4 ބިލިއަން ޑޮލަރުގެ ޑްރޯނާއި، މިސައިލްފަދަ ހަނގުރާމަމަތީ ހަތިޔާރު އިންޑިއާއަށް ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ފާސްކޮށްފިއެވެ.  އެމްކިއު-9ބީ ޕްރެޑެޓާ ޑްރޯން ގަތުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖޫން 2023 ގައި އެމެރިކާއަށް ކުރި ރަސްމީ ދަތުރެއްގެ ތެރޭގައެވެ. ނަމަވެސް، އިންޑިއާއިން އެމެރިކާ ފަސްގަނޑުގައި ސިކުންގެ ބަޔަކު މެރުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގާއެކު ޑިސެމްބަރު މަހު އެމެރިކާގެ ސެނެޓުން އެ ޑީލް މަޑުޖައްސާލުމަށްފަހު، މިހާރު ފާސްކުރުމަށް ވަނީ ތައްޔާރުވެފައެވެ.  އެގޮތުން، […]

ޤަތުލުއާންމު ނިމުމަކަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ

ފްރާންސްގެ ޕެރިސްގައި ބޭއްވި ބައްދަލުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.  އިޒްރޭލާއި ޙަމާސްއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި މީޑިއޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މިޞްރާއި ޤަތަރުންނެވެ.  މިގޮތުން، ހަނގުރާމަ ހުއްޓާލާފައިވާކަން ޤަތަރުން ހޮނިހިރުދުވަހު ހާމަކުރާނެކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.  އޮފިޝަލުންނާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ލިޔެފައިވާގޮތުގައި، އިޒްރޭލުގެ އަސްކަރީ މޮމެންޓަމް ހުއްޓާލެވޭހައި ޖާގަ ހޯދުމަށްޓަކައި އެމެރިކާއިންވެސް ސީޒްފަޔަރ އަކަށް ވަނީ […]

މޮސްއަދްއަށް ޖާސޫސްކޮށްދިން ހަތް މީހަކު ތުރުކީ ފުލުހުން ހައްޔަރުކޮށްފި

އިޒްރޭލުގެ މޮސްއަދް ޖަމާއަތަށް ޖާސޫސްކޮށްދިން 7 މީހަކު ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސުން އަތުލައިގަނެފިއެވެ. ހުކުރު ދުވަހު އިޒްމީރާއި އިސްތާންބުލްއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މުސްއަދަށް މައުލޫމާތު ވިއްކުމުގެ ދައުވާއެވެ.  މޮސްއަދް ޖާސޫސުންގެ މައުލޫމާތު ތުރުކީއާއި ހިއްސާކުރަނީ އިރާނުންނެވެ. އެގޮތުން، އިރާނުން މިހާރުވަނީ މޮސްއަދްގެ ސަލާމަތީ ވިއުގަ ފޫއަޅުވާލާފައެވެ.  މި އޮޕަރޭޝަންގެ ތެރޭގައި އޭޝިއާއާއި، އެފްރިކާ އަދި ޔޫރަޕުގެ 28 ގައުމަކުން މޮސްއަދްއާއި ގުޅުންހުރި ފަރާތްތަކާއި ޖާސޫސުންގެ މައުލޫމާތު ދެނެގަނެފައިވާއިރު، އިރާނުންވަނީ މޮސްއަދްގެ ގިނަ އަދަދެއްގެ […]

އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން ވިއްކާލަން ނިންމައިފި

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.  އެއަރލައިން ވިއްކާލުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމާއި ހަވާލުވެހުރި އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ލިޔެފަިއވާ ގޮތުގައި، ސަރުކާރުން މިކަމުގެ ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ ދެން އަންނަ ސަރުކާރަކުންވެސް ކޮންމެހެން އެއެއްބަސްވުންތަކަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ.  ސަރުކާރު ބަދަލުވާން ގާތްވުމުން، ނުވަތަ އިންތިހާބުގެ ދުވަސްވަރުގައި ބޮޑެތި ބަދަލުތައް ގެނައުމަކީ އެއްވެސް ސަރުކާރަކުން ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް، އިޤްތިޞާދީ ބޮޑު ވެއްޓުމެއްގެ […]