ޖަޕާނުގެ 100 އަހަރުގެ ޑޮކްޓަރަކު އަދިވެސް ބަލިމީހުން ބަލަނީ

ޖަޕާނުގެ ވަކަޔާމާ ޕްރިފެކްޗާ އަށް ނިސްބަތްވާ 100 އަހަރުގެ އަންހެން ޑޮކްޓަރެއް ބޭސްވެރިކަމުގެ ދާއިރާއިން އަދިވެސް ކުރިއަށްދާއިރު، އޭނާ ރިޓަޔާވުމުގެ ވިސްނުމެއް ނުގެންގުޅެނީ އާންމު ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމަށް އެހީތެރިވުމުގެ ބޭނުމުގައެވެ. ކައިނާންގެ ކަސަމަޓްސޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑރ. ޓެރޫ ކަސަމަޓްސޫ ހަފްތާއަކު ތިން ދުވަހު އައުޓްޕޭޝަންޓުން ބަލައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އޭނާ ގަވާއިދުން ބަލާ ބަލިމީހުންނެވެ. ވަކަޔާމާ ބޭ ކުރިމަތީގައި ހުންނަ މި ހޮސްޕިޓަލުގައި އޭނާ ބަލިމީހުންނާއި ބައްދަލުކޮށް […]
ކުއަލަލަމްޕޫރުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ދިހަ ތަނެއް ބަންދު ކުރުމަށް އަމުރުކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ ކުއަލަލަމްޕޫރުގެ ދިހަ ރެސްޓޯރެންޓެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ބަހައްޓަންޖެހޭ މިންގަނޑުގައި ހިފެހެއްޓިފައި ނުވާތީ ބަންދުކުރަން އަންގައިފި އެވެ. ގަވާއިދުތަކާއި ޚިލާފަށް ހުންނަ އެހެނިހެން ތަންތަނާއި ދެމެދުވެސް، މި މަސް ފެށުނީއްސުރެ އެކިއެކި އޮޕަރޭޝަންތަކުގައި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ކުއަލަލަމްޕޫރު ސިޓީ ކައުންސިލުން ވަކިވަކި މީޑިއާ ބަޔާންތަކުގައި ބުނެފައިވެ އެވެ. އެގޮތުން އެ ފިޔަވަޅުތައް އެޅީ އާންމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށް ބުނެފައިވާއިރު، މެލޭޝިއާ ސަރުކާރުން ގެންދަނީ މި ޝަކުވާތައް ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އަދި ހުރިހާ […]
ސްޓޭމްޕް ޑިއުޓީގެ މައްސަލައިގައި ނާއިބު އިސްތިއުފާ ދެއްވުމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެބިނެޓް ބަދަލުކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު އެންޖެލާ ރޭނަރ އޭނާގެ ހޯވް ފްލެޓުގެ ސްޓޭމްޕް ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭވަރަށްވުރެ 40،000 ޕައުންޑް މަދުކޮށް ޑިއުޓީ ދެއްކި ކަމަށް އެއްބަސްވެވަޑައިގަންނަވައި، އިސްތިއުފާ ދެއްވުމާއި ގުޅިގެން ބޮޑުވަޒީރު ކޭއާ ސްޓާމަރ އޭނަގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. އެކަމަނާ ވަޒީރުކަމުގެ ކޯޑާއި ހިލާފުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޭނާ އަށް މަގާމުގައި ހުރެވެން ނޯންނާނެކަމަށް ބުނެފައިވަނީ އެތިކްސް ވޮޗްޑޯގަކުންނެވެ. މިގޮތުން، ޖަސްޓިސް ސެކްރެޓަރީގެ މަގާމާއި ލޯޑް ޗާންސެލާގެ މަގާމު އަދާކުރާ ޑޭވިޑް […]
”ޕަލަސްޓައިން އެކްޝަން“ އަކީ ޓެރަރިސްޓް ޖަމިއްޔާއެއްކަމަށް ނިންމުމާއެކު، ޔޫކޭގެ މަގުތައް ހަލަބޮލިވެއްޖެ

އިނގިރޭސިވިލާތުގެ ސަރުކާރުން ޖުލައި މަހުގެ ފަސްވަނަ ދުވަހު ފަލަސްތީން އެކްޝަން މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމުމުން ގިނަ ބަޔަކު ވަނީ މުޒާހަރާތައް ފަށާފައެވެ. ހަތިޔާރު އުފައްދާ ފަރާތްތަކާއި އަސްކަރީ ސައިޓްތަކާ ދެކޮޅަށް އުނދަގޫކުރުމުގެ ގޮތުން ހިންގާ އަނިޔާވެރި ނޫން އަމަލުތައް ހިންގުމަށް މަޝްހޫރު އެކްޓިވިސްޓް ގްރޫޕަށް މިހާރު ގާނޫނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު، މިހާރު ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި […]
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުން ނިއުކްލިއާ މުއާހަދާއިން ވަކިވާނެ ކަމުގެ އިންޒާރުދީފި

28 އޮގަސްޓް 2025 ގައި އީރާނުގެ ޕާލަމެންޓް މެމްބަރުން ވަނީ ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ މުއާހަދާ (އެންޕީޓީ) އާއި އެޑިޝަނަލް ޕްރޮޓޮކޯލް އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި އެކުގައި އޮންނަ ބައިވެރިވުން ނިމުމަކަށް ގެނެސް، އެއްބާރުލުން ދިނުން ހުއްޓާލުމަށްޓަކައި، ތިން ބަޔަކަށް ބަހާލެވިފައިވާ ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މި ފިޔަވަޅަކީ ޖޭސީޕީއޯއޭގެ ”ސްނެޕްބެކް“ މެކޭނިޒަމް މެދުވެރިކޮށް އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނު ވިލާތު ހިމެނޭގޮތަށް، […]
ޗައިނާގެ ބާރަށް އިންޑިއާ ބޯޖަހާއިރު، ދިވެހިރާއްޖެ އަދިވެސް އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައި މިއޮތީ ކީއްވެގެން ހެއްޔެވެ؟

އިންޑިއާގެ އުފެއްދުންތަކަށް %50 އެކްސްޕޯޓް ޓެރިފް ނެގުމަށް އެމެރިކާއިން ނިންމި ނިންމުމާއި ގުޅިގެން އިންޑިއާއިން މިދިޔަ ހަފްތާގައި ވަނީ ޗައިނާއަށް ބޯޖަހާނެކަމުގެ އިޝާރާތެއްކޮށްފައެވެ. އެތައް އަހަރެއް ވަންދެން އިންޑިއާއަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި މީހުން ބުނާ ”ހަރުފަ“އެއްގެ ދައުރު އަދާކުރަމުން އަންނަ ގައުމެކެވެ. އިންޑިއާގެ ހަރުކަށި ބޮޑުވަޒީރު މޯދީ އާއި އޭނާގެ ސަރުކާރުން ވަނީ އިންޑިއާއަކީ އޭޝިއާ ބައްރުގައި އެމެރިކާ، އިސްރާއީލު، ސައުދީ/ޔޫއޭއީގެ ބޭރުގެ މަސްލަހަތު ތަމްސީލުކުރާ އޭޝިއާގެ ބޮޑު ބާރުގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފަ އެވެ. […]
ދެކުނު ލުބުނާނުގައި ޕީސްކީޕަރުން ތިބި ސަރަހައްދަށް އިޒްރޭލުން ހަމަލާދިންކަމަށް އދ އިން ބުނެފި

ދެކުނު ލުބުނާނުގައި އެކުވެރި ދައުލަތުގެ ފަރާތުން ސަރަހައްދީ ހަމަޖެހުމާއި ސުލްހަ ދަމަހައްޓާ، ޕީސްކީޕަރުން ތިބި ސަރަހައްދަކަށް އިޒްރޭލުގެ ޑްރޯންތަކުން ހަތަރު ބޮން ވައްޓާލާފައިވާކަމަށް އެކުވެރި ދައުލަތުގެ ޖަމިއްޔާ (އދ) އިން ބުނެފިއެވެ. އދ. އިން ބުދަ ދުވަހު ބުނީ މިއީ، ހަމަލާތައް ހުއްޓާލުމަށް ނިމިދިޔަ އަހަރުގެ ނޮވެމްބަރުގައި ނިންމި ނިންމުމަށްފަހު ޚިދުމަތްތެރީން ނައްތާލުމަށްޓަކައި ދީފައިވާ އެންމެ ވަރުގަދަ އެއް ހަމަލާކަމަށެވެ. މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ލުބުނާނުގައި ހުންނަ ޔުނައިޓެޑް ނޭޝަންސް އިންޓެރިމް ފޯރސް އިން […]
ކޮރަޕްޝަން މައްސަލައެއްގައި އިންޑޮނޭޝިއާގެ ކުރީގެ ތައުލީމާއިބެހޭ ވަޒީރު ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ގޯޖެކްގެ ކޯ ފައުންޑަރު ނަދީމް މަކަރީމް ލެޕްޓޮޕްތަކެއްގެ ޕްރޮކިއުމަންޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކޮށް ނިމެންދެން ބަންދުކޮށްފިއެވެ. އިންޑޮނޭޝިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ވަކި ލެޕްޓޮޕް ބްރޭންޑަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ޕަބްލިކް އޮތޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާއިރު، މި ތަހުގީގަށް ފުރުސަތު ދިނުމަށްޓަކައި ނާދިމް 20 ދުވަހަށް ބަންދުކުރާނެ ކަމަށެވެ. މިގޮތުން، ކަމާބެހޭ ފަރާތްތަކުން […]
އިންޑިއަން ހައި ކޮމިޝަނުން މެލޭޝިއާއަށް ވިސާ ފްރީ އެންޓްރީއާ ގުޅޭ އެޑްވައިޒަރީއެއް ނެރެފި

ވިސާ ފްރީ ފެސިލިޓީގެ ދަށުން މެލޭޝިޔާއަށް އެތެރެވުން މަނާކުރާ އިންޑިއާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ވަނީ އެގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. އެޑްވައިޒަރީގައި ދަތުރުވެރިންނަށް އިލްތިމާސްކޮށްފައިވަނީ ލިޔެކިޔުންތައް ހަމަޔަށް ނެތްނަމަ ބޯޑަރާއި ހަމައިން އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮންނާތީ، ހުރިހާ ލިޔެކިޔުންތަކެއް ހަމަޔަށް ހުރިތޯ ބަލައި ޔަގީންކުރުމަށެވެ. މެލޭޝިއާގެ ބޯޑާ ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އެޖެންސީ (އެމްސީބީއޭ) އިން ވަނީ އެންޓްރީ ޕޮއިންޓްތަކުގައި ޗެކްކުރުން ވަރުގަދަކޮށް، ޚާއްސަކޮށް ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް […]
ފަގީރުކަން ކުޑަކުރުމުގައި މެލޭޝިއާއިން ހޯދި ކާމިޔާބީއަށް ވޯލްޑް ބޭންކުގެ ތައުރީފް!

ފަގީރުކަން ކުޑަކުރުމާއި، ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގައި މެލޭޝިޔާއިން ހޯދާފައިވާ ކާމިޔާބީތަކަށް ވޯލްޑް ބޭންކުން ތައުރީފުކޮށްފިއެވެ. ވޯލްޑް ބޭންކުން ބުނެފައިވާގޮތުގައި، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކާއި ޚިލާފަށް މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން މެލޭޝިޔާގައި ދާއިމީ އާބަން ސްލަމްތަކެއް އުފެދިފައި ނުވެއެވެ. މެލޭޝިއާގެ ކާމިޔާބީ ފާހަގަކުރައްވައި، ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ފޯ މެލޭޝިއާ ޑރ. އަޕޫރްވާ ސަންގީ ވިދާޅުވީ، މިނިވަންކަން ލިބުމަށްފަހު މެލޭޝިޔާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދިޔައީ […]