އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާއެކު ފަސޭހަކަމެއް ވާނޭކަން: ހުތުބާ

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އަކީ ”އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް“ މިއެވެ. ހުތުބާގައި ބުނީ މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށާއި އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނޭ ކަމަށާއި އެ ދަތުރުފުޅަކީ ބޮޑުވެގެންވާ މުޢުޖިޒާތެއް ކަމަށެވެ. ”އެއީ އެ ކަމުގައި ޢިބުރަތްތަކާއި އިމްތިޙާނުކުރެއްވުންތައް ހިމެނޭ މަތިވެރި […]
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާ ހުށަހަޅައިފި

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން ބުނީ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ޝަކުވާތަކަކީ، ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން […]
މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2 އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން ފުލުހުން ވަނީ އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ސަލާމަތްކޮށްފައެވެ. އަދި އެ […]
ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް 3 ދުވަހުގެ މުއްދަތަށް ހަރަކާތްތައް ކުރިއަށްގެންދަނީ

މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ދުވަހުގެ މުއްދަތަށް ހަރަކާތްތައް ކުރިއަށްގެންދަން ނިންމައިފިއެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ދާނެކަމަށެވެ. މިގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. އަދި ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާއި، އޭގެ އިތުރަށް […]
ގަލޮޅު ސިޓީ ޕާކު ތަރައްގީކުރުމަށްފަހު އަލުން ހުޅުވައިފި

ދިހަ އަހަރު ވަންދެން ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމަށްފަހު އިއްޔެ ހުޅުވައިފިއެވެ. މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10 އަހަރު ވަންދެން ޓިނު ޖަހައިގެން ބަންދުކޮށްފައި އޮތް އެތަން އަލުން ތަރައްގީކުރުމުގެ ބޭނުމުގައި ސިޓީ ކައުންސިލުންވަނީ 2024 ވަނަ އަހަރު އެތަން ޑިޒައިންކޮށްފައި ކަމަށެވެ. އަދި އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، އެ ޕާކު ހުޅުވިގެން ދިއުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް […]
މަޖިލިސް ހުޅުވާތީ އަންނަ މަހުގެ 5 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

އަންނަމަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީއެވެ.
މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު އާންމުކޮށްފި

”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “ އޮޕަރޭޝަން އަލިމަގު“ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ. ފުލުުހުން މިރޭ ވަނީ އެ އޮޕަރޭޝަނުގައި […]
އޮޕަރޭޝަން އަލިމަގު: 10 ތަނެއް ބަލައި ފާސްކޮށް، 4 މީހުން ހައްޔަރަށް

އޮޕަރޭޝަން އަލިމަގުގެ ދަށުން މިއަދު ފެށި ޑްރަގު އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ “ އޮޕަރޭޝަން އަލިމަގު“ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ފަށާފައެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން […]
މަޖިލިސް ހުޅުވައި ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. […]
އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފި

އީރާނުގައި ހިނގަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 65 އަށް އަރައިފިއެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިރާނުގައި އެގައުމުގެ އާންމުން މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައި ވަނީ އެ ގައުމުގެ އިގްތިސާދު ދަށްވެ އިރާނުގެ ފައިސާގެ އަގު ދަށްވެފައި ވާތީއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަވެ ބައިގިނަވެފައި ވާއިރު އީރާނުގެ ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީ (އެޗްއާރްއޭއެންއޭ) އިން ބުނި ގޮތުގައި އީރާނުގައި […]