ސަރުކާރުންދޭ ރޯދަ ހަދިޔާ ރަށްރަށަަށް ފޮނުވަން ފަށައިފި

 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް ކައުންސިލް މިނިސްޓްރީން ފަށައިފިއެވެ. އަތޮޅު ތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި ހިނގާ ޖަނަވަރީ މަހުގެ 24 ގައެވެ. މި މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީއާ، ސަރުކާރު ހިއްސާވާ […]

ހުޅުމާލޭގައި މާދަމާ ”ރޯދަ ބާޒާރު“ ފަށަނީ

މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް މާދަމާ ހުޅުމާލޭގައި ”ރޯދަ ބާޒާރު“ ފަށަން އެޗްޑީސީން ތައްޔާރުވެއްޖެއެވެ. .އެޗްޑީސީއާއި ހައިރައިސް ގުޅިގެން މި ބާޒާރު ކުރިއަށްގެންދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި، 08:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެގޮތުން އެ ބާޒާރުގައި 50 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެ ސްޓޯލްތަކުން ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، […]

ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރަށް

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ގުޑްލައިފް، މުޙައްމަދު ޙަސަން (59އ) އާއި ސ. ހިތަދޫ / އުދަ، އަލީ ޢިރުފާނު އަޙްމަދުދީދީ (26އ) އާއި ސ. ހިތަދޫ / ނަންރީތިގެ، ޢަލީ ޝިރާޒު (38އ) އާއި ހދ. ވައިކަރަދޫ / ޕެރިމްރޯޒް، ޢަބްދުﷲ ނާފިޛް (39އ) […]

”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމްގެ ދަށުން ފާއިތުވި ހަފްތާގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފި

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނެނީ ބިމަށް އެދި ހުށަހެޅި 456 އެޕްލިކޭޝަނަކާއި ފުލެޓަށް އެދި ހުށަހެޅި 1،160 އެޕްލިކޭޝަން ކަމަށެވެ.އަދި ޑްރާފްޓް މަރުހަލާގައި 7،605 އެޕްލިކޭޝަން ހުރިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށްހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ […]

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދަތައް ޤަޟާކުރުމަށް ހުތުބާގައި ހަނދާންކޮށްދީފި

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއް ވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. .މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ”ޝައުބާން މަހު ކުރެވޭ ހެޔޮ ޢަމަލު“ މި އެވެ. ޙުތުބާގައި ބުނީ ޝައުބާން މަހަކީ މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށެވެ. އަދި މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔަން ތައްޔާރުވަމުން އަންނަ މަހެއް ކަމަށާއި މި މަހު ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާންމަހުގެ ރޯދަހިފުމަށް ތައްޔާރުވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. […]

މި އަހަރުގެ ރޯދަ މަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނި

މިއަހަރުގެ ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާގައި އެކަނިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވަނީ 2026 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރު އާންމުކޮށްފައެވެ. އެގޮތުން އެ ކަލަންޑަރުގައި ވަނީ ދިރާސީ އަހަރުގެ މުހިންމު ދުވަސްތަކާއި، ސަރުކާރުބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށްވެސް ބަންދު ދުވަސްތައް ފާހަގަކޮށްފައެވެ. މަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު ދަރިވަރުންގެ ކިޔެވުން އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު އެ ކަލަންޑަރުގައިވާ ގޮތުން، […]

އިނގިރޭސިވިލާތުގައި ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން މަޝްވަރާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރުމާ މެދު އިނގިރޭސިވިލާތުގެ ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ. އިނގިރޭސިވިލާތުން މި މަޝްވަރާތައް ފަށާފައި މި ވަނީ، އޭއައި ބޭނުންކޮށްގެން އުފައްދާ ކުޑަކުދިންގެ އުމުރާ ނުގުޅޭ ކޮންޓެންޓު ވަރަށް ބޮޑަށް އިތުރުވެ އެ ކަމުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން މީހުންގެ ފޮޓޯ ބަރަހަނާކުރެވޭ ގޮތް މަނާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. އަދި ކުޑަކުދިން ގެންގުޅޭ ޑިވައިސްތަކުން ބަރަހަނާ މަންޒަރުތައް ނުބެލޭނެ […]

އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އޭޑީކޭ ހޮސްޕިޓަލުގެ ޝަފީޢާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސް.އައި.އެޗް) އިން ކުރިއަށްގެންދިޔަ ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ 18 ޖެނުއަރީ 2025 އިން 16 ޖެނުއަރީ 2026 އަށް، 52 ހަފުތާގެ މުއްދަތަށެވެ.ހެލްތު މިނިސްޓްރީން ބުނީ އެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަކީ، ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ ޢަމަލީ ތަޖުރިބާ ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ.މީގެ މަޤްޞަދަކީ އަމިއްލައަށް ޞިއްޙީ ޚިދުމަތް […]

އަތޮޅުތަކުގެ 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

އަތޮޅުތަކުގެ 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފިއެވެ. ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސް ގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެރަށްރަށުގައި ހުރި އެކި މައްސަލަތައް އަމިއްލަފުޅަށް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ. […]

މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލައި 2 މީހަކު ގެއްލިގެން ހޯދަނީ

މުދާ އުފުލާ ބޯޓެއް، ބަންޑުންޖަހާލައި، އޭގެން ދަތުރުކުރި 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.  އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެ ބޯޓުގެ ފޮޓޯ ހިއްސާކޮށް ބުނީ ބަންޑުން ޖަހާލާފައި ވަނީ ބަލްމާ – 6″ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ބަންޑުން ޖަހާލީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ކަމަށާއި އޭރު އެ ބޯޓުން 4 މީހަކު ދަތުރުކުރި ކަމަށެވެ. މިގޮތުން އޭގެތެރެއިން 2 މީހަކު އެސަރަހައްދުން […]