ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ހެންވޭރު ގެއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 08:19 ހާއިރު ލިބިފައިވާ ކަމަށެވެ. އަލިފާން ރޯވެފައި ވަނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ. އަދި ފަޔަރފައިޓަރުން […]
އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފި

އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ. އިމިގްރޭޝަނުން މިރޭ ބުނީ އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކަމަށް އިިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުން ކަމަށެވެ. އަދި އެންމެ […]
ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފި

މި ސަރުކާރުން އިޢުލާނުކޮށްފައިވާ ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް […]
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައި ފާސްކޮށް 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ މިއީ ސެޕްޓެންބަރު މަހުގެ 2ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި (ވަގުތީ ބަރުދަން، 304.73 ގުރާމް) ފެނިފައިވާ ކަމަށް ފުުލުހުން ހާމަކުރެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާތަކެތި […]
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ފާސްކޮށްފައިވާ ކަމަށެވެ. މި އުސޫލު ފާސްކޮށްފައިވަނީ 27 އޮގަސްޓް 2025 ގައި ބޭއްވުނު ޕީ.ސީ.ބީ.ގެ ޖަލްސާގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. […]
މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް ކުރާ މަސައްކަތެކެވެ. މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ”މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، […]
ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު މި ވަނީ ބޭނުންވެފައި: މިނިސްޓަރު

ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު ބޭނުންވެފައިވާ ކަަމަށް މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށާއި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކިއުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާ ކަމަށެވެ. ”އެއީ، […]
މެލޭޝިޔާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވައިފި

މެލޭޝިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ. އެ ދެ ބޭފުޅުންނަށް ރައީސް މުޢިއްޒު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، މި އަހަރުގެ އޭޕްރީލްމަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤަ އުމުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ މެސެޖުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި އޮންނަ ގުޅުން ކުރިއަށް […]
2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް ސަރުކާރުން ދޭން ފަށަނީ

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދޭން ފަށަން ހަމަޖެހިއްޖެއެވެ. މިކަންހާމަކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބު ފައްޓަވާފައިވަނީ، ޚިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ޝުކުރު ދަންނަވަމުންނެވެ. މި އަހަރުން […]
ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވެނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވެނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ. ފުލުހުން މިއަދު ބުނީ ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައި އެ ތަކެތި ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާ ކަމަށް […]