ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަނީ

ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ލ. ކައްދޫ އެއާޕޯޓު، ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ. މި […]
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

ޕޭޕަލް އާއިއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފު ކުރަން ހަމަޖެހިއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުން ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ މި މުހިންމު ޚިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި […]
މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 ވުރެ އިތުރުވެއްޖެ: ފިޝަރީޒް މިނިސްޓްރީ

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ރާއްޖެއިން މަސް ބޭރު ކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 90.3 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %90.3 އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެމްއެމްއޭގެ ރިޕޯޓްގައިވާ […]
ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރަން އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮއްފި

ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެގްޒެކެޓިވް ޑިރެކްޓަރ ކިޔާާޝަތު ޢަބްދުﷲއެވެ.
ނޫމަރާގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ނޫމަރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެރަށު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ […]
އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅެއް ހިމަނައިފި

އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅެއް ހިމަނައިފިއެވެ. އޮމަދޫގެ ބައެއްގެ ގޮތުގައި ހިމަނާފައި ވަނީ ކުޑަދޫފަޅާއި، ކޯޑު ނަންބަރު RF1329 ފަޅާއި އަދި ކޯޑު ނަންބަރު RF1330 ފަޅެވެ. އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައި ދެއްވި ފަޅުތަކުގެ ސބަބުން އިޤްތިޞާދީ ގޮތުން އޮމަދޫ ރައްޔިތުންނަށް އިތުރު ކުރިއެރުންތައް ހޯދުމަށް އެތައް ގޮތަކުން މަގުފަހިވެގެން ދާނެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަން ފަދަ ޑިމާންޑް ބޮޑު ސިނާއަތްތަކުން ރަށުގެ އިޤްތިޞާދަށް ނަފާ ހޯދޭނެއެވެ. އޮމަދޫއަކީ ރަށުފަތުރުވެރިކަން ފުޅާވަމުން އަންނަ […]
ރޭގެ މުޒާހަރާތެރެއިން 3 ފުލުހަކަށް އަނިޔާވެފައިވޭ

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގައި އަންހެން ފުލުހަކު ހިމެނޭހެން ތިން ފުލުހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުުލުހުން ބުނީ ރޭގެ އެއްވުން ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ތިން ފުލުހަކަށް އަނިޔާލިބިގެން ފަރުވާދޭން ޖެހުނުު ކަމަށެވެ. އެގޮތުން ސެނެހިޔާ ހޮސްޕިޓަލުން ދެ ފުލުހަކަށް ފަރުވާ ދިންއިރު، އަނިޔާ ލިބުނު އަނެއް ފުލުސް މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށް […]
ޕެޕަރ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި

ޕެޕަރ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން އެ މުޒާހަރާގެ ބައިވެރިޔަކަށް ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައިވާތީ މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ. އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު މޭގަ ރިއްސައި، އެކިއުޓް […]
ވަގަށް އަނބު ބިން ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފި

މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރު ނެރެފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33އ ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37އ ކޯޓުގައި އެ ދެ މީހުން ބުނީ އެ އަނބު ގަހަކީ މަގުމައްޗަށް ވާ […]
އެމްޑީޕީގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށްފި

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. އެމްޑީޕީގެ އެ މުޒާހަރާ ފަށާފައި ވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. ދިވެހި ފުލުހުން ޚިދުމަތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ […]