އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާ 5 މީހަކު މަރުވެއްޖެ

އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގާ ފަސް މީހުން މަރުވެ ތިން މީހަކު ޒަޚަމްވެއްޖެ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގީ ހިމާޗަލް ޕްރަދޭޝްގެ ވެރިރަށް ޝިމްލާގެ އުތުރުން 210 ކިލޯމީޓަރު ދުރުގައި އޮންނަ ކުލޫ ޑިސްޓްރިކްޓްގެ ޝަރްމާނީ ވިލެޖުގައެވެ.މިދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގާފައި ވަނީ އެ އަވަށުގެ މީހުން ނިދާފައި ތިއްބާއެވެ.އެހެންކަމުން މީހުން ސަލާމަތް ކުރެވޭނެ ވަގުތު ލިބިފައި ނުވާ ކަމަށް އެ […]

ރާއްޖެއަށް ބޭހާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ އެތެރެކުރާނެ ސަރުކާރު ކުންފުންޏެއް އުފައްދައިފި

ރާއްޖެއަށް ބޭހާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ އެތެރެކުރާނެ ސަރުކާރު ކުންފުންޏެއް އުފައްދައިފިއެވެ. މިއީ ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައި ވަނީ ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިއީ ޑޮކްޓަރީ ބޭހާއި، […]

އިޒްރޭލުން ދޯހާއަށް ދިން ހަމަލާ ކުށްވެރިކުރައްވައި އެ ހަަމަލާއަށް ފިޔަވަޅު އަޅަން ރައީސް ގޮވާލައްވައިފި

އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ަހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް’ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއް ކަމަށެވެ. ހަމަ މިއާއެކު، ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި […]

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމަން ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމަން ސިޔާސަތުތަކެއް ކަނޑައަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އެ މިނިސްޓްރީން އާ ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެފަދަ ސިޔާސަތުތަކެއް ކަނޑައަޅާފައި ވަނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި […]

ރައްޔިތުންގެ އެދުމާ އެއްގޮތަށް ދޮންފަނު ބިންހިއްކުން ކުރިއަށް ނުގެންދަން ރައީސް ނިންމަވައިފި

ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެ ރަށުގެ ބިން ހިއްކުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. “ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ. […]

5 މިލިއަން ގަސް މަޝްރޫޢަށް އެސްޓީއޯގެ އެހީތެރިކަން ހޯދަނީ

މި ސަރުކާރުގެ ”5 މިލިއަން ގަސް“ ހެއްދުމުގެ މަޝްރޫޢު ކާމިޔާބުކުރުމަށް، އެ މަޝްރޫޢުގެ އިސްވެރިންނާއި، އެސް.ޓީ.އޯ ގެ އިސްވެރިންނާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެންވަަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ 5 މިލިއަން ގަސް ހެއްދުމުގެ ޤައުމީ މަޝްރޫޢު ފުޅާކުރުމަށްޓަކައި އެސް.ޓީ.އޯ ފަދަ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކުގައި ކުރިއަށްދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުން ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި، ގަސް އިންދުމަށް ބޭނުންވާ ބާވަތްތައް ފޯރުކޮށްދިނުމާއި، އަދި […]

އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އަޅައިފި

އައިލެންޑް އޭވިއޭޝަންގެ އާ އޮފީހުގެ ބިންގާ އަޅައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ”ހުނާން ނަންބަރު 6 އިންޖިނިއަރިން“ ކުންފުންޏާއެވެ. އަލަށް ތަރައްޤީކުރާ އޮފީސް އިމާރާތަކީ ގާތްގަނޑަކަށް 4،745 […]

ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ. އެޗްޑީސީން ކުރި އިއުލާނުގައި ބުނީ އެ ގޮޅިތައް ކުއްޔަށް ދޫކުރާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށެވެ.އަދި އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަން ކަމަށް އެޗްޑީސީން ބުނެފައި ވެެެއެވެ.އެޗްޑީސީން ބުނީ ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭނެ ކަމަށެވެ.އެ ގޮޅިތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ […]

އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަނީ

އަންނަ އަހަރުން ފެށިގެން އާންމު ތަންތަން ދިއްލަން ބޭނުންކުރާ ކަރަންޓަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައެވެ.އެގޮތުން އެ ޕޯސްޓުގައި ވަނީ ޖަނަވަރީ1، 2026 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ބޭނުންކުރާ ކަރަންޓަށް، ފެނަކަ އަދި ސްޓެލްކޯއިން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލް ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެެވެ. ރައީސްގެ ޕޯސްޓްގައި، ވިދާޅުވީ މިއީ ލާމަރުކަޒީ […]

ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަނީ

ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން މާދަމާ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރަން ނިންމައިފިއެވެ. މިކަންހާމަކޮށް އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް)ބޭނުމަކީ ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ. އެ […]