ހިޔާގެ އަށް ވަނަ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ 14 ވަނަ ފްލޯއިން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 8:32 އެހާކަންހާއިރު ހިޔާ ޓަވަރުގެ 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ފުލުހުން […]

ޖެނަރޭޝަނަލް ބޭން އާ ގުޅިގެން 32 ގަޑި އިރަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފި

ދުންފަތާއި ދެކޮޅަށް ތަންފީޒުކުރާ ޖެނަރޭޝަނަލް ބޭން އާ ގުޅިގެން 32 ގަޑި އިރަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއެކެވެ. މިއަދު ހަވީރު 16:00 ހާއިރު ފެށި މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދާނެއެވެ. އަދި މި ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ. މި ޓެލެތޯން ކުރިއަށްގެންދަނީ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމާއެކު 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ އުމުރުފުރައިގެ ކުދިންނަށް […]

ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން މީޑިއާ ކޮމިޝަނާ ހަވާލުކޮށްފި

ޝަކުވާތަކާ ހެދި މީޑިއާތަކަށް ފައިސާ ދިނުން މަޑުޖައްސާލައި އެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ. ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީދޭން ކަނޑައެޅި އުސޫލުގެ ދަށުން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ 18 މީޑިއާއަކަށް ފައިސާ ދިނުމަށް ޔޫތު ނިސްޓްރީން އަމަލުކުރި ގޮތާމެދު ބައެއް މީޑިއާތަކުގެ ފާޑުކިޔުން އަމާޒުވުމުން އެ މަސައްކަތް ވަނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތަޢާރަފް ކުރަނީ

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތަޢާރަފް ކުރަން ސަރުކާރުން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ކާޑު ތަޢާރުފްވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި މިނިސްޓްރީން […]

ކެންސަރ ސޮސައިޓީގެ ފަރާތުން އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ކެންސަރ ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް ކެންސަރ ސްކްރީނިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އަނގަޔާއި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ ކެންސަރަށް މަގުފަހިވާ ކަންކަމާއި، މި ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އިސްރަށްވެހިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. މި ހަރަކާތުގައި 60 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. އިސްރަށްވެހިންނަށް އަމާޒުކޮށްގެން […]

ފަޤީރުންގެ ފްލެޓަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދެނީ

ފަޤީރުންގެ ފްލެޓަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދޭން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ޒަކާތު ފަންޑުން އެ ފަރާތްތަކުގެ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކައިދޭން ހަމަޖެހިފައިވާ ކަމަށެވެ. ޒަކާތު ކައުންސިލުން ވަނީ 14 ފަރާތަކަށް ޑައުން ޕޭމަންޓު […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ. ފުލުހުން މިއަދު ބުނީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލޮގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ސެޝަނަކީ ސައިބަރ އެވެއާނެސް މަހާ ގުޅިގެން “އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް […]

ތުލުސްދޫގައި ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ތުލުސްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.. ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ތުލުސްދޫ ހޮސްޕިޓަލުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. […]

ކާނާގެ ޔަޤީކަން ކަށަވަރު ކުރަން ކާށިދޫގެ ބިމެއް މިނިސްޓްރީއާ ހަވާލުކޮށްފި

ފުޑް ސެކިއުރިޓީ (ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް) ކ. ކާށިދޫގެ ބިމުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ. ފުޑް ސެކިއުރިޓީގެ މައިގަނޑު މަޤްސަދަކީ

ހިޔާ ޓަވަރު 9ގައި ހިނގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 9ގައި މިރޭ ހިނގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިރޭ ބުނީ ހިޔާ ޓަވަރު 9 އެއްގައި ދެބައެއްގެ ދެމެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ކުޑަ 3 ކުއްޖަކު މަޢުލޫމާތު ސާފުކުރުމަށް ހުއްޓުވާފައިވާ ކަމަށެވެ. ”އަދި 16 އަހަރުުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި“ ފުލުހުން ބުނެފައި ވެެެއެވެ. ފުލުހުން ބުނީ […]