މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖްތަކެއް ހޯދައިފި

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ މި […]

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިިނުމުގެ ބިލު ތަސްދީގުކުރައްވައިފި

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެ ނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، […]

ގެސްޓްހައުސްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި!

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުުހުން ރޭ ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އެ މީހުން މާފުށީގައި […]

ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ

ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާންމުން ސަމާލުވާން އެދިއްޖެއެވެ. އެ ކޯޕަރޭޝަނުން ރޭ ބުނީ ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް […]

ލަންކާއަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި

ތޫފާން ދީތުވާގެ ސަބަބުން ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ އެ ގައުމަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ގައުމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. ެއެ ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. އެ ޓެލެތޯން ކުރިއަށްގެންދިޔައީ ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާ އަކާ ގުޅިގެންނެވެ. އެ ޓެލެތޯން ފެށީ 30 ނޮވެމްބަރު ގައެވެ. އަދި […]

އޮޕަރޭޝަން އަލިމަގުގައި އައްޑޫ ސިޓީގެ 10 ތަނެއް ބަލާފާސްކޮށް 10 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތާނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ރޭ ބުނީ މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ މީހުންގެ ތެރެއިން 6 މީހަކު […]

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތަކުގެ ތަޅުދަނޑިތައް ދޫކުރާ ތާރީހުތައް އާންމުކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތަކުގެ ތަޅުދަނޑިތައް ދޫކުރާ ތާރީހުތައް އާންމުކޮށްފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމަށް ލަފާކުރާ ތާރީޚުތައް: ޑިސެންބަރު 2 ވަނަ ހަފްތާ: އުދަރެސް ޓަވަރު – 11، 12، 13، 15، 16ޑިސެންބަރު 5 ވަނަ ހަފްތާ: ދޯދި ޓަވަރު – 1، 2، 3، 4، 12، 13، 14ޖަނަވަރީ 2 ވަނަ ހަފްތާ: ދޯދި ޓަވަރު – 15، 16ޖަނަވަރީ 3 ވަނަ ހަފްތާ: އުދަރެސް ޓަވަރު […]

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޙުލޫފް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަޙުލޫފް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. މަޚްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ މިދިޔަ […]

ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުނަށް މަރުގެ އަބަދު ދެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އެވެ. އަދި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ، 65 މެންބަރުންގެ އިއްތިފާޤުންނެވެ. މީގެ އިތުރުން މި ބިލާ […]

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެކެވެ. އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ މަހްމޫދު ވާދީ ނަމަކަށް ކިޔާ ފަލަސްތީނުގެ ނޫސްވެރިޔެކެވެ.އިޒްރޭލުން ޣައްޒާއަށް އެ ގައުމުން ބޭރުގެ ނޫސްވެރިން އެތެރެވުން މަނާކޮށްފައި އޮތުމުން، ފަލަސްތީނުގެ ނޫސްވެރިންނަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާތައް ދުނިޔެއަށް ތިލަ ކޮށްދީ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކުން ސީދާ […]