ފޭދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓުކޮށް ކަމިޝަންކޮށްފި

ށ. ފޭދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމައި ޓެސްޓުކޮށް ކަމިޝަންކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. މިއީ އޯޕެކްގެ ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޤާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން […]
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފިއެވެ. މިކަންހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް ބަންދުކުރި ވިޔަފާރިތަކުގެ އަދާހަމަ ހިއްސާކޮށްފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް ލިބިފައި ވާއިރު އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 […]
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލަންކާގައި ފަށައިފި

ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ސްރީލަންކާގައި ފަށައިފިއެވެ. އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އައި.ޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެންދާނެ ކަމަށެވެ. ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް […]
އެޗްޑީސީން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރަން އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ލޯންޗުކޮށްފި

އެޗްޑީސީ އިން ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޚިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަރުކޮޅު ފުށީގައި ބޭއްވި ”ސޭފާ ހުޅުމާލެ“ގަ އެވެ. ރޭ ފަރުކޮޅުފުށީގައި ސޭފާ ހުޅުމާލޭ އިވެންޓުގައި އެޗްޑީސީގެ އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސް އިފްތިތާހު ކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި އެސްޓޭޓް ސެކިޔުރިޓީ ސާރވިސަސްގެ ޔުނީފޯރމާއި އަދި ލޯގޯ ވަނީ ތައާރަފުކޮށްފައެވެ.އެޗްޑީސީން ބުނީ އެސްޓޭޓް ސެކިއުރިޓީ […]
އަންނަ ބުދަ ދުވަހު ރައީސް ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ބުދަ ދުވަހު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ. އަދި މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ […]
އައިއެސްޑީބީ އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހަދިޔާކޮށްފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާ ކުރި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދިން ހިލޭގެ އެހީ އެކެވެ. ”މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި […]
ކިޔުގައި ނުޖެހި މަސްކިރުވުމަށް ”މަސްކިރާ“ އެޕްލިކޭޝަން ތައާރަފުކޮށްފި

މަސްވެރިންނަށް ކިޔޫގައި ނުޖެހި މަސްކިރުވުމަށް ޚާއްސަކޮށް، އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ. އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާޙީމްއެވެ.”މަސްކިރާ“ގެ ނަމުގައި އިފުތިތާޙުކުރި މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް އަދި އެނޫންވެސް ގިނަ ފަސޭހަތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.މި އެޕުން މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކޮށް، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް […]
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނަށް ހަމަލާތަކެއް ދީފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނަށް ހަމަލާތަކެއް ދީފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ހިލާފުވެ، އިސްރާއީލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދަށް އިތުރު ހަމަލާތަކެއް ދީފައިވަނީ ހުކުރު ދުވަހުއެވެ. އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހު އިޒްރޭލުން ވަނީ ލުބްނާނުގެ ދެކުނުގައި އޮންނަ އަލް ވަޒާނީ ސަރަހައްދާއި އަލް މަޖިދިއްޔާގެ ވަށައިގެންވާ ސަރަހައްދަށް ބަޑީގެ ހަމަލާތަކެއްދީފައެވެ. ހަމައެހެންމެ ލުބްނާނުގެ ދެކުނުގެ ރާސް އަލް ނަކޫރާ […]
މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މަސްވެރިކަމުގެ އުފެއްދުންތައް މާކެޓު ކުރުމަށް އެއްބަސްވުން އެކުލަވާލާ ސޮއި ކޮށްފައި ވަނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ޗައިނާގެ ހައިނަން އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑާއެކުއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހިމެވެ. އަދި […]
ހަތަރު މަސާޖު ޕާލަރެއް ބަންދުކޮށް، ތިން ބިދޭސީއަކު ހައްޔަރުކޮށްފި

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް، އެ ހަތަރުތައް ވަގުތުން ބަންދުކުރުމުގެ ފިޔަވަޅުއަޅައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި 11 ވަނަ ދުވަހު މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖު ޕާލަރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ. މީގެ […]