ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ޝަންގްރިއްލާ އަލުން ހުޅުވައިފި

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފިއެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި އެންމެ މަތީ ފަންތީގެ ޚިދުމަތް ދެމުން އައި މި ރިސޯޓުގެ ޚިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބަންދުކުރި އެ ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޯގަސްޓް […]

ދެބެންގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި

ދެބެއިންގެ ދެމެދު ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ. ފުލުހުން މިރޭ ބުނީ މާލޭ ގެއެއްގެ ތެރޭގައި ދެބެއިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު މިރޭ އިރުއޮއްސި 6:30 ހާއިރު ފުލުހުންނަަށް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލާގައި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ […]

ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފި

އިސްރާައީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވީ މީހުންގެ އަދަދު 71،266 އަށް އަރައިފިއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އާއި އިޒްރޭލާ ދެމެދު ފެށި ހަނގުރާމައިގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 71،266 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އަދި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 171،222 މީހުން ޒަޚަމްވެފައިވާ […]

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ކ. ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ހުރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޘިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއ،ި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދު އާއ،ި ހުރާ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީ އާއި […]

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފަރާތެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމައިފިއެވެ. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބުވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކުގެ އަދަދު ތަފްސީލާއިއެކު ހިއްސާކުރައްވާފައެވެ. އެގޮތުން އެ ސްކީމްގެ ދަށުން 3 ކޮޓަރީގެ 2800 ފްލެޓު ދޫކުރާއިރު 2 ކޮޓަރީގެ 1200 ފްލެޓު ހިމެނެއެވެ. މިހާތަނަށް މި ފްލެޓުތަކުގެ ހައްގުދާރުންގެ ތެރެއިން 3879 މީހެއްގެ ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. […]

މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްްގެ ބަންދަށް 15 ދުވަސް

މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ މީހެއްްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަޙްމަދު ޢިރުފާލް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން […]

ފިޔޯރީގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ގދ. ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޡީމްއެވެ. އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރ އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 71,208,238.32 ރުފިޔާގެމަޝްރޫޢުއެކެވެ.އިއްޔެ ސޮއި ކުރި އެ […]

ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް ކަމަށާއި އެ ތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެެވެ. އަދި އެ ތަކެތި އެެތެރެކުރަން އުޅެފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށްފި

އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. އެގޮތުން އެ އެހީ ދިނުމުގެ ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ. މީގެ ކުރިން އެ ގަވައިދުގައި އޮންނަ ގޮތުން، އެކަނި ދަރިންބަލާ މައިންނަށް ނުވަތަ ބަފައިންނަށް ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ. އެގޮތުން މިއަދު ގެނައި އިސްލާހާއެކު ހަތަރު ކުދިން ތިބި […]

ޝަރުތުތަކަކާއެކު ޝަމްޢާނު ބަންދުން ދޫކޮށްލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައި ކަމަށްވެސް ޕީޖީން […]