އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނީ އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ހިންގާ ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ”ގޯތިގެދޮރު“ ޕްރޮގްރާމްގައި ދެ […]
ރޯދަ މަހުގެ 15 ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ

މި އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް އެއް ސަތޭކަ ހަތްދިހަ އެއް) ރުފިޔާ ލިބިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 (ހަތަރު މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހާސް އެއް ސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް […]
ހަތަރު ޤައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ދިވެހިރާއްޖޭން 4 ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ހަތަރު ޤައުމަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.ރައީސުލްޖުމްހޫރިއްޔާވަނީ ސަރބިއާއަށާއި މޯލްޓާއަށާއި އޮމާން އަދި އަރުމީނިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ސަރބިއާ އާއި މޯލްޓާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރެއްވުމަށް ފޮނުއްވާފައިވަނީ އާމިނަތު ޝަބީނާގެ ނަންފުޅެވެ. ޝަބީނާއަކީ މީގެ ކުރިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ […]
ތައިލެންޑުގެ ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި އޮއްވާ ނިޔާވެއްޖެއެވެ. ދިވެހި ފުލުހުން މިއަދު ބުނީ ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމް ކަމަށެވެތަފްސީލް އަންނަނީ..
ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި ދެމައިން ރާއްޖެ ގެނެސްފި

ސީރިއާގެ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި ދެމައިން ރާއްޖެ ގެނެސްފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ. ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް މީހުންނާއި އެފަދަ މީހުން ގެންދިޔަ އާއިލާގެ މީހުން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި އެބަ ތިބި ކަމަށާއި ސީރިއާގެ ދެ ސަރަހައްދެއްގައި ތިބި 60 ވަރަކަށް މީހުން ގެނައުމުގެ މަސައްކަތާއި އެހެން ބައެއް […]
މާލެއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. ފުލުހުން މިއަދު ބުނީ 2026 މާރިޗު 4 ވަނަ ދުވަހުގެ 20:00 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މާރިޗު 4 ވަނަ ދުވަހުގެ ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.އެގޮތުން މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ […]
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ރާއްޖޭގައިވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު 5 މާރިޗް 2026 އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ އެފްއެސްއެމް އިން ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި މި ބަދަލާ އެކު، ޕެޓްރޯލާއި ޑީސަލްގެ އާ އަގުތައް އިއުލާނުކޮށްފައެވެ. އެގޮތުން އަލަށް ގެނައި ބަދަލާއެކު، ކުރިން 13.50 ރުފިޔާއަށް […]
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އީދަށް ފަށަން ތައްޔާރުވެއްޖެ

ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިންގެ ހިދުމަތް ފިތުރު އީދަށް ފަށަން ތައްޔާރުވެއްޖެއެެވެ. މިކަންހާމަކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ފުރަތަމަ ބެޗް މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.އެ ޓެކްސީ ލައިންގެ ދެވަނަ ބެޗް އަންނަނީ ޗައިނާއިން ކަމަށާއި ބާކީއިން މޮޑެލް އަންނަނީ ތައިލެންޑުން […]
އެޗްޑީސީ އާއި ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް، އެޗްޑީސީއާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ތެލެސީމިއާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން، އިމާން މުހައްމަދު އެވެ. އެޗްޑީސީން ބުނީ އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ މަސައްކަތްތަކަށް ހުޅުމާލެއިން […]
ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި މަސައްކަތްކުރަން އުޅުނު ބިދޭސީއަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ އެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލާދޭޝްގެ، އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ ހާދިސާ ހިނގީ ހުޅުމާލޭ 2 ގައި ހަދަމުން އަންނަ ރެޑްވޭވް މޯލްގެ މަސައްކަތުގައި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.އެނގިފައިވާ ގޮތުގައި އޭނާ ވެއްޓި ގޮހޮރަށް ދަގަނޑު ހެރުމުގެ ސަބަބުން ގޮހޮރު ފަޅައިގެން ގޮސްފައި ވާތީ އެކަމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ އޮޕަރޭޝަން […]