ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވެއްޖެ

ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްކަމަށް އެމްޑީޕީން ބުނެފިއެވެ. ރިޔާސީ އިންތިޚާބުގައި ތިންވަނަ ހޯދި ދަ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން މި މަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީއަށް ހުށަހަޅައިފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް […]
ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރުމަށް 47,000 ވުރެ ގިނަ ފޯމު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް 47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. އީސީއިން ބުނީ ދެވަނަ ބުރަށް ހުޅުވާލެވުނު 3 ދުވަހުގެ ތެރޭގައި އޮންލައިންކޮށާއި އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުތަކަށް އަދި އަތޮޅުތަކުގެ ފޯކަލްޕޮއިންޓް މެދުވެރިކޮށް47,000 ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށާއި މިގޮތުން 19,000 ވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާ […]
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ: ޚަބަރެއް ނުވާތާ ދެ ހަފުތާވެއްޖެ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) އެވެ. ފުލުހުން މިރޭ ބުނީ އާއިލާއަށް ޚަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިންކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. […]
އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ދަނީ ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން: އަދުރޭ

މި އިންތިޚާބު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓާއެކު މިއަދު ހދ.ކުމުންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ވަގަށް ނެގުމަށް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ޢަބްދުއްރަޙީމް އެދިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވުމަށެވެ. “ރީރަޖިސްޓްރީކުރުމަށް ހުޅުވައިލި ދެ ދުވަހުގެ […]
2028 ގެ ރިޔާސީ އިންތިޚާބަށް ޢުމަރު ކެމްޕޭން ފަށްޓަވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށްޓަވައިފިއެވެ. ޢުމަރު ވަނީ 2028 އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވައިފައެވެ. އަދި ކެމްޕޭން ފެށްޓެވިކަން ހާމަކުރައްވައި ޢުމަރު ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގެ ޕްރޮފައިލް ފޮޓޯ ބަދަލު ކުރައްވައިފައެވެ. އެ ފޮޓޯގައިވާ ގޮތުން ކެމްޕޭން ސްލޯގަންއަކީ މިފަހަރު ވެސް ބޭނުން ކުރެއްވި “ނިއު ޑައިރެކްޝަން“ ނުވަތަ “އައު މިސްރާބަކަށް“ […]
ފޭރުމުގެ ދެ މައްސަލައެއްގައި 3 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފި

ފޭރުމުގެ ދެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މީގެތެރެއިން އެއް މައްސަލައެއްގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނަކާއި ށ.މާއުނގޫދުއަށް ނިސްބަތްވާ 37 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކުރީ ބިދޭސީއެއްގެ އަތުން ފޯނު ފޭރިގަތް މައްސަލާގައެވެ. ފުލުހުން ބުނީ ފޭރިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފޯނު އަންހެން މީހާ ފުލުހުންނާ ހަވާލު ކުރި ކަމަށެވެ. ފުލުހުން ކުށުގެ ވެށްޓަށް ދިއުމުން ބަންގްލަދޭޝް މީހާ ފިލަން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. […]
އުމުރުން 38 އަހަރު, 104 ވަނަ ފަހަރަށް ހައްޔަރުކުރީ ފޯނެއް ވަގަށް ނަގައިގެން

ކުށުގެ އެކި ތުހުމަތުތަކުގައި މީގެކުރިން 103 ފަހަރު ހައްޔަރުކުރި މީހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ތޮއްޑުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ޢަލީ ޝާހިދު މިފަހަރު ހައްޔަރުކުރީ ފޯނެއް ވަގަށް ނެގި މައްސަލައެއްގައެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 30 ދުވަސް ޖަހައިފައެވެ. ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ޢަލީ ޝާހިދު ބުނީ އެއީ މަސްތުވާތަކެތި ވިއްކާ ކާޓެލްއަކުން މީގެ ހަފުތާއެއް ކުރިން ގަތް ފޯނެއް […]
ސަރުކާރުން ރާވައިގެން ބަޔަކަށް ހަމަލާދޭން ރާވާ ވާހަކަ ފުލުހުން ދޮގުކޮށްފި

ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމަށްބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނަށް ޓަރގެޓްކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައިނުވާ ކަމަށެވެ. އަދި މި މައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް […]
ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އަޅުގަނޑު: ނާޒިމް

ކުރީގެ ރައީސް ޔާމީން މިނިވަންކުރަން އެންމެ ބޭނުންވާ މީހަކީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވުމުން ނާޒިމް މިހާރު ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވައިފައެވެ. ެއެގޮތުން ޕީޕީއެމް/ޕީއެންސީއާއެކު އެމްއެންޕީން މިހާރު ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޑރ.މުޢިއްޒާއެކު އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުުފުޅުގައި ފެރިދުއަށް ވަޑައިގެން […]
އަލަށް ވޯޓުލެވޭ 408 ޒުވާނުންނާއެކު ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282,803 މީހުންނަށް

ސެޕްޓެންބަރު 30 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފިއެވެ. މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު, މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ, ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ, އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. އީސީން […]