ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މ.އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ (53އ) ގެއްލުނީ އިއްޔެގައެވެ. އޭނާ ގެއްލިފައިވާ ކަމަށް މިއަދު 10:25 ހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ރޭ 22:45 ހާއިރުއެވެ. އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމަކާއި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެކެވެ. ފުލުހުން ވަނީ އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން […]

ރާއްޖެއިން ޙައްޖަށް ދިޔަ ދެ މީހަކު ނިޔާވެއްޖެ

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދެ މީހަކު ނިޔާވެއްޖެއެވެ. ދިވެހި ޙައްޖާޖީއަކު ގެއްލިގެން ހޯދަމުން އަންނަތާ 4 ދުވަސް ފަހުން ނޫރު ފަރުބަދަ ކައިރީގައި ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. ނިޔާވެފައި އޮއްވާ ފެނުނީ އަލްހަރަމައިން ހައްޖު އުމްރާ ގުރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ރ.މާކުރަތު އުމުރުން 72 އަހަރުގެ މުޙައްމަދު ނަސީމް ކިޔާ މީހެކެވެ. އޭގެފަހުން އިތުރު ޙައްޖާޖީއަކު ވެސް ވަނީ ނިޔާވެފައެވެ. އެއީ ދ.މާއެނބޫދުއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ޢަލީ ޙަސަން މަނިކު […]

ގުގުމައިލި ތަކުބީރުގެ އަޑާއެކު މާލެ ސިޓީ ކައުންސިލު ތާރީޚުގެ ތެރެއަށް

ޗައިނާގެ އެހީގައި މާލެ ސިޓީ ކައުންސިލުން ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ މި ޢީދުގައި ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ މާލެ ސިޓީ ކައުންސިލަށް ތައުރީފުކޮށް ޝުކުރުއަދާ ކުރަމުންނެވެ. “ވަރަށް ވެސް އުފާވެރި ހިތަށް ހަމަޖެހުން ލިބިގެންދާ ޢީދެއް. ތަކްބީރުގެ […]

ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން: އަކްރަމް

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ދާދިފަހުން ރާއްޖޭގެ ރަށްވެހިކަން ލިބުނު އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުންކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއަރ އަކްރަމް ކަމާލުންދީން މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ހޯމަ ދުވަހު އާންމުކުރި “ބިންވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓުގައި މއ.މަލިކުވިއު ޙަބީބު ރަހިމާން މުޙައްމަދު ހަނީފާ (46 އ) ގެ ނަން އޮތީ ޝަރުތުހަމަވާ އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ […]

ގޯތި ދުކުރުމުގެ ނަމުގައި ހިންގީ ބޮޑު ޖަރީމާއެއް: އިދިކޮޅު ކޯލިޝަން

މާލޭ ސަރަހައްދުން ގޯތި ދުކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަކަމެއް ނެތި ހައްގުވާ ފަރާތައް ބެލުމެއް ނެތި ބިންތައް ބަހައިލާފައިވާ ކަމަށާއި އެއީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ އާންމުކޮށްފައިވާއިރު, މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނެއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ […]

ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމުމުން ޤާސިމްގެ މަރުހަބާ ރައީސް ނަޝީދަށް

‏ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3,560 މީހުންގެ ސޮޔާއެކު މި މަހުގެ 01 ވަނަ ދުވަހު އީސީއަށް ހުށަހެޅި ނަމަވެސް ހުއްދަ ދިނުން ލަސްކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އީސީއަށް އަމާޒުވެފައިވާއިރު, އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ޤާސިމް ވެސް ވަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ. […]

ޑިމޮކްރެޓްސް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނިންމައިފި

‏ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު ދޭން ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3,560 މީހުންގެ ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 01 ވަނަ ދުވަހުއެވެ. އެ ފޯމުތަކުގެ ތެރޭގައި ސައްހަ 3,000 ފޯމު ހުރިކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވި ނަމަވެސް އެ ކޮމިޝަނުގެ ބައެއް މެންބަރުން ބޭނުންވެވަޑައިގަމޮތީ ހުއްދަ ދިނުމުގެ ކަންކަން ތިން މަސް ދުވަހަށް ދިގު ދަންމައިލުމަށެވެ. […]

ޤާސިމް, ރައީސަށް: “ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް“

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, މިހާރުން މިހާރަށް “ގެއަށް ކަނޑާލުމަށް“   ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާަސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ދަންނަވައިފިއެވެ. ޤާސިމް މިހެން ވިދާޅުވީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. “އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވާށޭ ކިޔައިގެން އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ސާފުވޭ ވަރަށް ވަރަށް ރަނގަޅަށް ސާފުވޭ. އަމިއްލަ ފަރުދުންގެ ކަރަށް އަތްބާނަނީއޭ ބުނާކަށެއް ނުވާނެކަންނޭނގެ […]

ކުށްވެރިންގެ ފައިގައި އަލުން ޓެގު އަަޅުވަން ފަށައިފި

ޓެެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިންގެ ފައިގައި އަލުން އެންކަލް ބްރެސްލެޓް (ޓެގު) އަަޅުވަން ފަށައިފިއެވެ. ރޭގެވަގުތެއްގައި ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބާގައި ގާއިމުކޮށް ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގު) ބޭނުންކުރަން އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމަލެއްނުވާނެ ކަަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު […]

އެމްޑީޕީގެ އެދުމަށް ނަޝީދު އިޖާބައެއް ނުދެއްވި, މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދިގު ދަންމައިލަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށަހަޅާފައިވަނިކޮށް އެެއަށް ގޮތެއް ނުނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން ދެ ބޭފުޅުން ވެސް އުޒުރުވެރިވެވަޑައިގަތުމުން ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލިސް އޮތީ ހުއްޓިފައެވެ. އެހެންވެ ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފެވެ. ނަމަވެސް […]