ރައީސްގެ ހިސާބު ރޯނުބައި: 100,000 ވޯޓަކީ ހުވަފެނެއް

“މިހާތަނަށް މިވަރުގެ މެންބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީޚުގައި ހެދިފައެއް ނެތް. އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު [ސެޕްޓެމްބަރު 09 ގައި] ވޯޓުލާއިރުގައި 100,000 ވޯޓުން ފެށުން.“ ދާދިފަހުން ކ.ގުރައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. ރައީސް މި ހިސާބު ޖައްސަވަނީ އެމްޑީޕީއާއި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ (އޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) […]
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދާއި މަހިބަދޫ ދާއިރާގެ އަޙްމަދު ޠާރިޤް (ޓޮމް) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި މާލެ ސިޓީ ކައުންސިލަރު އަދި ޕީޕީއެމް ސެނެޓަރު އަޙްމަދު އައިފާން […]
ރިޔާސީ އިންތިޚާބު: އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލައިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާނަމަ: އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގެ […]
އެމްއައިބީގެ ބިޒްނަސް ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިފިއެވެ. ހ.މެރީޑްރީމްގައި ހުންނަ އެމްއައިބީގެ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު ޢަބުދުލްގައްޔޫމާއި އެމްއައިބީގެ ޗީފް އެގްޒެކްޒެކްޓިވް އޮފިސަރ މުފައްދަލް އިދުރީސެވެ. މި ރަސްމިއްތާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ ޗީފްއެގްޒެކްޓިވް އޮފިސަރ މުފައްދަލް އިދުރީސް ވިދާޅުވީ ކޯޕަރޭޓް އަދި ރީޓެއިލް ކަސްޓަމަރުންނަށް ވެސް މި ބިޒްނަސް ސެންޓަރުން ޚިދުމަތް ލިބޭނެކަމަށެވެ. އަދި ކަސްޓަމަރުންނަށްދޭ ޚިދުމަތް ފުޅާކުރުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިޒްނަސް ސެންޓަރުތަކާއި ބުރާންޗުތައް ގާއިމްކޮށް […]
އެއް ކެންޑިޑޭޓަކު ނެރެން ދަ ޑިމޮކްރެޓްސްއާއި ޖޭޕީއާއި އެމްއެންޕީން މަޝްވަރާކޮށްފި

އަންނަ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރެން ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން މަޝްވަރާކޮށްފިއެވެ. މި ގޮތަށް އެއްބަސްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމާއި ރައީސް މުޙައްމަދު ނަޝީދާ ތިން ބޭފުޅުން މ.ކުނޫޒުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ. ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވިދާޅުވީ ތިން ޕާޓީ އެކީގައި އެއް ކެންޑިޑޭޓަކު ނެރެގެން އިންތިޚާބުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. “މި ތިން ޕާޓީން […]
ގާނޫނާ ޚިލާފަށް ސަރުކާރުން ވިއްކައިލާ ވ.ފޮއްތެޔޮ ފަޅު އަނބުރާ ހޯދާނަން: ޕީޕީއެމް

ޕީޕީއެމްގެ ސަރުކާރެއްގައި ވ.ފޮއްތެޔޮ ފަޅު އަނބުރާ ހޯދައިދޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ރިޔާސީ ކެމްޕޭނަށް ވ.އަތޮޅަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ދެން ހިންގާ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު އެ އަތޮޅުގައި ހިންގާނެކަން އިއުލާނު ކުރައްވައިފައެވެ. އެއީ ވ.އަތޮޅުގެ އިރުމަތީގައި އޮންނަ ފޮއްތެޔޮ ފަޅުން 400 ހެކްޓަރު ހިއްކައި ރިސޯޓެއް ތަރައްގީކުރުމެވެ. ނަމަވެސް މި ފަޅު ހިއްކައިގެން މަޝްރޫއު ހިންގުމާމެދު ވ.އަތޮޅު ކައުންސިލުން ހިތްހަމައެއް ނުޖެހެއެވެ. އިދިކޮޅު […]
ރައީސް ޔާމީނަށް އިންސާފު ލިބެންދެން އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ވ.އާރަށުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ. އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބާރާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް އިންސާފުވެރިއެއް ނުވާނެ ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް […]
އިންޑިއާ ސަފީރު އީސީގެ މެންބަރުންނާ ބައްދަލު ކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ. އީސީން ބުނީި އެއީ ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމާ ގުޅޭ ގޮތުން ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވައިލި ފުރުސަތާ ގުޅިގެން ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން ވޭތުވެދިޔަ ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވާފައިވެއެވެ. މިގޮތުން، ޔޫ.އެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، […]
2024 ގައި މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް: އީސީ

2024 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންނެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ […]
ރިޔާސީ އިންތިޚާބު 2023: ރީ ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އޮގަސްޓު 5 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ރީ ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު […]