މަސްތުވާތަކެތީގެ މައްސަލައެއްގައި އިނގުރައިދޫން ހަތް މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އިނގުރައިދޫން ހަތް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިނގުރައިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޮގަސްޓު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނާއި ބަނގުލަދޭޝް ހަތަރު ފިރިހެނުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް, އެމީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ […]
މިއަދަކީ ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަސް!

މިއަދަކީ ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަހެވެ. ބައިނަލްއަޤްވާމީ ވައަތް ތެރިންގެ ދުވަސް ފާހަގަކުރަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އެވެ. މި ދުވަހަކީ ދުނިޔޭގެ ވައަތް ތެރިންނަށް ޚާއްސަކޮށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 1976 ވަނަ އަހަރު އެމެރިކާގައި ލެފްޓް-ހެންޑާސް ކްލަބް އުފެއްދެވި ޑީން އާރް ކެމްޕެލް އެވެ. ވައަތް ތެރިއެއް ކަމަށްވާ ކެމްޕެލް ބޭނުންވީ ކަނާތާއި ވައަތް ބޭނުންކުރުމުން ލިބޭ ފައިދާތަކާއި ގެއްލުންތަކާއި މެދު މީހުން ހޭލުން […]
އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން

އިރާނުން އަޒުމްކަނޑައަޅާފައި ވަނީ ސީދާ އިސްރާއީލަށް ހަމަލާދޭން ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއިން ބުނެފިއެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެމެރިކާގެ ވެބްސައިޓް އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ވަނީ ރައްދު ދިނުމަށް އަޒުމް ކަނޑައަޅާފައެވެ. ނަން ހާމަކުރަން ބޭނުން ނުވާ ދެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން މިހާރު ވަނީ އީރާނުން ސީދާ އިސްރާއީލަށް އަމާޒުކޮށްގެން ހަމަލާދޭން ނިންމާފައިވާ ކަމަށް ނިންމާފައެވެ. އަދި މި ހަމަލާ […]
ރައީސް މުޢިއްޒު“ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ“އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ“ މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ. މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ މި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ. މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ. މި ބޯޑު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރެއްވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޮމިޓީގެ […]
އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ދިރާސާ ކުރުމަށްފަހު:ރައީސް

އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ ”އެފިޝަންޓް“ ވާނެގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.މިއަދުގެ ބައްދަލު ކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ […]
މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވައިފި

މާލެ ސިިޓީ ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާ އާ ހިއްސާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ […]
މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެނަކު ދުވާފަރުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެނަކު ރ. ދުވާފަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ދުވާފަރު ބަނދަރުގައި އޮތް ބޯޓަކުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަ […]
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ރޭ ފަތިހު އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ. ރޭ ފަތިހު އެ ސްކޫލަށް ހަމަލާ ދީފައި ވަނީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތުއެވެ. މިކަމަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެތައް ހާސް ރެފިއުޖީންނެއް ވަގުތީ ހިޔާވެހިކަން ހޯދައިގެން ތިބި އަލް ތާބިން ސްކޫލަށް ހަމަލާދީ ގިނަ […]
މަންމައަށް އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފި

މަންމައަށް ގެވެށި އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި 38އ އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތަކީ 15 ދުވަސް ކަމަށް ޖަހާފައި ވަނީ އޭނާގެ މަންމައާ މެދު ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށް […]
ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އެވެ. ފުލުހުން ބުނީ އަނިލްގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށާފައިވާ ކަމަށެވެ. އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، […]