ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބާއްވާފައި ވަނީ ސައުދީގެ 94 ވަނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތެވެ.ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ޤައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުޞަތުވެސް އެ ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ […]
ބީއެމްއެލްއަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ބޭންކިންއާއި ފައިނޭންސްއިންއާއި ގުޅޭ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު 15 އަހަރު ދުވަހުގެ ތަޖުރިބާ ހުުންނަންޖެހޭނެއެވެ. ބީއެމްއެލް އިން މިއަދު ހަވީރު ކުރި އިއުލާނެއްގައި ވަނީ ސީއީއޯއެއް ހޯދަން އިއުލާންކޮށްފައެވެ. އަދި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައި މި […]
އެމެރިކާ އަދި އިޒްރޭލަށް ކުރިއަށް އޮތް ދުވަސްތަކަކީ ކުއްލި ސިހުމުން ފުރިފައިވާ ދުވަސްތަކެއް:ޔަމަން

އެމެރިކާ އަދި އިޒްރޭލަށް ކުރިއަށް އޮތް ދުވަސްތަކަކީ ކުއްލި ސިހުމުން ފުރިފައިވާ ދުވަސްތަކެއް ކަމަށްބުނެ ޔަމަނުން އިންޒާރުދީފިއެވެ. މިގޮތަށް އިންޒާރުދީފައި ވަނީ ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ވެރިޔާ ފީލްޑް މާޝަލް މަހުދީ މުޙައްމަދު އަލް މަޝާތު އެވެ.މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަޝާތު ވަނީ 2 ހައިޕަރސޮނިކް މިސައިލުން ތެލް އަވީވްގެ އަސްކަރީ އަމާޒަކަށް ޙަމަލާދިނުމުން ރޮކެޓްރީ ފޯސަސްއަށް ލިބުނު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. މަޝާތު ވިދާޅުވީ އެމެރިކާއާއި އިޒްރޭލަށް “ ކުރިއަށް އޮތް ދުވަސްތަކަކީ […]
އެއްވެސް ދުޝްމަނަކަށް އީރާނުގެ ބިމަށް އަރައިގަންނާކަށް ނުކެރޭނެ

އެއްވެސް ދުޝްމަނަކަށް އީރާނުގެ ބިމަށް އަރައިގަންނާކަށް ނުކެރޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.ޕެޒެސްކިއަން މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އަސްކަރީ ޕެރޭޑްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޕެޒެސްކިއަން ވިދާޅުވީ މިއަދު އީރާނުގެ ބާރާއި ޑިޓަރެންސްގެ ސަބަބުން އެއްވެސް ދުޝްމަނަކަށް އިރާނުގެ ފަސްގަނޑަށް އަރައިގަތުމުގެ ފުރުސަތު ނެތް ކަމަށެވެ.މިއަދު ސަރަހައްދީ ޤައުމުތަކުގެ މެދުގައި އިރާން ދިފާޢު ކުރުމުގެ އިތުރުން، އިރާންގެ އަމާންކަން ދަމަހައްޓައި ޝަރަފުވެރި ކަމާއެކު އެކަން އިޢުލާނު ކުރާ ކަމަށެވެ. މީގެ […]
ލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

ސްރީލަންކާގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެ ޤައުމުގައި ހުންނަ ރާއްޖޭޭގެ އެމްބަސީން އެދިއްޖެއެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ލަންކާގައި ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވުމަށާއި ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށް އިލްތިމާސް ކޮށްފައެވެ. ހަމައެހެންމެ ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ […]
އުތުރު މެރިޓައިމް ސަރވިސްގެ ވޯޓަރ ބަންކަރިން ޚިދުމަތަށް ބޭނުންވާ ފެން ބާޖު ތުރާކުނުގައި ބާއްވަން ސޮއި ކޮށްފި

އުތުރު މެރިޓައިމް ސަރވިސް އިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖު ތިލަދުންމަތި އުތުރުބުރީ ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ތުރާކުނު ކައުންސިލާދެމެދު މިއަދު ސޮއިކޮށްފިއެވެ. އެގޮތުން މި ފަހުމުނާމާގެ ދަށުން، އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ދިނުމަށް އެމް.ޕީ.އެލް އިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ފެން ބާޖް ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް […]
މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ އާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން […]
ގއ.ވިލިނގިލީގައި އަޅާ 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތުގެ 53 އިންސައްތަ ނިމިއްޖެ

ގއ. ވިލިނގިލީގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ވިލިނގިލީގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގައި ތިން ކޮޓަރިއާއި ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހިމެނޭހެން ތަރައްޤީކުރާ ހައުސިން ޔުނިޓުތަކެކެވެ. […]
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ރަސްމާލެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވާނެ:ހީނާ

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށާއި ރަސްމާލެ މަޝްރޫޢު ހަޤީޤަތަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ. ހީނާ މި ޔަޤީންކަން ދެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ހީނާ ވިދާޅުވީ ރަސްމާލެ މަޝްރޫޢު މި އަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު އެދިވަޑައިގެންނެވި ކަމަށެވެ. ނަަމަވެސް މަޖިލީހުން އެ […]
އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރޭ:ޗައިނާ ސަފީރު

ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރާ ކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ވަންގް ލީޝިން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން ކަމަށެވެ. މިގޮތުން ”ޓެކްނޮލޮޖީ، އިޤްތިސާދީ އަދި ތަފާތު އެކި […]