ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަން ނިންމައިފިއެވެ. ހައުސިން މިނިސްޓްރީން ރޭ ބުނީ ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފްލެޓު ލިސްޓު އިއުލާނު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައުސިން މިިނިސްޓްރީން ބުނެފައި ވެއެވެ. ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނީ ފްލެޓު ލިސްޓު […]
ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤައުމީ ބަޑިޖެހުމުގެ މުބާރާތެއް ބާއްވަނީ

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤައުމީ ބަޑިޖެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އާންމުންނަށް ބައިވެރިވެވޭހެން ބާއްވާ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭހެންނެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝޫޓިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރު އިސްމާޢީލް ޝަފީގު ވިދާޅުވީ މި މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭނީ ވަކި މުއްދަތަކަށް ބޭއްވޭ ތަމްރީނުތަކަށް ފަހު ކަމަށެވެ. […]
އިސްރާއީލުން ޣައްޒާގެ ސްކޫލް ހިޔާއަކަށް ދިން ހަމަލާގައި 28 މީހަކު ޝަހީދުކޮށްލާ 54 މީހަކު ޒަހަމް ކޮށްލައިފި

އިސްރާއީލުން ޣައްޒާގެ ސްކޫލް ހިޔާއަކަށް އިއްޔެ ދިން ބޮމުގެ ހަމަލާގައި 28 މީހަކު ޝަހީދުކޮށްލާ 54 މީހަކު ޒަހަމް ކޮށްލައިފިއެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ބުރާސްފަތި ދުވަހު އިސްރާއީލުން ޣައްޒާގެ ރާފިދާ ސްކޫލަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ 28 މީހުން ޝަހީދުވެ،54 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާފިދާ ސްކޫލަށް ދިން ހަމަލާގެ އިތުރުން އެ އަސްކަރިއްޔާއިން ވަނީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ވެސް ހަމަލާދީފަ އެވެ. އިއްޔެގެ […]
ތުރުކީ އިން ޑިސްކޯޑް މެސެޖިން ޕްލެޓްފޯމް ބްލޮކްކޮށްފި

ތުރުކީ އިން ޑިސްކޯޑް މެސެޖިން ޕްލެޓްފޯމް ބްލޮކްކޮށްފިއެވެ. ތުރުކީ އިން ޑިސްކޯޑު ބްލޮކްކޮށްފައި މި ވަނީ ރަޝިޔާއިން ވެސް އެ ޕްލެޓްފޯމް މަނާކުރިތާ އެއް ދުވަސް ފަހުންނެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޑިސްކޯޑު މެސެޖިން ޕްލެޓްފޯމުން ބައެއް ކުށްވެރިންގެ މަޢުލޫމާތު ހޯދުމަށް ތުރުކީން އެދުމުން އެ މަޢުލޫމާތު ހަވާލު ކުރުމަށް ޑިސްކޯޑުން ދެކޮޅު ހެދި ކަމަށެވެ. ބީޓީކޭ ކޮމިއުނިކޭޝަން އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނީ ތުރުކީ އިން ބުދަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް […]
ކަފިހި ހުރަހުން މަގު ހުރަސް ކުރަން އުޅުން ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް

މަޖީދީމަގުގައި މިއަދު މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މިއަދު ބުނީ މަޖީދީމަގު،ވިލާ މާޓު ކައިރި ކަފިހި ހުރަހުން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިއަދު 03:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.އަދި އެ ކުއްޖާ ވަނީ […]
ބެލްކަނި ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަންފަށައިފި

ބެލްކަނި ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފިއެވެ. މި ޑޮކިއުމަންޓްރީ ދައްކާފައި ވަނީ ރޭގެ ވަގުތެއްގައި ޗެނަލް 13 އިންނެވެ. ބްރޯޑްކޮމްއިން ވަނީ މި ޑޮކިއުމަންޓްރީ ގެނެސްދޭން ނިންމާފައިވާ ކަމަށް ބުނެ ޗެނަލް 13 އިން އިޝްތިހާރު ދައްކަން ފެށުމުން އެ ޑޮކިއުމަންޓްރީ ނުދެއްކުމަށް އެދިފައިވަނިކޮށް ދައްކާފައި ވާތީ އެ ޗެނަލަށް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން އެ ޗެނަލުން ދެއްކި“ބެލްކަނި“ ޑޮކިއުމަންޓްރީގެ މައްސަލަ ބަލާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި […]
ކާމިޔާބީއެއް ހޯދެންދެން ޣައްޒާއަށް ތާއީދު ކުރުމުގައި ހަމާސްއާ ބައިވެރިވާނަން:އަންސާރުﷲ

ޔަމަނުގެ އަންސާރުﷲ އިން ހަމާސްއަށް ހާއްސަ މެސެޖެއް ފޮނުވައިފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔަމަނުގެ އަންސާރުالله ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ހަޒާމް އަލް އަސަދު ފަލަސްތީނުގެ ހަމާސް ރެސިސްޓެންސް މޫވްމަންޓަށް ވަނީ މުހިންމު މެސެޖެއް ފޮނުވާފައެވެ. ހަޒާމް އަލް އަސަދު ފޮނުއްވި މެސެޖެއްގައި ވަނީ ކަނޑައެޅިގެން ކާމިޔާބީއެއް ހޯދެންދެން ޣައްޒާއަށް ތާއީދު ކުރުމުގައި ހަމާސްއާ ބައިވެރިވާނެކަން ހާމަކޮށްފައެވެ. އަލް އަސަދުގެ މެސެޖުގައި ވަނީ ޔަމަނުގައި އަރައިގަންނަ މީހުންނަށް އަދަބު ދިނުމަށާއި އެމީހުން ހިންގާ ޖަރީމާތަކަށް ފިލާވަޅެއް ދަސްކޮށްދިނުމަށް […]
އިރާނުން ދިން ހަމަލާއަށް އިޒްރޭލުން ރައްދުދީފިނަމަ، އެއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާއެއް ދޭނަން:އިރާން

އިރާނުން ދިން ހަމަލާއަށް އިޒްރޭލުން ރައްދުދީފިނަމަ، އެއަށްވުރެ ވަރުގަދަ އަދި ފަނާކުރަނިވި ހަމަލާއެއްދޭނެ ކަމަށް އިރާނުން ބުނެފިއެވެ. އިޒްރޭލަށް ނިސްބަތްކޮށް އީރާނުގެ ސިފައިންގެ ޗީފް ކޮމާންޑަރ މޭޖާ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވަނީ އީރާނުގެ ބަދަލު ހިފުމުގެ މިސައިލް ހަމަލާއަށް އަންގާރަ ދުވަހު ރައްދު ނުދިނުމަށް އިންޒާރުކޮށްފައެވެ. އެގޮތުން ހިޒްބުاللهގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝަހީދު ހަސަން ނަސްރުاللهގެ ހަނދާނުގައި ހުކުރު ދުވަހު ތެހެރާނުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން، މޫސާވީ ވިދާޅުވީ އިރާނުން ދިން ހަމަލާއަށް […]
ހުޅުމާލޭގައި ތަރައްޤީކުރާ ކެޓް ޝެލްޓާގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލޭގެ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ކެޓް ޝެލްޓާގެ ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ސެކިޔުރިޓީ ބަަލަހައްޓަން ހަވާލުކުރީ އޭޖޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 24 ގަޑިއިރަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. މި މަސައްކަތް އޭޖޭ އެންޓަޕްރައިސަސްއާ ހަވާލުކޮށްފައި ވަނީ 466,482.24 ރުފިޔާއަށް ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަ ކުރެއެވެ.
ދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުޢިއްޒު ބައްދަލު ކުރައްވައިފި

އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ލިބޭނެގޮތަކަށް، […]