ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރަން އާރުޑީސީއާ ހަވާލުކޮށްފި

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ އަމާޒެއް ކަމަށް ދިވެހި ބަހާ ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ތެރޭގައި އިޤުތިޞާދީ ބަޔަކާއި، އިއާދަކުރުމުގެ ބަޔަކާއި، ޒަމާނީ ޓެކްނޯލޮޖީގެ ބަޔަކާއި، ދިވެހީންގެ […]

އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފިއެވެ. ރާއްޖޭގެ ހާރިޖީ ވުޒާރާއިން މިއަދު ބުނީ ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރު ވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ހަމައެހެންމެ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން […]

ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިއްޔާ ރައީސް މުޢިއްޒު ފޮނުއްވައިފި

ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މުޢިއްޒު ވަނީ އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުޙައްމަދު ޔޫނުސް އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ތަހުނިޔާ ފޮނުއްވާފައެވެ. ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ […]

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލައިފި

އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފިއެވެ. ރޭ 11:15 ހާއިރު ރަސްދޫގެ ގެއެއްގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ރޭ ބުނެފައި ވެއެވެ. އެގޮތުން އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. އެއީ އުމުރުން 31 އަހަރުގެ ދެމީހުންނެވެ. ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދެމީހުން މާލެ ގެނައީ ރޭ […]

މި އަހަރު މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މި އަހަރު މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދު ކުރާނީ މާފަންނަނު ސްޓޭޑިއަމްގައި ކަމަށާއި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކާއި ކުރިކެޓް ސްޓޭޑިއަމްގައި ކަމަށެވެ. އަދި ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ބޯޅަދަނޑުގައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ތަންތަން […]

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް ނިޔާވެއްޖެ

މާފުށީ ޖަލުގައި ޙުކުމްތަންފީޛު ކުރަމުން ދިޔަ ގައިދީއެއް ކަމަށްވާ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) މިއަދު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު އިބްރާހިމް ޝަމްވީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 4:55 ގައި އިބްރާހިމް ޝަމްވީލް ނިޔާވެފައިވާކަމަށް ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ވަނީ ބުނެފައެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ މީނާއަކީ […]

ރަހަފަތް: ޕުޑިން

ބޭނުންވާ ތަކެތި: 6 ބިސް ް1 ދަޅު ގެރިކިރު 1 ޖޯޑު ފެން 3 ސަމުސާ ހަކުރު 1 ސަމުސާ ވެނީލާ އެސެންސް ތައްޔާރުކުރާނެ ގޮތް:އެންމެ ފުރަތަމަ ކޭކު ފިހާ ކަހަލަ ތަށްޓަކަށް ހަކުރުކޮޅު އަޅާފައި މަޑުގިނީގައި ކައްކާށެވެ. ދެން ހަކުރުކޮޅު ރަތްވީމާ، އުނދުން މަތިން ބާލާށެވެ. ދެން ޕުޑިން އަޅާ ތަށީގައި ހަކުރު ހާކާފައި ހިހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ، ހަކުރުކޮޅު ހުންނާނީ ރީތިކޮށް ހަރުވެފައެވެ. އެއަށްފަހު ބޮޑުތަށްޓަކަށް ބިހާއި ގެރިކިރާއި ފެނާއި އެސެންސް އަޅާފައި ގިރާލާށެވެ. […]

ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދީފި

ޕާކިސްތާނާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު އެ ޔަޤީންކަން ދެއްވާފައި ވަނީ ”ޕާކިސްތާން ޑޭ“ގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެގޮތުން ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ޒަމާންވީ އަޚުވަންތަ […]

ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

މި ސަރުކާރުން ރާއްޖޭގައި އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަރސަން-ޖޯންސް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީސީބީން ދެންމެ ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ބޭފުޅާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ […]

ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ރާއްޖޭގައި ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ފިޔުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުން ޕެޓްރޯލް ލިބެން ހުންނާނީ 13.50 ރުފިޔާއަށް ކަމަށެވެ. މި ބަދަލާއެކު ލީޓަރަކުން މި ވަނީ 48 ލާރި އަގުހެޔޮވެފައެވެ. މީގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98ރ އަށެވެ. އެހެންކަމުން ލީޓަރަކުން 48 ލާރި ހެޔޮކުރުމުން، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 13.50ރ އަށް ތިރިވެފައެވެ.