ޔަމަނުން އިސްރާއީލަށް 2 މިސައިލް ފޮނުވާލުމުން, އިސްރާއީލުގެ އެއާޕޯޓުގައި ފްލައިޓު ޖެއްސުން މެދުކަނޑާލައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ހާލަތު ގޯސްވެފައި ވާއިރު، ޣައްޒާގެ މިނިވަންކަމަށް ތާއީދުކުރަމުން އަންނަ ޔަމަނުން އިސްރާއީލަށް ދެ މިސައިލް ފޮނުވާލުމުން އިސްރާއީލުގެ އެއާޕޯޓުގައި ފްލައިޓު ޖެއްސުން މެދުކަނޑާލައިފިއެވެ. މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުރާސްފަތި ދުވަހު ބުނީ ޔަމަނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ވައްޓާލާފައި ވަނީ އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ކަމަށެވެ. އެގޮތުން އެ މިސައިލް ހަމަލާގެ ސަބަބުން ގުދުސް، ޓެލް އަވީވް އަދި […]
މޭވާ އާއި ތަރުކާރީ، އަތްފޯރާފަށަށް އަގުހެޔޮކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން

މޭވާ އާއި ތަރުކާރީ، އަތްފޯރާފަށަށް އަގުހެޔޮކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސް އޮފީހުން މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މިހެން ވިދާޅުވީ ޢާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅުއްވާނޭ ފިޔަވަޅުތަކާމެދު ޢާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ […]
ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކުވެސް ރޯދަ މަހު ސްކޫލްތައް ބަންދުކުރަނީ

ކިޔަވައިދޭ ގަޑިތައް ނުގެއްލޭގޮތަށް، ކޮންމެ އަހަރަކުވެސް ރޯދަ މަހު ސްކޫލްތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ “ރައްޔިތުންނާ އެކު” މިނަމުގައި މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު […]
އިތުުރު 8 ރަށުގައި ފުލުހުންގެ މަރުކަޒު އަޅަން ތިން ކުންފުންޏަކާ ހަވާލުކޮށްފި

އިތުުރު 8 ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށް ތިން ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ، މި މާރިޗު މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ހަ ރަށުގައި އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުުރު އެއް ރަށާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ފަރާތުން އިތުރު އެއް ރަށުގައި ފުލުހުންގެ މަރުކަޒު އެޅުމަށެވެ. […]
ރައީސްގެ ”ރައްޔިތުންނާ އެކު“ ފުރަތަމަ ޕޮޑްކާސްޓް މިއަދު 1:00 ޖަހާއިރު

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ”ރައްޔިތުންނާ އެކު“ މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ ”ރައްޔިތުންނާ އެކު“ މި ނަމުގައި ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 01:00 ގައި ރައީސް އޮފީހުގެ ވެބްސައިޓުންނާއި މީސް މީޑިއާ މަންސަތަކުން ދައްކާނެ ކަމަށެވެ.
މައިދައިތައާ އޮންނަ ގުޅުން ރަނގަޅު ކުރާނީ ކިހިނެއް؟

މައިދައިތައަކާއި ދަނބިދަރިއެއްގެ މެދުގައި އޮންނަ ގުޅުމަކީ ބައެއްފަހަރު ވަރަށް ނާޒުކު ބަދަހި ކުރަން އުނދަގޫ ގުޅުމަކަށް ވެދާނެއެވެ. މިކަމުގައި ފިރިމީހާގެ މަންމަ ނުވަތަ އަނބިމީހާގެ މަންމަ ނަމަވެސް ބައެއްފަހަރު ގޮންޖެހުންތަކާ ދިމާވެއެވެ.މުޅި އާއިލާގެ ހަމަޖެހުމަށްޓަކައި މައިދައިތައާއި ދަނބިދަރިންގެ މި ގުޅުން ބަދަހިކުރުން މުހިންމެވެ. މި ގުޅުން ކާމިޔާބު ކުރެވިއްޖެނަމަ ތިމާއާ ތިމާގެ ދަރިންނަށްވެސް މިކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބި މީގެ ހެޔޮ އަސަރު ކުރާނެއެވެ. މި ހިމަނާލަނީ މައިދައިތައެއްގެ ހިތް ކާމިޔާބުކޮށް، ވަރުގަދަ ގުޅުމެއް އުފެއްދުމަށް ކުރެވިދާނޭ […]
ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެން

ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެން ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ މީހެއްގެވެސް ”ގައިޑުބުކް“ ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް […]
އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުންތަކެއް މި ޤައުމުގައި އުފައްދަން ރައީސް ގޮވާލައްވައިފި

އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހަފްލާގައި 24 ހާފިޒަކަށް ވަނީ ސަނަދު ހަވާލުކޮށްދެއްވާފައެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡަކަށްވުމަށް އެ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން […]
ހާފިޒުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ހަފްލާ:24 ހާފިޒަކަށް ސަނަދު ހަވާލުކޮށްދެއްވައިފި

ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހަފްލާގައި 24 ހާފިޒަކަށް ސަނަދު ހަވާލުކޮށްދެއްވައިފިއެވެ. ދަސްވެނިވި 24 ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރޭގެ ރަސްމިއްޔާތުގައި ޙާފިޡުކަމުގެ ސަނަދު ލިބިވަޑައިގެންނެވި 24 ބޭފުޅުންނަކީ: ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޙާފިޡުކަމުގެ […]
ސިނގިރޭޓު ކާޓަން ބޭރުކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުން މިއަދު ދޫކޮށްލައިފިއެވެ. ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު، އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ކަސްޓަމްސް އިން ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނެއެވެ. އެގޮތުން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު […]