3 އަހަރުގެ ކުޑަ ކުއްޖަކަށް މެއިޑަކު އަނިޔާކުރި މައްސަލައެއް ބަލަނީ

މާލޭގެ ގެއެއްގައި ގެންގުޅޭ މެއިޑަކު 3 އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނީ މާލޭގެ ގެއެއްގައި 3 އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލްގެ އަންހެނަކު އަނިޔާކުރި މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް […]
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި!

ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ގޭބިސީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށް ބަލައި އަދި ކަދުރާ ހަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލެއަށް ކަދުރު ބަހާނީ އެ މިނިސްޓްރީގައި ކަމަށާއި މާލެ ސަރަހައްދުގައި […]
ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފި!

ދެހާސް ވިހި ވަނަ އަހަރު ކ.ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފިއެވެ. މި ދިރާސާތައް ކުރިއަށްދާނީ ދެ ހަފްތާގެ މުއްދަތަކަށެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް ކުރިއަށް ގެންދާނީ މި މަހުގެ 12 ން 24 އާ ދެމެދު ކަމަށެވެ. މި ދިރާސާގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތް ބައިވެރީންނާއި ހިއްސާކުރެވޭނެއެވެ. މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި […]
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް މީހަކު ހާޒިރުކުރަން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ހޯދަން އިއުލާނުކޮށްފައި ވަނީ ޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް، (30އ) އެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާތީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ […]
ހުޅުމާލޭގެ ފޭސް1އާއި ފޭސް2 އިން ކަރަންޓުގެ ޚިދުމަތް މެދު ކެނޑުނީ މަސައްކަތަކަށް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައި ވަނީ މަސައްކަތަކަށް ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެގެން ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2ގެ ބައެއް ސަރަހައްދުތަކުން ރޭ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ ފަހި ދިރިއުޅުން ފްލެޓްތައް އެޅުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ. އެހެންކަމުން […]
މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައިފި

ވިލިމާލޭގައި މޫދަށް އެރުނު މީހަކު އޮޔާދަނިކޮށް އެމްޓީސީސީގެ ފެރީއަކަށް ނަގައި އޭނާ ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދާކަމުގެ ރިޕޯޓެއް މިއަދު 3:55 ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައި ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން އެ މީހާ މޫދުން ނެގުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް […]
މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަނީ

މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނެ ދައުރުވަމުންދާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަމުންދާކަމަށް އިިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމާއި ގުޅިގެންނެވެ.ޝަހީމް ވިދާޅުވީ މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ މަސައްކަތް […]
އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭ:ރައީސް މުޢިއްޒު

އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި ”އެކްސް“ މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއް ކަމަށާއި ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ […]
ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުންޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށްދިޔަ މީހާގެ ބަންދަށް 7 ދުވަސް

ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުންޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށްދިޔަ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އ) އެވެ. ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެފައިވާ […]
ސްޓެލްކޯގެ ކުރީގެ އެމްޑީ ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

ސްޓެޓް ޓްރޭޑިން އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ. އެނގިފައިވާ ގޮތުގައި ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އެންޓިކަރަޕްޝަން ކޮމިޝަން(އޭސީސީ)ން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ސްޓެލްކޯއަށް ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއަށް […]