ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި

ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ މަގެއް މަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް […]
ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުމަށް ރައީސް ނިންމަވައިފި

ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެ މަނިކުފާނު މިހެން ނިންމަވާފައިވަނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/5 ވަނަ ޤަރާރުންނެވެ. ގަމުގެ […]
ހުޅުމާލޭ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތައްޗާއެކު އަންހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ. ފުލުހުން މިއަދު ބުނީ މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނި ހުޅުމާލެ ފޭސް 1 ގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް […]
ކާބޯތަކެތި އިޝްތިހާރުކުރުމާއި ގުޅޭ ހަރުކަށި ގަވާއިދެއް އެކުލަވާލައިފި

ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުކަށި ގަވާއިދެއް ރާއްޖޭގެ ފުޑް އެންޑް އޮތޯރިޓީ(އެމްއެފްޑީއޭ) އިން އެކުލަވާލައިފިއެވެ. އެގޮތުން އެ އޮތޯރިޓީން ވަނީ ”ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދު“ގެ ނަމުގައި ބޮޑެތި ޖޫރިމަނާތަކަކާއެކު ހަރުކަށި އުސޫލުތަކެއް އެކުލަވާލާފައެވެ. އެހެންކަމުން އެ ގަވައިދުގައި ބުނެފައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރެވޭނީ އެމްއެފްޑީއޭއަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އަދި ކާބޯތަކެތި އިޝްތިހާރުކުރުމަށް ހުއްދަ ދޭނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިގޮތުން ދީފައިވާ މުއްދަތު ހަމަވުމުން އަލުން އެ ހުއްދަ އާ ކުރަން […]
ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ އުސޫލު ތަސްދީގުކޮށްފި

ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ އުސޫލު ތަސްދީގުކޮށްފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިޚާބުކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ޤާނޫނުގައި ބަޔާން ކުރުމާއިއެކު، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި […]
ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފި

މި އަހަރުގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑި ކަނޑައަޅައިފިއެވެ. ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް، ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމަށެވެ. ހިޖުރައިން 1443ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު […]
ކުނިއަޅަންޖެހޭ ތަންތަނަށް ކުނިއެޅުމުގެ އާދަ އަށަގަންނަވަން ޖެހޭ:އާދަމް ޝަރީފް

ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ”ރޯދަ ސާފު“ ޙަރަކާތުގައި، މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވަމުންދާކަން ފާހަގަކޮށް ކުރެއްވެވި ޕޯސްޓެއްގައެވެ. ވަޒީރު ކުރެއްވެވި މި ޕޯސްޓްގައި ވިދާޅުވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި […]
ޤާސިމް މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވައިފި

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ އދ.މާމިގިލީގައި މިސްކިތެއް ބިނާ ކޮށްދެއްވައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ގާސިމް އެ ރަށުގައި ބިނާކޮށްދެއްވި މިސްކިތެކެވެ. މި މިސްކިތުގެ ނަމަކީ مسجد الذكرى އެވެ. މި މިސްކިތް ހުޅުވައިދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މި މިސްކިތް ބިނާކުރުމަށް ބިންގާ އަޅާފައި ވަނީ 14 ޑިސެމްބަރު 2024 […]
14 މަސްތެރޭގައި 44 މިލިއަން ރުފިޔާ ކުންފުންޏަކަށް ދައްކަން ފެނަކައިގެ މައްޗަށް ހުކުމްކޮއްފި!

ފެނަކަ ކޯޕަރޭޝަނުން 14 މަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ކޯޓުން ހުކުމްކޮށްފިއެވެ. އެގޮތުން ކްލެސިކޯ ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކުން ފެނަކައާ ދެކޮޅަށް ކުރި މި ދައުވާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލަށްވާ 44 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ފެނަކައާއި ކްލެސިކޯ އާ ދެފަރާތުން އެއްބަސްވި ގޮތަށް 14 މަސް ތެރޭގައި 44 […]
ލަވަ ކިޔުންތެރިޔާ މެޒޯ މޯޑު ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މެޒޯ ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 59 އަހަރުގެ މެޒޯ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މެޒޯ ވަނީ މިއުޒިކީ ދާއިރާ އަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައެވެ. އެގޮތުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 2010 […]