ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މެޒޯ ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 59 އަހަރުގެ މެޒޯ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
މެޒޯ ވަނީ މިއުޒިކީ ދާއިރާ އަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައެވެ. އެގޮތުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 2010 ވަނަ އަހަރު އޭނާ އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައެވެ. މެޒޯ މޯޑަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕައެވެ.