ދޯންޏަކުން ނަޑެއްލާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ދޯންޏަކުން ގދ. ނަޑެއްލާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން /  ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ. ފުލުހުން މިއަދު ބުނީ 2025 މެއި 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑެއްލާއަށް ކައިރިކުރި ”އިތުބާރު“ ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހީމް އެ ރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ. ފުލުހުން […]

އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީއެއް ނެތް: މުއްތަލިބު

އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީއެއް ނެތް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ އާރުޑީސީން މަގުތަކުގެ މަސައްކަތްކޮށް، ތާރު އެޅުމާ ހަމައަށް ގެންގޮސްފައިވީ ނަމަވެސް، މަސައްކަތް މި ވަގުތަށް މަޑުޖެހިފައި އޮތީ ތާރު އެޅުމުގެ […]

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިއަދު ބުނީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ، ކުދިންނާއި ޢާއިލާތަކާއެކު މަސައްކަތްކުރާ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ތ، ހދ، ބ، ޅ، ލ، ހއ، ގއ، ސ، ނ އަދި މ އަތޮޅުގައި، ސަރުކާރުގެ އެކި މުއައްސަސާތަކާ […]

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރަނީ

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މޮޓީ މިއާ، ބަންގްލަދޭޝް (38އ) އެވެ. ފުލުހުން މިއަދު ބުނީ މޮޓީ މިއާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 8 ވަނަ ދުވަހު މާލޭ މަގުމަތިން ކަމަށެވެ. ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި […]

އެކްޓަރު ރާމް ކަޕޫރުގެ ބަރުދަނުންް 55 ކިލޯ ލުއިކުރީ ކިހިނެތް؟

ޓީވީ ސިލްސިލާ ”ކަސަމް ސޭ“ އާއި ”ބަޑޭ އަޗޭ ލަގްތޭ ހޭ“ ފަދަ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ރާމް ކަޕޫރު 51އ ދާދި ފަހުން ވަނީ އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުުރުގެ ފޮޓޯތަކެއް ހިއްސާކޮށް ފޭނުން ހައިރާންކޮށްލައިފައެވެ. ބަރުދަނުގައި 140 ކިލޯ ހުންނަ ރާމް ކަޕޫރު އޭނާގެ ބަރުދަނުން 55 ކިލޯ ލުއިކޮށް މީހާގެ ބަރުދަން ވަނީ 85 އަކަށް ލުއިކޮށްފައެވެ. ރާމް ކަޕޫރުގެ ބަރުދަނުން ފުރަތަމަ 30 ކިލޯ ލުއިކޮށް 110 އަކަށް ބަރުދަން […]

ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ މިރޭ ނިޔާވެއްޖެ އެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެ ރޭގެ 11:15 ހާއިރު އެވެ. އެ ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. އެއީ އުމުރުން 31 އަހަރުގެ ދެމީހުންނެވެ. ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެ ދެމީހުން މާލެ ގެނައީ […]

މިފްކޯއިން މަސްވެރިންނަށް 3.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްވެރިންނަށް 3.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ބުނީ މި ފައިސާއަކީ 29 މާރިޗް ގައި މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ އަގަށްވާ ފައިސާ ކަމަށެވެ. އެގޮތުން އެ ދުވަހު 10 ދޯންޏަކުން މިފްކޯއަށް މަސް ކިރާފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 320،897 ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން އިތުރަށް ބުނީ 31 މާރިޗް އާ ހަަމައަށް އެ ކުންފުނިން މަސްވެރިންނަށް […]

ޢީދު ނަމާދަށް ހާޒިރުނުވުމުން ހުޅުމާލޭ އަޒީޒާ މިސްކިތުގެ 2 އިމާމުން ސަސްޕެންޑްކޮށްފި

ޢީދު ނަމާދަށް ހާޒިރުނުވުމުން ހުޅުމާލޭ އަޒީޒާ މިސްކިތުގެ އިމާމާއި ބަދަލުގައި ހަަމަޖައްސާފައިވާ މީހާ ސަސްޕެންޑްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިއަދުގެ ޢީދު ނަމާދު ވަގުތު ޖެހުނު އިރުވެސް އަޒީޒާ މިސްކިތުގެ އިމާމާއި ބަދަލުގައި ހަމަޖެއްސި މީހާ އެ މިސްކިތަށް ގޮސްފައެެއް ނުވެއެވެ. އަދި ނުދެވޭނެ ކަން މިނިސްޓްރީއަށް އަންގާފައެއްވެސް ނުވެެއެވެ. އެހެންކަމުން މިއަދު އެ މިސްކިތުގައި ޢީދު ނަމާދު ފެށީ 10 މިނެޓް ފަހުންނެވެ. އަދި އިމާމުވެ ނަމާދުކޮށްފައި ވަނީ އެ މިސްކިތަށް ދިޔަ ބިދޭސީއެެކެވެ. […]

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަން ޖެހޭ

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލްތިމާސްކުރައްވައިފިއެވެ. އެ މަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤުޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަ ކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ. ”މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތް ހެޔޮކަން ފާޅުކޮށް އިސްލާމީ އަޚްވަންތަކަން ދިރުވައި، […]

މިޔަންމާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފި

މިޔަންމާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފިއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި މިޔަންމާއަށް 7.7 އަދި 6.4 ގެ މެގްނިޓިއުޑްގެ ބިންހެލުންތަކެއް ވަނީ އައިސްފައެވެ. ތައިލެންޑާއި އެ ސަރަހައްދުގެ އެހެން ހިސާބުތަކަށް ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިޔަންމާއަށް ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ސަގައިން ސިޓީގެ ހުޅަނގު އުތުރުން 16 ކިލޯމީޓަރު (10 މޭލު) ދުރުގައި 10 ކިލޯމީޓަރުގެ އަޑިން ރާއްޖެ ގަޑިން ރޭ ގާތްގަނޑަކަށް […]