ރައީސް ޔާމީނަށް އިއްވި ހުކުމަކީ ”ސިޔާސީ ހަރާމް“ ހުކުމެއް؟ ޙުކުމް ކުރެއްވި ބެންޗުގެ ގާޒީއަކު ރަހީނު ކުރެވިފައި؟

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ”ސިޔާސީ ހަރާމް“ ހުކުމެއްކަމަށް އެތައްބަޔަކު އަބަދުވެސް ވާހަކަދައްކަމުން ދަނިކޮށް ރައީސް ޔާމީނަށް ހުކުމް ކުރެއްވި ބެންޗުގައި އިންނެވި ގާޒީއަކު ހުންނެވީ ރަހީނު ކުރެވިފައިކަމަށް ދޭހަވާ ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ބޭޒާރުވެ ގިނަ ބަޔަކު އެ ވާހަކަތައް އަޑުއަހަމުން އެބަގެންދެއެވެ. ރަހީނު ކުރެވިފައިވާކަމަށް ވާހަކަދައްކަވާފައި ވާކަމަށް ގަބޫލުކުރެވެނީ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީއެއް ކަމުގައިވާ ޙުސައިން ފާއިޒް ރަޝާދުއެވެ. ގާޒީ ޙުސައިން ފާއިޒު ރަޝާދު ރައްޓެއްސަކާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައި ވަނީ ”ރަހީނު ކުރެވޭނެ […]

މިނިވަން ދިވެހިރާއްޖެ – އަޅުވެތި ދިވެހިރާއްޖެ

ރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ އުފާ މިއަދު ފާހަގަކުރަން ޖެހިފައި ވަނީ ގައުމީ ބަޠަލުން މިއަދާ ހަމައަށް ދެމެހެއްޓެވި މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރާއެކުގައިކަން ލަދުވެތިކަމާއެކު ފާހަގަކުރަންޖެހެއެވެ. ހަމައެޔާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ހިތްވަރުގަދަ ބޭފުޅުންނާއި މިނިވަން ކަމަށްޓަކައި ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި ބަޠަލުންގެ ޒިކުރާ ފަޚުރުވެރިކަމާއެކު ހަދާންކޮށް އެ ބޭފުޅުންނަށް މިއަދު ޝުކުރު ދަންނަވަން ޖެހެއެވެ. މިނިވަން ދިވެހިރާއްޖެ، އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ގޮސް އިނގިރޭސީންގެ ހިމާޔަތުގެ […]

ސިޓީ: ގައުމު ދަރަނީގެ ކަނޑަކަށް ޣަރަޤުވިޔަ ނުދެއްވާ!

ފިނޭންސް މިނިސްޓަރަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. މަނިކުފާނު، 2018ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ވަރަށް ހިތްވަރާއެކު ރަށްރަށް ދަތުރު ކުރައްވައި ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި ގައުމުގެ އިގުތިސާދު ފުނޑުފުނޑުވެ މުޅި ރައްޔިތުން ދަރަނި ދަންތުރައެއްގައި ޖައްސަމުން ގެންދާ ވާހަކައެވެ. އަދި ރާއްޖެ ބަނޑަށް ޖެހޭ ވާހަކައާއި ސަރުކާރުގެ ވެރިންނަށް ދައުލަތުގެ ބޮޑު ތިޖޫރީން ފައިސާ ބަހާ ވާހަކައެވެ. މިވާހަކަތައް އިވުމުން ރައްޔިތުން އަތް ވާޅުވަންދެން ދެއަތް ތެޅިއެވެ. މަނިކުފާނުގެ އަޑުފުޅު […]