މައިކު ބިންދައިލި މައްސަލާގައި ޖާބިރުގެ ސުލޫކީ މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ މޭޒުމަތީގައި ހުރި މައިކްރޯފޯނު އޭނާ އަމިއްލައަށް ބިންދައިލި މައްސަލަ މަޖިލީހުގެ ސުލޫކާއި އަދި އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހަޅައިފިއެވެ. ޖާބިރު އިއްޔެ ޖަލްސާއަށް ވަޑައިގެންނެވި ގޮތަށް އަޑުގަދަ ކުރައްވަން ފެށްޓެވީ މިދިޔާ އާދީއްތަދުވަހުގެރޭ މަޖިލީހުގެ ނާއިބު ރައީސް އިންތިޚާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ވޯޓުގެ ނަތީޖާއާމެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުގައި […]

ފާތޭ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް

ކުރީގެ ތިން ރައީސުންގެ އަރިހުގައި އެބޭފުޅުންގެ ސެކްރެޓޭރިއޭޓްގައި އެންމެ އިސްކޮށް ހުންނެވި، ފާޠިމަތު މުޙައްމަދު ޞާލިޙު (ފާތޭ) ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފިއެވެ. މަޖިލީހުގެ އިދާރާގެ ޗީފްއޮފް ކޮމިޔުނި ކޭޝަން ޙަސަން ޒިޔާއު ވިދާޅުވީ އެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ފާތޭ އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސްގެ މަސައްކަތްތަކަށް މުވައްޒަފުން ކަނޑައަޅަން މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ. ފާތޭ ވަނީ ކުރީގެ […]

ގައުމެެއްގެ ހަމަޖެހުމާއި އަމާންކަން ބިނާވެގެން ވަނީ ރައްޔިތުންގެއިޚުލާޞްތެރި ކަމުގެ މައްޗަށް

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އެހެން ކަމުން މިގައުމުގެ ރައްޔިތުން އުޅެންވާނީ އިސްލާމީ ހުދޫދުގެ ތެރޭގައެވެ، ވައްކަމާ ޓެކުމާ ޚިޔާނާތާ ރިޝްވަތުގެ ޢަމަލު ތަކަކީ ގިޔާމަތް ދުވަހު ތިމާއާއި ސުވާލު ކުރެވޭނެ ކަންކަން ކަން ކޮންމެ މުސްލިމަކަށް ވެސް އެގެން ވާނެއެވެ. މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ﷲ ޙަރާމް ކުރެއްވި އެންމެހައި ފާސިގް ނުބައި ޢަމަލުތައް އެވަނީ އަތްނުފޯރާ ފަށުގައެވެ. ހަށިވިއްކުމާއި މަސްތުވާތަކެތި އެތެރެކޮށް އެެއިން ވިޔަފާރިކޮށް ފިހާރަތަކާ ރެސްޓޯރެންޓް ތައްހުޅުވައިގެން އުޅޭމީހުން ވެސް […]

ގައުމުގެ މަޞްލަޙަތު ނަގައިލަން މަސައްކަތް ކުރާ މީހުންގެ ފަހަތަށް އެރުމަކީ ޣައްދާރުވުން

ޕީޕީއެމް/ ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓަކު ނުނެރެ އިންތިޚާބުގެ ފޯމުލުން ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް ޕީއެންސީގެ ފަރާތުން ޑރ. މުޙައްމަދު މުޢިއްޒު އަށް ރިޔާސީ ޓިކެޓް ދިނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރުހިވަޑައިގެނެއް ނޫނެވެ. އޭރުވެސް ރައީސް ޔާމީނު ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބު ބޮއި ކޮޓު ކުރުމަށެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވުމުގެ މައިގަނޑު ސިއްރަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަ ކުރެއްވުމުގެ ފުރުޞަތު ނުލިބުމެވެ. އެހެނަސް ޕީއެންސީއިން ޔާމީނުގެ އަޑު އެއްސެވުމެއްނެތި ޑރ.މުޢިއްޒުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް […]

ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ފަށަނީ

ލޯ ޓެސްޓްކޮށް ނަމްބަރު އައިނު ހަދައިދިިނުމުގެ ޚިދުމަތް ދޭ ސިޓީ އޮޕްޓިކަލް އިން ހުކުރު ދުވަހު ވެސް ޚިދުމަތް ދޭން ނިންމައިފިއެވެ. އެ ތަނުން ބުނި ގޮތުގައި ހުކުރުދުވަހު ޚިދުމަތް ދޭން ނިންމީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަސްޓަމަރުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ. ސިޓީ އޮޕްޓިކަލް އިން ޚިދުމަތް ދޭނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. އެ ތަނުން ބުނީ ހުކުރު ދުވަހު ލޮލުގެ ނަންބަރު ނެގުމާއި ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތާއި […]

ކުރީގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހެދުމަށް އެދިއްޖެ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ސިޔާސަތުތަކާ ގުޅިގެން ގައުމީ ސަލާމަތަށް އަސަރުކުރާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކުގެ ޙަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކު އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސް ވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި […]

ފުލެޓުތަކާމެދު ޢަމަލު ކުރާނެ ގޮތެއް އޭސީސީއިން 20 ދުވަސްތެރޭ އަންގަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފުލެޓްތަކާމެދު އަމަލުކުރާނެ ގޮތެއް 20 ދުވަހުގެ ތެރޭގައި އަންގާނެކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ) އާއި ހަވާލާދީ ހައުސިން މިނިސްޓަރު ޢަލީ ޙައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުން އިޢުލާން ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓްތަކަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް އޭގެތެރެއިން ފުލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭފުލެޓްތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިކަން ކުރިގޮތާމެދު ހިތްހަމަނުޖެހިގެން 7،000 އަށްވުރެ […]

ނޫސްވެރިކަމުގެ އިނާމުގެ މެއިން ޕާޓްނަރަކަށް ”ދިރާގު“

މޯލްޑިވްސް މީޑިއާ ކައުންސިލްގެ “އިނާމުގެ“ މެއިން ޕާޓް ނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މިއަހަރުގެ ނޫސްވެރިކަމުގެ ”އިނާމު ދިނުން“ ބާއްވަނީ މިރޭގައެވެ. މި ހަފުލާގައި 12 ކެޓަގަރީ އަކުން އެންމެ މޮޅު ނޫސްވެރިން ހޮވާނެއެވެ. އަދި ހަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް “ ޖާނަލިސްޓް އޮފް ދަ އިޔާ“ މި އެވޯޑް ދޭނެއެވެ. މި އެވޯޑަކީ ވޯޓާސް އެސްއެމްއެސް އަށް ބަލާ ދޭ އެވޯޑެކެވެ. މި އެ ވޯޑަށް ނޮމިނޭޓް ވެފައިވާ ނޫސް ވެރިންނަކީ: ޢަލީ ޔާމީން – […]

މުލީއާގެ ތަރައްގީ ކުރަނީ ވިރާސީ ތަރިކައަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް: ވަޒީރު

މުލީއާގެ މަރާމާތު ކުރަނީ މަރާމާތު ކުރަންޖެހޭ ބައެއްތަންތަން ހުރުމުން ކަމަށާއި، އެ މަސައްކަތް ކުރުމުގައި އެ ތާރީޚީ ބިނާގެ އަސްލު ގެއްލޭ ވަރުގެ އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ދިވެހިބަހާއި ތާރީޚާއި ސަގާފަތާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާ ވާހަކަ ސަރުކާރުން އިއުލާން ކުރުމުން ބައެއް މީހުން ވަނީ އެ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުންތަކާއި […]

އިންޑިއާ ސިފައިން ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ގެންދަން ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު އެދިއްޖެއެވެ. ރައީސްކަމުގެ މަގާމާ އިއްޔެ ހަވަލުވެވަޑައިގެންނެވި ޑރ.މުޙައްމަދު މުޢިއްޒު މިކަމަށް އެދިވަޑައިގަތީ އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓައޮފް އާތު ސައިންސަސް ކިރެން ރިޖިޖޫއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން އެމަނިކުފާނު ވެރިކަމާ […]