ޔާމީން މިނިވަންކުރުމުގެ ވާހަކަ މިހާރުގެ އިދިކޮޅުން ދައްކާއިރު ޔާމީން ޖަލަށްލީ އެ މީހުންގެ ސަރުކާރުގައި

އެއްވެސް މީހަކު ޖަރީމާއެއް ހިންގާފައިވާނަމަ އެ މީހަކަށް އެކަމުގެ އަދަބު ލިބެންޖެހޭނެކަން, ހަމަ ގަބޫލު ކުރާ ކޮންމެ ދިވެހި ރައްޔިތަކުމެ ގަބޫލުކުރާނެއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު އޭރު ހުންނެވީ ޕީޕީއެމްގައެވެ. އެހެންކަމުން ކުރީގެ ސަރުކާރުން ޝަރީޢަތްތަކަށް އަތްބާނާ ވާހަކަ އޭރު އެ ދެއްކެވީ ސިޔާސީ ގޮތުންނެވެ. ސިޔާސީ ވާހަކަތަކަކީ ޙަގީގީ ވާހަކަތަކެއްނޫނެވެ. އަބަދުވެސް އިދިކޮޅުގައި އޮންނަ ޕާޓީއަކުން އޭރު އޮންނަ ސަރުކާރުގެ އަގުވައްޓާލަން މަސައްކަތް ކުރާނެއެވެ. ރައްޔިތުންގެ ސިމްޕަތީ ހޯދުމަށްޓަކައި ކުރާ މިފަދަ ސިޔާސީ ކަންކަމަކީ ރައްޔިތުންނަށް […]

ގައުމުގައި ނެތް ފެންވަރަށް ޕްރޮޖެކްޓްތައް ފެށުމުން އެ ޕްރޮޖެކްޓްތައް ހުއްޓޭނެ

ނިމިދިޔަ ސަރުކާރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ނުބަލައި މަޝްރޫޢުތައް ފެށުމުގެ ނަތީޖާއަކީ އެ މަޝްރޫޢުތައް ނިންމާނެ ފައިސާ ދައުލަތުގެ މާލިއްޔަތުގައި ނެތުމުގެ ސަބަބުން މަޝްރޫޢުތައް ހުއްޓިގެން ދިއުމެވެ. އެއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ލަނޑެއް ދިނުމުގެ ގޮތުން ރާވާފައިވާ ރޭވުމެކެވެ. އެހެން ކަމާއެކު ރައީސް މުޢިއްޒު މިހާރު ވަނީ އެ މަޝްރޫޢުތަކާއި އަދި އޭގެ އިތުރުން އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދާނޭ ފައިސާ ހޯއްދެވުމުގެ ކެމްޕޭނެއް ފަށްޓަވާފައެވެ. ރައީސް މުޢިއްޒު […]

މިސްކިތްތަކުގެ ފާޚާނާތަކުން ދުވާ ވަހާއި މުޑުދާރުކަން އިންތިހާ

މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގެ ފާޚާނާތައް ހަލާކުވެފައި ހުރުމާއި ދުވާ ނުބައި ވަސް ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ކަމާއި ބެހޭ ފަރާތް ތަކުގައި ނެތްކަމީ އެ ފާޚާނާތައް ބޭނުންކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިސްކިތްތަކާއި ފާޚާނާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ މަސައްކަތު މީހުންނާއި ދައުލަތުގެ ބަޖެޓުން އަތްނުފޯރާވަރުގެ ބޮޑު ޚަރަދު ކުރަމުންދާކަން އެންމެނަށް ވެސް އެނގެއެވެ. އެހެނަސް މިސްކިތްތައްތަކާއި ފާޚާނާތައް ނުބެލެހެއްޓެއެވެ.އަދި ހަލާކުވެފައި ހުންނަ ފާޚާނާތައް މަރާމާތުކޮށް ފާޚާނާތަކުގެ ވަސް ރަނގަޅު ކުރުމަށް ސިޓީ […]

ދަނބިދޫ ބޯޓެއް މުދަލާއެކު ފަރަށް އަރައިފި

ލ.ދަނބިދޫއާއި މާލެއާއި ދެމެދު ދަތުރު ކުރާބޯޓެއް ފަރަށް އަރައިފިއެވެ. ދަނބިދޫ ކައުންސިލުން ބުނީ “ބަސްމަލާ“ ނަމަކަށް ކިޔާ ބޯޓު ބެންމާދަނޑު ފަރަށް އެރީ ރޭފަތިހު ކަމަށެވެ. ބޯޓުގައި ހުރި މުދަލާ ތަކެތި ސަލަމަތް ކުރުމުގެ މަސައްކަތް ދަނބިދޫ ރައްޔިތުން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެބޯޓަކީ އާންމުކޮށް މުދާ އުފުލާ ބޯޓެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި މަސައްކަތް ކުރަނީ 3 މީހުން ކަމަށާއި އެއްްވެސް މީހަކަށް […]

”ހިއުމަން ރައިޓްސް 75 “ ގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް ޖެނީވާއަށް

އިންސާނީ ޙައްގުތައް ރައްކާތެރިކުރުމާއި ބެހޭ ބައިނަލް އަގްވާމީ މުޢާހަދާ ”ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް “ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީފަންތީގެ ޙަރަކާތް ތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ނާއިބްރައީސް ހުސައިން މުޙައްމަދު ލަތީފް ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ. ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ […]

އަމީނީމަގުގެ މަސައްކަތް އަލުން ހަދަން ފެށުމުން ބަސްރޫޓަށް އިތުރު ބަދަލުތަކެއް

އަމީނީ މަގުގެ ނުނިމި އޮތްބައިގެ މަސައްކަތް މިއަދު ފެށުމުން އެމްޓީސީސީގެ ބަސްރޫޓަށް ބައެއް ބަދަލުތަށް ގެނެސްފިއެވެ.އެމްޓީސީސީއިން ރޭ ނެރުނު ނޯޓިސް އެއްގައި ބުނެފައިވަނީ އަމީނީމަގުގެ މަސައްކަތް ނިމެންދެން މިއަދުން ފެށިގެން މާލޭގައި އާރުޓީއެލް ބަސްދުއްވާ ރޫޓުތަކަށް ބައެއްބަދަލުތައް ގެނެސްފައިވާ ކަމަށެވެ. ބަހުގެ ރޫޓްތަކަށް ގެނައި ބަދަލު: ▪︎އަމީނީ ރޫޓުގެ ދަތުރުތައް ދެން ކުރާނީ އަމީނީމަގުން ގޮސް ހަނދުވަރީ ހިނގުމަށް އެޅުމަށްފަހު އެމަގުން މަޖީދީމަގަށް އަޅައިގެން. ▪︎ އޯކިޑު ރޫޓުގެ ދަތުރުތައް ދެން ކުރާނީ މަޖީދީމަގުން ގޮސް ވެސްޓްޕާކު […]

ހަ މަހަށްފަހު އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން އަނެއްކާވެސް ތެލުގެ އަގު ހެޔޮކޮށްފިއެވެ. މިއީ މިމަހުގެ 17 ގައި ހުވާކުރެއްވި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެވެ. އެސްޓީއޯއިން ބުނީ މިހާތަނަށް ޕެޓްރޯލް ލީޓަރެއް 14.73 ރުރިފަޔާއަށް ވިއްކިނަމަވެސް މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 14.33 ރުފިޔާއަށް ކަމަށެވެ.ޕެޓްރޯލްގެ އަގުން ކުޑަވީ 40 ލާރިއެވެ. ތެލަށް ގެނެވުނު މިބަދަލާ ގުޅިގެން ޑީސަލް ލީޓަރެއްގެ އަގުވަނީ 15.07 ރުފިޔާއިން 14.62 ރުފިޔާއަށް ކުޑަކޮށްފައެވެ. އެއީ 45 ލާރީގެ ދަށްވުމެކެވެ. […]

ބިޑަކާ ނުލައި ޕްރަޕޯޒަލް ހުށަހެޅުން އުވާލައިފި

ބިޑުކުރުމާއި ނުލައި ޕްރޮޕޯޒަލް ހުށަހެޅުމުގެ އުޞޫލު ރައީސް އޮފީހުން އުވާލައިފިއެވެ. ރައީސް އޮފީހުން އިއްޔެ ގެޒެޓްކޮށްފައިވާ ގޮތުން ގެޒެޓް ކުރާ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލު ކުރާނެއެވެ. ބިޑުކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުޞޫލެއް އެކުލަވާލީ 2019 ގައެވެ. އެ އުޞޫލުގެ ބޭނުމަކަށްވީ ބޭރުގެ އެހީގައި ހިންގާ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢެއް ހިންގުމުގައި ބިޑުކުރުމަކާނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މަޝްވަރާގެ މަތިން […]

ހިޔާ ފުލެޓްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގައި

ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓެއްގެ ތެރޭގައި މީހަކަށް ޙަމަލާދިނީ ޢާއިލީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެޗް 6 ގެ އެޕާޓްމެންޓެއްގެ ތެރޭގައި ފިރިހެނަކަށް ޙަމަލާ ދިންކަމުގެ ރިޕޯޓު ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ މައްސަލާގައި ޢުމުރުން 22 އަހަރުގެ ޒުވާނަކަށް އަނިޔާ ލިބިފައިވާއިރު އެ މައްސަލައާއި ގުޅިގެ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކު […]

މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަނީ

މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މި ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށްވާތީ […]